ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން، ސިވިލް ސަރވިސް ކޮމިޝަން އަދި ނޭޝަނަލް ޕޭ ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުން: ފޮޓޯ/މަޖިލިސް
ހަބަރު
14 Feb 2023 | 14:54
"ޑިގްރީ ހަދާ ޓީޗަރުންގެ މުސާރަ ބޮޑުވާ އުސޫލުގައި ހުރި މައްސަލަތައް ހައްލު ކުރަން ކުރެވޭނެ ކަމެއް ނެތް"

ޑިގްރީ ހަދާ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމުގައި ގެންގުޅޭ އުސޫލާއި ގުޅިގެން ގިނަ ޝަކުވާ ތަކެއް ލިބެމުންދާ ކަމަށާ، އެހެން ނަމަވެސް އެ މައްސަލަ ހައްލު ކުރުމަށް އެކޮމިޝަނަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުނެފިއެވެ. 

މުސާރައިގެ އާ އޮނިގަނޑަށް އަމަލުކުރަން ފެށިފަހުން ޑިގްރީ ހާސިލްކުރާ ޓީޗަރުން އެއް ސްކޫލެއްގައި މަސައްކަތްކުރާ ނަމަ މުސާރަ ބޮޑު ކުރުމަށް، ދެ އަހަރުވަރު މަޑުކުރަން ޖެހެއެވެ. ނަމަވެސް ހަމަ އެ ޓީޗަރު އެ ސުކޫލުގެ އެ މަގާމުން އިސްތިއުފާ ދީ، އަލުން ކުރިމަތިލައިފި ނަމަ، ނުވަތަ، އެހެން ސުކޫލެއްގެ ހަމަ އެ މަގާމާއި ކުރިމަތި ލައި، ވަޒީފާއަށް ހޮވިއްޖެ ނަމަ އައު މުސާރަ (ބޮޑު މުސާރަ) ލިބެއެވެ.

އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އިއްޔެވަނީ މަޝްވަރާތަކެއް ކުރެވިފައެވެ.

ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނުންވެސް ބައިވެރިގެން ކުރިއަށް ގެންދިޔަ މި ބައްދަލުމުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ އަދިވެސް ޓީޗަރުންގެ މުސާރައިގައި ކަންބޮޑުވާން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް އެ ކަމުގެ ޝަކުވާތައް އަދިވެސް ލިބެމުން އަންނަކަމަށެވެ.

"މިސާލަކަށް ޑިގްރީ ހެދީމާ ޓީޗަރުންނަށް ލިބޭ ކުރިއެރުން، މި ކަންކަމުގެ މައުލޫމާތު ތި ބޭފުޅުންނަށް އަޅުގަނޑުމެންނަށް އެ ދެވޭނީ ބޮޑަށް އެ ހުރި ގޮތެއް. އަޅުގަނޑުމެން ކަންބޮޑުވާ ގޮތަކަށް އެ ބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް މައުލޫމަތު ލިބެނީ،" 

"މި ދައްކަނީ އޭނާގެ ކިޔަވައިގެން ހުންނަ ލެވަލް އެއަށްވުރެ މައްޗަށް ދިޔައީމަ އޭނާ ސީނިއީ އިންގްލިޝް ޓީޗަރަކަށް ހަދަނީކީއެއް ނޫން. ނުވަތަ އޭނާ ލީޑިން ޓީޗަރަކަށް ބަދަލުވާ ވާހަކައެއް ނޫން މި ދައްކަނީ. އަޅުގަނޑުމެން މި ދައްކަނީ ކިޔަވައިގެން އެ މައްޗަށް ދިޔައީމަ ކީއްވެގެންތޯއޭ އަނެއް ސްކޫލުގައި ހުންނަ ޓީޗަރުގެ މުސާރަ އޭނާ ވެސް ޑިގްރީ ހެދީމަ އަނެއް ސްކޫލުގައި ހުންނަ ޑިގްރީ ޓީޗަރަށް ނުލިބެންވީ. އޭނާ އެހެން ސްކޫލަކަށް އަނެއްކާ އެ ކަން ކުރަން ދާން ޖެހެނީ،" ރޮޒައިނާ ފާހަގަކުރެއްވިއެވެ.

ކޮމިޓީގައި މެންބަރު ރޮޒައިނާ ވާހަކަ ދައްކަވަނީ:ފޮޓޯ/ މަޖިލިސް 

ރޮޒައިނާގެ ވާހަކަތަކާއި ގުޅިގެން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދުވެސް ވަނީ އެ މައްސަލަ ތަކުރާރުކޮށް އެ ކޮމިޝަނަށް ހުށަހަޅަމުން އަންނަ ކަމަށާ އެކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއި ޕޭ ކޮމިޝަނާއެކު ވެސް ބައްދަލުވުމެއް ބޭއްވިކަމަށެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ، މުސާރައަށް ބަދަލު ގެނެވޭނީ ޕޮލިސީއަކު ކަމަށާ، މުސާރަތައް ހަމަހަމަކުރުމުގެ މަސައްކަތްކުރިއަށްގެންދަނީ ޕޭ ކޮމިޝަނުންކަމަށެވެ. 

އެހެންކަމުން މިކަމުގައި ސިވިލް ސާރވިސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޕޭ ކޮމިޝަނާއިއެކު ބައްދަލުވުންތައް ބޭއްވޭ. އެހެންކަމުން މިހާރު އަޅުގަނޑުމެން މިމައްސަލައިގައި މެއި 1 ގެ ކުރިން ޑިގްރީ ހަދާފައި ތިބި ބޭފުޅުންނަށް މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން އެޑިއުކޭޝަނަށް ޓީޗަރުންގެ ލިސްޓެއް ނެގުމަށް މިހާރު ވާނި ފޮނުވާފައި." އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގައި އަމަލުކުރާ މި އުސޫލު އިސްލާހު ކުރެވޭނެ ގޮތެއް ސިވިލްސާވިސް ކޮމިޝަނަށް ބުނެދެވިފައި ނުވާއިރު، ޕޭ ކޮމިޝަނުން ވެސް އެދެވޭ ޖަވާބެއް ދީފައެއް ނުވެއެވެ. އެ ކޮމިޝަނުން މި ކަމާއި ގުޅިގެން ބުނީ، ސްކޫލަތުގައި ހުންނަ ހުސް މަގާމުތަކަށް ކުރިމަތިލައި، އެ މަގާމަށް ހޮވިގެން އެ ކަން ހައްލުކުރަން ޓީޗަރުން މަސައްކަތް ކުރުމަކީ މިވަގުތު މައްސަލަ ހައްލު ކުރުމަށް ކުރެވިދާނެ ކަމެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ