ސައީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
28 Feb 2023 | 12:52
ސައީދު ރައީސް ޞާލިހަށް: ބާރުތައް އޮވެ ކަމެއް ނުކުރެވުނު އިރު ކޮން ދެވަނަ ދައުރެއްތޯ ދޭންވީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ދައްކަވަމުންދާ ވާހަކަތަކަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮމޮނިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދުދެއްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 66 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 23 ބިލިއަން ރުފިޔާއަކީ އަވައްޓެރި އިންޑިއާއިން ނަގާފައިވާ ދަރަނިކަން ސައީދު ފާހަގަކުރެއްވި އެވެ. 

ސައީދު ވިދާޅުވީ އެއީ އެއްލައްކަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިދާނެ އަދަދެއް ކަމަށެވެ. އެހެން ނަމަވެސް ދަރަނިތައް ނަގައިގެން މިހާތަނަށް ކުރި އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. 

"ހަމައެކަނި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އުފައްދަވާފައި އޮތް ދަރަނި 66 ބިލިއަން ރުފިޔާ. 66 ބިލިއަން ރުފިޔާއިން ހަމައެކަނި މިތާ އަވައްޓެރި ގައުމަކުން ނަގާފައި އޮތް ލޯނު 23 ބިލިއަން ރުފިޔާ ނަގާފައި އެބޮތް އިންޑިއާ ސަރުކާރުން. އޮތް އިރު، އެ 23 ބިލިއަން ރުފިޔާއަށް ކުރިކަމެއް ނެތް އިރުގައި އެއްތަލައްކަ ތިރީސް އައްހާސް އާއިލާގެ ބޯހިޔާވަހިކަން ހުޅުމާލޭގައި ޤާއިމްކުރެވޭނެ، ފްލެޓުތައް 2018 އިން 2023އަށް ޤާއިމްކޮށް ނިންމޭނެ އަދަދަށް މިހިރީ ގެނެސްފަ. ކޮން ކަމެއްތޯ ކުރީ؟"

މެމްބަރު މުހައްމަދު ސައީދު 

ސައީދު ވިދާޅުވީ ރައީސް ޞާލިހު ދަރަނި ނަގްގަވައިގެން ކުރައްވާހާވެސް ކަމަކީ ސިޔާސީ މަސައްކަތް ކަމަށެވެ. ގައުމު ބިނާކުރުމުގެ އެއްވެސް މަސައްކަތެއް އެމަނިކުފާނު ކުރައްވާފައި ނުވާކަމަށް ސައީދު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ސައީދު ވަނީ ދެވަނަ ދައުރެއް ހޯއްދަވަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އުޅުއްވާ ސަބަބާއި މެދު ސުވާލު ކުރައްވާފަ އެވެ. 

ސައީދު ވިދާޅުވީ ގައުމު ހިންގުމަށް އެމްޑީޕީއަށް މި ދައުރުގައި ފަހި ފުރުސަތުތަކެއް ތަނަވަސްވެފައިވާ ކަމަށެވެ. އެގޮތުން ސަރުކާރާއި މަޖިލީހައި، ކައުންސިލްތަކުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބިފައި އޮތް އިރު ގައުމަށް ކަމެއް ކޮށްނުދީ އަނެއްކާވެސް ދެވަނަ ދައުރެއްގެ ވާހަކަ ދައްކަވަނީ ކޮން ސަބަބަކާތޯ ސައީދު ވަނީ ސުވާލު އުފައްދަވާފަ އެވެ. 

"އެމްޑީޕީއަށް ކޮން ބާރެއް ނެތިގެންތޯ މި އުޅެނީ؟ ރައްޔިތުން ގާތަށް ގޮސް ކައުންސިލް ދޭށޭ ބުނީމަ ކައުންސިލްވެސް ދީފި. މި މަޖިލިސް ދޭށޭ ބުނީމަ މަޖިލިސްވެސް ދީފި. ވެރިކަންވެސް ދީފި. ދެން ކޮން ބާރެއްތޯ؟ ކޮން ދެވަނަ ދައުރެއްތޯ ނުލިބިގެން މި އުޅެނީ؟ ކޮން ކަމެއް އިސްލާހު ކުރަންތޯ ނުލިބިގެން މި އުޅެނީ؟ "

މެމްބަރު މުހައްމަދު ސައީދު 

ދެވަނަ ދައުރެއް ހޯއްދަވާ ވާހަކަ ރައީސް ޞާލިހު ދައްކަވަމުން ގެންދަވާތީ އެމްޑީޕީގެ ބައެއް މެމްބަރުންވެސް ގެންދަވަނީ ފާޑުވިދާޅުވަމުން ނެވެ.

އެގޮތުން އެމަނިކުފާނަށް އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރެވޭކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ގެންދަނީ ވިދާޅުވަމުންނެވެ. އަދި ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެބޭފުޅުން ގެންދަވަނީ ވަކާލާތު ކުރައްވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.