މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ-- ފޮޓޯ/ މަޖިލިސް
ހަބަރު
28 Feb 2023 | 10:26
ކޮވިޑްގެ ހާލަތުގެ އިހްސާސް ވާވަރަށް ވެސް މި ސަރުކާރުން ތަކެތީގެ އަގު ބޮޑެއް ނުކުރޭ: ރިޒާ

ކޮވިޑްގެ ދަތި އުނދަގޫ ހާލަތުގައި ރާއްޖޭގެ ހުރިހާ ވަތްގަނޑުތަކަކަށް ވަންނަމުންދިޔަ ފައިސާ ހުއްޓި، ދެ އަހަރުވެގެން ދިޔައިރުވެސް، ކަމެއް ދިމާވެގެން އުޅޭކަމުގެ އިހްސާސް, ރައްޔިތުންނަށް ވާވަރަށްވެސް ސަރުކާރުން އެއްވެސް މުދަލެއްގެ އަގު ބޮޑެއް ނުކުރާ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވެއްޖެއެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ދީފައިވާ ލަފާ ތަންފީޒު ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން، ރިޒާ ވިދާޅުވީ، ފާއިތުވި ހަތަރު އަހަރާ ބަޔަކީ މިހާތަނަށް މި ދިވެހިރާއްޖެ ނުދެކޭ ވަރުގެ ހަމަހިމޭން އަމާން ދުވަސްތަކެއް ކަމަށެވެ. 

ރިޒާ ވިދާޅުވީ ދައުލަތުގެ ދަރަނި ބޮޑު ވުމަކީ އޭނާވެސް އަދި ދިވެހި ރައްޔިތުންވެސް ކަންބޮޑުވާ ކަމެއް ކަމަށާ، އެހެން ނަމަވެސް، ދަރަނި ބޮޑުވެފައި ވަނީ ކުރީ ސަރުކާރުތަކުން ކަންކަން ކޮށްފައި ހުރ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. 

"ދަރަނި ބޮޑުވުމަކީ މައްސަލައެއް. ދަރަނި ބޮޑުވެގެން ނުވާނެ. ނަމަވެސް، މާޒީވެ ދިޔަ ދުވަސްތަކުގައި ކޮށްފައި ހުރި ވެރިކަންތަކުން ކަންކަން ކޮށްފައި ހުރި ގޮތުން، ދަރަނި ބޮޑުވާ ގޮތަަށް ކަންކަން ވެފައި ހުރީތީވެ، އެ ދަރަނި މައްޗަށް ދަރަނި އަރަމުން ގޮއްސަ މިހުރީ. ރާއްޖޭގެ އެއްވެސް ރައްޔިތަކު، އަޅުގަމޑުމެންވެސް ކަންބޮޑުވޭ ދަރަނި ބޮޑުވަންޏާ. ބޮޑު ވެގެނެއް ނުވާނެ."

މެންބަރު ޢަލީ ރިޒާ

މިއާއެކު ރިޒާ ވަނީ، މިިސަރުކާރުގެދަރަނި ބޮޑު ކަމުގެ ވާހަކަ ދައްކާއިރު، ކޮވިޑްގެ ދަތި ހާލަތުގައި ވެސް މިިސަރުކާރުން ކަންކަން ކުރެއްވި ގޮތާއި، ކުރީގެ ސަރުކާރުތަކުން ކަންކަން ކުރިގޮތް ބަލަންޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.  

ނިމިދިޔަ 5 އަހަރުގައި އަޅުގަނޑުމެންނަށް ފެނުނު ތެލުގެ އަގު ކުޑަކުޑަކޮށް، ދެތިން ޑޮލަރު މައްޗަށް ޖެހިލީމާ ކާޑު ބަސްތާއެއް 1000 ރުފިޔާއަށް އަރައިގެން ދިޔަތަން. ފުށް ބަސްތާއެއް 1500 ރުފިޔާއަށް. ހަކުރު ކިލޯއެއް 15 ރުފިޔާއަށް ބަދަލުވީ. ދެ ޑޮލަރު ތެޔޮ ފީފާއަކުން ޖެހިލީމާ. ފާއިތުވެދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި. ހުރިހާ ކާބޯތަކެތި އެކީއެކަށް އަގުބޮޑުވެގެން ދިޔައީ. ކަރަންޓް ބިލު ބޮޑުވެގެން ދިޔައީ. ތެލުގެ ޑިޔުޓީ ނަގަން ފެށީ. މުވާސަލާތުން ޑިޔުޓީ ނަގަންފެށީ. 

މެންބަރު ޢަލީ ރިޒާ

ކޯވިޑް ފަދަ ޢާލަމީ ވަބާއެއް ކުރިމަތި ނުވާއިރު ރައީސް ޔާމީންގެ ސަރުކާރުން އެފަދައިން ކަން ކުރައްވާފައިވާ އިރު، ކޮވިޑުގެ ދަތި އުދަގޫ ދުވަސްތަކުގައިވެސް ރައީސް ޞާލިހު ގެ ސަރުކާރުން ރައްޔިތުންނަށް އަޅާލައި، ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދީ ހިފަހައްޓާފައިވާ ކަމަށް ރިޒާ ވިދާޅުވިއެވެ. 

މިދެންނެވި ގޮތަށް، ކޮވިޑްގެ ދަތި އުނދަގޫ ހާލަތުގައި ރާއްޖޭގެ ހުރިހާ ވަތްގަނޑުތަކަކަށް ވަންނަމުންދިޔަ ފައިސާ ހުއްޓި، ދެ އަހަރުވެގެން ދިޔައިރުވެސް، ދިވެހިރާއްޖޭގެ ރައްޔިތަކަށް އިހްސާސްވާވަރުވެސް.. ކަމެއް ދިމާވެގެން އުޅޭކަމުގެ އިހްސާސްވާވަރަށްވެސް ސަރުކާރުން އެއްވެސް މުދަލެއްގެ އަގު ބޮޑެއް ނުކުރޭ. 

މެންބަރު ޢަލީ ރިޒާ

ރިޒާ ވިދާޅުވީ، ތަކެތީގެ އަގު ބޮޑުކުރުމުގެ ބަދަލުގައި ރައީސް ޞާލިހު ވަނީ، ސަލާން ޖަހައިގެން ނަމަވެސް ލާރި ހޯދައިގެން ރާއްޖޭގެ ރައްޔިތުންގެ ބަނޑު ފުރާނަ މުއްތި ކުރެވޭނެ ގޮތް ހަދައިދެއްވުމަށް މަސައްކަތް ކުރައްވާފައިކަަމަށެވެ. އަދި ހަމައެހެންމެ، އެ ދަތި ހާލުގައިވެސް، ބޭރުގެ ގައުމުތަކުން ފައިސާ ހޯދައިގެން، ތަރައްޤީގެ ޕްރޮޖެކްޓް ތައް މަޑުނުޖެހި ކުރިއަށް ގެންދެވޭނެ މަގު، ރައީސް ޞާލިހު ތަނަވަސް ކޮށްދެއްވި ކަމަށެވެ. 

އަދި އޭގެ އިތުރުން، ވިޔަފާރިތައް ވެސް ހުއްޓުމަށް އަޔަ ނުދީ، ލުއި ލޯނުތައް ވިޔަފާރިވެރިންނަށް ދެއްވައިގެން، ވިޔަފާރިތައް ކުރިއެރުވުމަށް ރައީސް ޞާލިހު މަސައްކަތް ކޮށްދެއްވިކަމަށް ރިޒާ ވިދާޅުވި އެވެ. 

ރިޒާ ވިދާޅުވީ، ދިވެހިރާއްޖެ މިހާރު ހަމަޖެހި "ސްޓޭބަލް" ވެފައި މިވަނީ ރައީސް ޞާލިހު ގެ ހިކްމަތްތެރިކަމާއި އެކު އެޅުއްްވި ފިޔަވަޅުތަކުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.