ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ހަބަރު
08 Feb 2023 | 10:54
ރައީސް ނަޝީދު އަސްލަމަށް: ޖަވާބު ދެއްވާއިރު ތެދު ޖަވާބު ދެއްވީމަ ނިމުނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަޒީރާއި ކުރައްވާ ސުވާލު ތަކަށް ތެދުބަހުން ޖަވާބު ދެއްވުމުން ފުދޭނެ ކަމަށާ، އޭގެ ތެރެއަށް ވަޒީރުގެ ގާބިލުކަން ވަނުމަކީ ބޭނުންތެރިކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕްލޭނިންގެ މިނިސްޓަރު މުހައްމަދު އަސްލަމް އާއި ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ އަމީނީ މަގުގެ މަސައްކަތް ނިންމާނެ ތާރީޚެއްގެ ގޮތުގައި ކޮންޓްރެކްޓް ގައި އޮތީ ކޮންތާރީޚެއް ތޯއާއި އެ މަސައްކަތް ކުރެވެމުންދަނީ ކޮންސަލްޓަންޓުގެ ލަފާއާއި އެއް ގޮތް ވާގޮތުގެ މަތިންތޯ އާއި މާލޭގެ މަގުތައް ހެދުމަށް ބޭނުންވާ އެންމެހާ މެޓީރިއަލް ރާއްޖެ ގެނެވިއްޖެތޯ އަދި މި ދައުރު ނިމިގެންދާއިރު ހަދާ ނިންމާނީ ކިތައް މަގުތޯ ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން، އަސްލަމް ވަނީ އެންމެ ފުރަތަމަ އަމީނީ މަގު ނިންމުމަށް ކަނޑައެޅިފައިވަނީ ފެބްރުއަރީ މަހުގެ ތެރެއަށް ކަމަށާ، އެހެންނަމަވެސް އެމްޑަބްލިއުއެސްސީއަށް ބޭނުންވާ ހޮޅިތައް ހޯދުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން އެ ތާރީހު ފަސްކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ދެން އެ މަސައްކަތް ނިންމޭނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް އޭނާ ވިދާޅުވިއެވެ. 

އަދި މީގެ އިތުރުން، އިތުރު މަގެއް ހެދުމަށް އާރްޑީސީއާއިއެކު އެއްބަސްވުމެއްގައި ސޮއި ކުރެވިފައިނުވާކަމަށާ، އެހެންނަމަވެސް އިތުރު މަގުތަށް ހެދުމަށް ސަރުކާރުގެ ޕްލޭނެއް އޮތް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ޖަވާބު ދެއްވައި ނިންމަވާލެއްވުމުން މެންބަރު ހަސަން ނިޒާމީ ނުކުތާ ނަންގަވައި ވަނީ އޭނާގެ ހުރިހާ ސުވާލު ތަކަށް ޖަވާބު ނުލިބޭކަން ފާހަގަ ކުރައްވައި، ޖަވާބު ނުލިބިވާ ސުވާލުތައް ތަކުރާރު ކުރައްވާފައެވެ. 

ހަސަންގެ ވާހަކަތަކާއިއެކު، ނަޝީދުވަނީ، މެމްބަރުންގެ ސުވާލުތަކަށް ސާފު ޖަވާބު ދެއްވުމަށާއި، އިތުރު ވާހަކަތައް މަދުކުރެއްވުމަށް މިނިސްޓަރު އަސްލަމްއަށް އިރުޝާދު ދެއްވާފައެވެ.

"އިއްޒަތްތެރި ވަޒީރު އިއްޒަތްތެރި މެންބަރުން ކުރައްވާ ސުވާލު ތަކަށް ސާފު ޖަވާބެއް ސާފުކޮށް ދެއްވުން، ދެން އިތުރު ވާހަކަތައް މަދު ކުރެއްވުން. ސާފު ޖަވާބަށް އަޅުގަނޑުމެން އެދެނީ." ނަޝީދު ވިދާޅުވިއެވެ. 

ނަޝީދަށް ރައްދު ދެއްވައި އަސްލަމް ވިދާޅުވީ، ޖަވާބު ދިނުމުގައި ގާބިލުކަން ހުރި މިންވަރަކުން ޖަވާބުދެއްވަމުންދާކަމަށެވެ.

"އަޅުގަނޑު ޖަވާބު ދިނުމުގައި އަޅުގަނޑުގެ ގާބިލުކަން ހުރި މިންވަރަކުން ޖަވާބު ދެމުން މި ގެންދަނީ. "

އަސްލަމް އެފަދައިން ވިދާޅުވުން އޭނާ އަށް ރައްދު ދެއްވައި ރައީސް ނަޝީދު ވަނީ، "ޖަވާބު ދިނުމުގައި ތެދު ޖަވާބު ސާފު ކޮށް ދެއްވީމާ ނިމުނީ" ކަމަށާ  އަދި މިނިސްޓަރު ގެ ގާބިލްކަން އެ ޖަވާބުގެ ތެރެއަށް ވަނުމަކީ ބޭނުންތެރިކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

އެއާއި ގުޅިގެން، ރައީސް ނަޝީދުގެ ވާހަކަތަކަށް "ރައްދު ދޭކަށް ނެތިން" ކަމަށް އަސްލަމް ވިދާޅުވެ ވާހަކަ ކުރިއަށް ގެންދަވަނިކޮށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ.

އަދި ފަހަކަށްއައިސް ވަޒީރުން މަޖިލީހަށް ގެނައުމަށްފަހު “ހާރުވާ ރޭރުކުރަން” އުޅުއްވާކަން ފާހަގަކުރެއްވޭކަމަށް އޭނާ ވިދާޅުވި އެވެ. 

ޝަރީފްގެ ވާހަކަތައް މެދު ކަނޑާލައްވައި ނަޝީދުވަނީ މިނިސްޓަރު އަސްލަމް އަށް ޖަވާބު ފުރިހަމަ ކުރެއްވުމަށް ފުރުސަތު ދެއްވާފައެވެ.

އެއާއެކު އޭނާ ވިދާޅުވީ މާލޭގެ މެރިން ޑްރައިވްގެ އުތުރު ފަރާތުގައި މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާކަމަށް އެނާ ދަންނަވާފައިވާކަމަށެވެ. އަދި އިތުރަށް މި ދައުރުގެ ތެރޭގައި މަސައްކަތްތަކެއް ކުރުމަށް ގަސްތުކޮށްފައިވަނީ އެ މަގުގައިކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތްތައް ކުރުމުގެ ތެރެއިން އެންމެ ފުރަތަމަ ސްޓޭޖުގައި ބޭނުންވާ ހުރިހާ މެޓީރިއަލްއެއް ނުގެންނަކަމަށެެވެ. އަދި އެގޮތަށް ނުކުރަނީ ކޮންޓްރެކްޓަށް ފައިސާ ދެނީ މެޓީރިއަލް ގެނައުމުން ނޫންކަމަށް ވުމުންނާއި ފައިސާ ދެނީ މަސައްކަތްތައް ނިމޭ ވަރެއްގެ މައްޗަށް ބިނާކޮށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.