މިނިސްޓަރު އަސްލަމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
08 Feb 2023 | 09:48
މާލެއިން ގޯތި ދޫކުރާނެ މީހުންގެ ވަކި ލިސްޓެއް ނޯންނާނެ: އަސްލަމް

މާލެ ސަރަހައްދުން ގޯތި ދޫކުރާނެ ވަކި މީހުންތަކެއްގެ ލިސްޓެއް އެކުލަވާލާފައި ނޯންނާނެކަމަށާއި، ގޯތި ދޫކުރާނީ އޭގެ ހައްގުވެރިންނަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ދިމާކޮށް ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މަޖިލިސް މެމްބަރުން އެ މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، ގޯތި ދޫކުރުމުގެ ކަންކަން އޮތް ގޮތެއް ސާފުކޮށްދެއްވުމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) މިނިސްޓަރުގެ އަރިހުން އެއްސެވުމުން، އެ ސުވާލަށް މަޖިލީހުގައި ޖަވާބުދެއްވަމުން ނެވެ. 

"ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް އިއްޒަތްތެރި މެމްބަރުން މާލެތެރޭގައި ޚަބަރު ފަތުރުއްވަމުން ގެންދަވާ އެބޭފުޅުން ގެންގުޅުއްވާ ވަކި ލިސްޓަކަށް އެކަން ކުރައްވާނެކަމަށް، އެއީ ތޯ ސަރުކާރުން ނިންމަވާފައިވާ ގޮތަކީ؟

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

އިންތިގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މާލެ ސަރަހައްދުން ގޯތި ދޫކުރާނެ މީހުންގެ ލިސްޓެއް ނޯންނާނެކަމަށެވެ. އަދި މެމްބަރުން އެފަދައިން ޚަބަރު ފަތުރުއްވަމުންދާކަން މިނިސްޓްރީގެ ސަމާލުކަމަށްވެސް މީގެ ކުރިން އައިސްފައި ނުވާކަމަށެވެ. 

އަސްލަމް އިތުރަށް ވިދާޅުވީ މެމްބަރުން އެފަދައިން ވާހަކަދެއްކެވި ނަމަވެސް ދުރާލާ ލިސްޓެއް ހަދައިގެން، އެ ލިސްޓަށް ގޯތި ދޫކުރާ އުސޫލުން މިނިސްޓްރީއިން އަމަލުކުރަމުން ނުދާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. 

"ވަކި ބޭފުޅުންކޮޅެއް ބޭނުންވާ ލިސްޓެއް ނޯންނާނެ. އަޅުގަނޑަކަށް ނޭނގޭ ބޭފުޅުން އެގޮތަށް ވާހަކަދައްކަވާ ކަމެއްވެސް، އަދި އަޅުގަނޑަށް އެކަން އެނގުފައެއްވެސް ނެތް. އެކަހަލަ ވާހަކައެއް އަޑެއްވެސް ނާހަން. އަދި އެފަދަ ވާހައެއް ބޭފުޅަކު ދެއްކެވި ކަމުގައި ވިޔަސް، އެއީ ހަގީގަތެއް އޮތް ވާހަކައެއް ނޫން. އަދި ތިޔަ ނިސްބަތްކުރެއްވި އިއްޒަތްތެރި މެމްބަރު ނޫން އެހެން ބޭފުޅަކު އެވާހަކަ ދެއްކެވި ކަމުގައި ވިޔަސް އެއީ ހަގީގަތެއް ނޫން"

ޕްލޭނިން މިނިސްޓްރު އަސްލަމް

ސަރުކާރުން ވަނީ މާލެ ސަރަހައްދުން 5000 ގޯތި ދޫކުރުމަށް ނިންމާފަ އެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން ކޮންމެ ތަނަކުން 2000 ގޯއްޗެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. 

މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އެކަށިގެންވާ އުސޫލުތަކެއް ކަނޑައަޅާފައި ނުވާކަމަށާއި، މިހާރުވެސް އެ މަޝްރޫއުއާއި ގުޅިގެން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާތީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އާންމުންގެ ޖަމުއިއްޔާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެތައް ބަޔެއްގެ ހައްގު އޭގައި އެކުލެވޭ ބިންތައް ހޮވާލެވޭ މަދު ބަޔަކަށް ބެހުމާއި ދެކޮޅަށް ރައްޔިތުން ތެދުވުމަށް އެ ޖަމުއިއްޔާއިން ވަނީ ގޮވާލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.