ކޮމަަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު: ފޮޓޯ/ މަޖިލިސް
ހަބަރު
28 Feb 2023 | 11:04
ސެންޓް ޖެހިޔަސް، ރަށްފުށުގެ ކަނބަލުންގައިން މީގެ ކުރިން މާ މީރުވަހެއް ނުދުވާ: ރާޝިދު

ކިތަންމެ މީރުވަސް ދުވާ ސެންޓެއް ޖެހި ނަމަވެސް، މީގެ ކުރިން ރަށްފުށުގެ ކަނބަލުންގައިން މާ މީރުވަހެއް ނުދުވާ ކަމަށް ކޮމަަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ދީފައިވާ ލަފާ ތަންފީޒު ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ރާޝިދު ވިދާޅުވީ، މީގެ ކުރީ ސަރުކާރުތަކުންވެސް ލޯނު ތަކެއް ނަގާފައިވާ ކަމަށާ، އެހެން ނަމަވެސް އެ ލޯނުތައް ނަގައިގެން ކުރި ކަމެއް ފެންނަން ނެތް ކަމަށެވެ.

އެގޮތުން، ހއ އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ހަމައަށް ބަލައިލި ނަމަވެސް، އަތޮޅުތެރޭގެ ރަށްރަށުގައި ޕްރޮޖެކްޓް ތައް ހިންގަން، 20 ބިލިއަނުން, 40 ބިލިއަނުން ކުރީ ސަރުކާރު ތަކުން ލީނު ނަގާފައިވާއިރު، އެ ފައިސާ "އޮއްސާލި" ތަނެއް ނޭނގޭ ކަމަށް ރާޝިދު ވިދާޅުވި އެވެ. 

އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މިސަރުކާރުން، ކޮވިޑްގެ ދަތިހާލަތުގައިވެސް ލޯނުތައް ހޯދައިގެންނާއި އެނޫން ގޮތް ގޮތުންވެސް ރައްޔިތުންނަށް ކަންކަން ކޮށްދެމުންދާކަމަަށް ރާޝިދު ވިދާޅުވި އެވެ. އަދި އެކަންކަން ފެންނަން ހުރި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި ލޯނު ކީއްކުރަން، ކޮންމެ ގޮތަކުން ވިޔަސް ފައިސާ ހޯދައިގެން، އަޅުގަމޑުމެންގެ ރައްޔިތުންނަަށް ބޭނުންވާ ކަންކަން ކޮށްދޭނަމަ އަޅުގަނޑުމެންނަށް އެއްވެސް މައްސަލައެއް ނެތް." 

މެންބަރު މުހައްމަދު ރާޝިދު

ރާޝިދު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ލޯނު ނަގައިގެން ދަރަނި ނުދެއްކޭ ވާހަކަ ދައްކަން ނުޖެހޭ ކަމަށާ، މި ސަރުކާރަަކީ އެއަށްވުރެ މާ ބަރާބަރު, މާ "އޯގަނައިޒް" ކޮށް ހިންގާ ސަރުކާރެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ލޯނު ނަގައިގެން ނަމަވެސް، އެ ނޫން ގޮތަކަށް ނަމަވެސް ކޮށްދޭ ނަމަ ކޮށްދޭނެނަމަ ރައްޔިތުން އެކަން އުފަލުން ބަލައިގަންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މިއާއެކު ރާޝިދު ވިދާޅުވީ، ފެނުގެ ނިޒާމް ރަށްރަށުގައި ގާއިމް ކުރެވުމާއި އެކު އޭގެ އަސަރު ރަށްރަށުގެ ލޯބި ޗާލު އަންހެން ކުދިންގެ މޫނުމަތިން ފެންނަމުންދާ ކަމަށެވެ.

"އެ ބޭފުޅުން ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް މީގެ ކުރިން އެ ބޭފުޅުން ގައިން މާ މީރު ވަހެއް ނުދުވާ، އެއީ ޗަކަ ފެނުން ފެން ވަރަން ޖެހޭތީ، މިއަދު ވަރަށް ރީތި ސާފު ލޯބި ފެނުން ފެންވަރައިގެން އެ ތިބީ،" 

މެންބަރު މުހައްމަދު ރާޝިދު

ރާޝިދު އެފަދައިން ވިދާޅުވުމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ނިޒާމީ ނުކުތާ ނަންގަވައި ދިވެހި އަންހެން ކަނބަލުންނަށް ނިސްބަތް ކުރައްވައި އެހާ ބޭއަދަބީ ބަހެއް ބޭނުން ކުރުމަކީ މެންބަރުން ކޮށްގެން ނުވާނެ ކަމަށާ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެއާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިލްޔާސްއާ އެއްބައިވެ އެއީ ބޭ އަދަބީ ކަމެއް ކަން ހަނދާން ކޮށްދެއްވައިފަ އެވެ.

"ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސް ވާ ގޮތަށް ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް
ފަރުއްޓޭ
އަރާންވީ ތަންތަނުން އަރަންނާ އޯކޭނު
28 Feb 2023
ކޮމަންޑޫ މޯލު
ވަރަށްދެރަ އަންހެނުންގެ އަބުރު ކަތިލި މެމްބަރެއް ތީ. ރަގަޅަށް ވާހަކަ ދައްކަންވެސް ނުދަނޭ
28 Feb 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.