ރައްޔިތުންގެ މަޖިލީހުގައި ސައީދު ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
13 Feb 2023 | 11:03
ޑްރަގް އެތެރެކުރާ ބޭރު މީހުން ފޮނުވާލެވޭ ގަވައިދަކީ ރައީސް އޮފީހުން ހިންގި ޖަރީމާއެއް: ސައީދު

ދިވެހިރާއްޖެއަށް ޑްރަގް އެތެރެކުރާ ބޭރު މީހުން އަނބުރާ ފޮނުވާލުމަށް ގަވައިދު އެކުލަވާލުމަކީ ރައީސް އޮފީސް އަޑީގައި އޮވެގެން ހިންގި ޖަރީމާއެއްކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ތުހުމަތުކުރައްވައިފި އެވެ. 

ސައީދު މިފަދައިން ތުހުމަތުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާއަށް ހަސަން ލަތީފު ހުށައެޅުއްވި ކުއްލި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ. 

ސައީދު ވިދާޅުވީ އިމިގްރޭޝަނަށް އެ މުއައްސަސާގެ އަމިއްލަ އިސް ނެންގެވުމުގެ ތެރެއިން މިފަދަ ގަވައިދެއް އެކުލަވާ ނުލެވޭނެކަމަށެވެ. އެފަދަ ގަވައިދެއް ހަދާކަމަށް ވާނަމަ ރައީސް އޮފީހުގައި އެކުލަވާލާފައިވާ ސޯޝަލް ކައުންސިލަށް ހުށައަޅަން ޖެހޭ ކަމަށާއި، އެތަނުން ވަކި ގޮތެއް ފާސްވެގެން ނޫނީ އެފަދަ ގަވައިދެއް އެކުލަވާ ނުލެވޭނެކަމަށް ސައީދު ވިދާޅުވިއެވެ. 

"ހަމަ ކަނޑައެޅިގެން އެނގިގެންދޭ 2011 ގައި ހެދި މަސްތުވާތަކެތި އެތެރެކުރުމާއި ބެހޭ ގާނޫނާއި ތައާރަޒުވާކަން.. ފުށުއަރާކަން. ސޯޝަލް ކައުންސިލެއް އެބަ އޮވޭ. ސޯޝަލް ކައުންސިލުން ބަލާފަ ނޫނީ މިފަދަ ހައްސާސް ގަވައިދުތަކެއް ނުހަދާނެ އިއްޒަތްތެރި ރައީސް. ސޯޝަލް ކައުންސިލަކީ ކެބިނެޓުގެ އެއް ފަންކްޝަން. މަސްތުވާތަކެއްޗާއި ބެހޭ ގަވައިދެއް އިސްލާހުކުރާ އިރުގައި ހަމަޔަގީން ކަށަވަރު އިމިގްރޭޝަން އަމިއްލައަކަށް މި ކަމެއް ނުނިންމާނެ"

މާވަށު ދާއިރާގެ މެމްބަރު ސައީދު 

ސައީދު ވިދާޅުވީ ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މި ގަވައިދު އެކުލަވާލުމަކީ ރައީސް އޮފީހުން ހިންގި ޖަރީމާއެއްކަމަށް ގަބޫލު ކުރައްވާކަމަށެވެ. 

"މިކަމަކީ އިމިގްރޭޝަން އެކަނި ކޮށްގެން އުޅޭ ކަމެއް ނޫނޭ. ސަރުކާރުގެ ފުރިހަމަ އިހުމާލު އޮވެގެން ކޮށްފަ އޮތް، ހިންގާފައި އޮތް ވަރަށް ބޮޑު ޖަރީމާއެއް. އެކަން މި މަޖިލީހުން އެ އެނގިގެން ދިޔައީ. ވިޕް ލައިނެއް އަޅާފަ އެމްޑީޕީގެ ގިނަ މެމްބަރުން ރަތް ޖަހަން ވެގެން ނިންމި ނިންމުން. އެހެންވެގެން މި ދެންނެވީ އެ އެއްޗަކުން ނިކުންނާނީ އެ އެއްޗެއްގެ ހުރި ދިޔައެކޭ.. ރައީސް އޮފީސް ތެރެއިން ހިންގައިގެން އުޅޭ ޖަރީމާއެއް މިއީ"

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު 

މި ގަވައިދާއެކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް އޮތީ ހުއްދަ ދެވިފައި ކަމަށާއި، މި ގަވައިދު މިގޮތަށް އޮތުމުން މަސްތުވާ ތަކެތި އެތެރެކުރާ މީހުންނަށް ދިވެހި ސަރުކާރުން ރައްކާތެރިކަން ދޭނެކަން އެމީހުންނަށްވެސް ގަބޫލު ކުރެވޭ ހިސާބަށް ޔަގީންކަން ލިބިގެން ގޮސްފައިވާކަން ސައީދުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

އެއާއެކު ސައީދު ވިދާޅުވީ މި ގަވައިދު ހެދުމުގައި ޝާމިލުވާ ފަރާތްތަކާއި، އަދި މިފަދަ ގަވއިދެއް ހެދުމަށް ފުރުސަތު ފަހިކޮށްދިން ހުރިހާ ފަރާތްތައް މިކަމުގެ ޒިންމާ ފުރިހަމަޔަށް ނަންގަވަން ޖެހޭނެކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.