ޝިޔާމު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
28 Feb 2023 | 12:01
ފުލުހުންނަށް މިހާރު އޮތީ އަމަން ބެލެހެއްޓުމަށްވުރެ ބޮޑަށް އާމްދަނީ ހޯދުމުގެ ޒިންމާ: ޝިޔާމު

އަމަން ބެލެހެއްޓުމަށްވުރެ ބޮޑަށް ފުލުހުންނަށް މިހާރު ބޮޑީ އާމްދަނީ ހޯދުމަށް އޮތް ޒިންމާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. 

ޝިޔާމު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޝިޔާމުގެ ވާހަކަފުޅު ފެއްޓެވީ ސަރުކާރުގެ އޮފީސްތައް ހިންގަމުން އަންނަ ވެލާނާގެ ސަރަހައްދުގައި ޕާކު ކުރާނެ ޖާގަ ނެތްކަމަށް ބުނެ ސިވިލް ސާވިސް މުވައްޒަފުން އިހުތިޖާޖުކުރަމުންދާ މައްސަލައާއި ހިސާބުންނެވެ.

ކުއްލި ގޮތަކަށް ވެލާނާގެ ބިލްޑިންގާއި ދަރުމަވަންތަ ސްކޫލް ކައިރީގައި ވަރަށް ކުރިއްސުރެ ހަދާފައިވާ ޕާކިން ޒޯނުގައި ޕާކް ކުރުން މަނާކޮށްފައި ވާއިރު، ޕާކު ކުރާނެ ތަނެއް ނުދައްކާ ސަރުކާރުން ސްޓިކާ ޖަހަމުންދާތީ ސިވިލް ސާވިސް މުވައްޒަފުން ކަންބޮޑުވުންތައް ހިއްސާކޮށްފައިވާކަމަށް ޝިޔާމު ވިދާޅުވި އެވެ. 

މުވައްޒަފުން ޕާކުކުރާނެ ތަނެއް ނުދައްކާ، ކޮންމެ ދުވަހަކު ސައިކަލުތަކުގައި ސްޓިކާ ޖަހާ، ޖޫރިމަނާ ކުރަމުންދާ ކަމަށާއި، އަދި ބައެއް ސައިކަލުތައް ޓޯ ކޮށްފައިވާކަން އެ މުވައްޒަފުން ހިއްސާކޮށްފައިވާކަމަށް ޝިޔާމު ވިދާޅުވި އެވެ. 

"އޭގެތެރެއިން ބޭފުޅުން ވިދާޅުވި މި އުޅެނީ ލިބޭ އާމްދަނީއިން ފަރު ނުޖެއްސިގެނޭ. އެކަމަކު ތިމަންނަމެންގެ ސައިކަލުތައް ވީ ޓޯޔާޑުގައޭ. ސައިކަލުތަކުގައި ޖަހާފައި ހުރި ސްޓިކާތަކަށް ދައްކަންޖެހޭ އަދަދު އެހާ ބޮޑޭ. ކިހެނެއްހޭ ތިމަންނަމެން މި ކަންކަން ކުރަނީ؟ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް އަންނަމުން ވިދާޅުވިއޭ ޕާކުކުރާނެ ތަނެއް ނުދައްކާ ތިމަންނަމެން ސްޓިކާއެއް ނުޖަހާނަމޭ"

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު 

އެއާއެކު އޭނާ ވަނީ ފުލުހުން ނެރެގެން އާންމުންގެ ސައިކަލުތަކުގައި ސްޓިކާ ޖަހާ ޖޫރިމަނާ ކުރަމުންދާތީ ފާޑުވިދާޅުވެފައެވެ. އެގޮތުން ޝިޔާމު ވިދާޅުވީ މިއަދު ފުލުހުންނަށްވެސް އޮތީ އަމަން ބެލެހެއްޓުމަށްވުރެ ބޮޑަށް ސްޓިކަރުން އާމްދަނީ ހޯދުމުގެ ޒިންމާ މަތިކޮށްފައި ކަމަށެވެ. 

"ޓްރެފިކް ޕޮލިހުންނަށްވެސް މިއަދު މި އޮންނަނީ ސަލާމަތާއި ރައްކާތެރިކަމަށްވުރެ ބޮޑަށް އަމަން ބެލެހެއްޓުމަށްވުރެ ބޮޑަށް އާމްދަނީ ހޯދުމުގެ ޒިންމާއެއް. މެންޑޭޓުގެ އެންމެ ކުރީގައި މި އޮންނަނީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށްވެސް މި އޮންނަނީ އާމްދަނީ ހޯދޭނެ ގޮތެއް ކަލޭމެން ހޯދާށޭ. އެގޮތަކަށް މަސައްކަތް ކުރާށޭ. އެހެންވީމަ ދިވެހިރާއްޖޭގެ ފުލުހުންވެސް، ވަކިން ޚާއްސަކޮށް ޓްރެފިކް ފުލުހުން އެ އުޅެނީ އާމްދަނީ ލިބޭތޯ"

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު 

ޝިޔާމުގެ ވާހަކައިގައި ވަނީ ވެލާނާ ބިލްޑިންގުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސައިކަލުތަކުގައި ސްޓިކާ ނުޖެހުމަށް ފުލުހުންނަށް ގޮވާލާފަ އެވެ. އަދި ޕާކު ކުރާނެ ތަންތަން ނުދައްކާ ސްޓިކާ ނުޖެހުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ. 

މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ޖޫރިމަނާކޮށްގެން 14 މިލިއަން ރުފިޔާ ދައުލަތަށް ހޯދާފަ އެވެ. އަދި މިއަހަރު ޖޫރިމަނާކޮށްގެން 82.7 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައި ވާއިރު، އެ އަދަދު އެއަށްވުރެ ދެގުނަ މައްޗަށް އަރާނެކަމަށް ބެލެވެއެވެ. 

އެއީ މިދިޔަ އަހަރު ޖޫރިމަނާކޮށްގެން 62.4 މިލިއަން ރުފިޔާ ހޯދާނެ ކަމަށް އަންދާޒާކުރި އިރު، އަހަރު ނިމުނު އިރު އާމްދަނީގެ ގޮތުގައި މުޅި ޖުމުލަ 252.1 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހޯދާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.