މެމްބަރު ހުސެއިން މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
27 Feb 2023 | 22:41
ފުލުހުންގެ އިދާރާ އޮތީ ކޮންމެ ކަމެއް ވަރިހަމަވެ ސިޔަސީ ގޮތުން ބޮއްސުންލާފަ: ހުސެއިން

ދިވެހި ފުލުހުންގެ ޚިދުމަތަކީ މިއަދު ސިޔާސީ ގޮތުން ބޮއްސުންލާފައިވާ އިދާރާއެއް ކަމަށާއި، ކުށްކުރުން ހުއްޓުވުމަށް އެ މުއައްސަސާއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެ އެވެ. 

ސެންބެ މިފަދައިން ވިދާޅުވެފައިވަނީ ސައިބާ ސްކޭމްތަކުގެ ޝިކާރައަކަށް ވެގެންދާ ފަރާތްތަކަށް އެކަށީގެންވާ އެހީތެރިކަމެއް ފުލުހުންގެ ފަރާތުން ފޯރުކޮށްނުދޭކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ނެވެ. 

އެ މައުލޫއަށް ވާހަކަދައްކަވަމުން ސެންބެ ވިދާޅުވީ ސައިބާ ސްކޭމްތަކުގައި ގެއްލުންވާ މީހުން މިހާރު ދާން ޖެހެނީ ފުލުހުންގެ އިދާރާއަށް ކަމަށެވެ. އެހެން ނަމަވެސް އެ އިދާރާ ބޮއްސުންލާފައި އޮތުމުން، އެފަދަ މައްސަލަތައް ނުބަލާ ދޫކޮށްލާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ސްކޭމްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެ ފައިސާ ހޯދުމުގެ މަގު ބަންދުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސްކޭމްތަކުގައި ފައިސާ ގެއްލޭ ފަރާތްތަކަށް ފުލުހުން އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްނުދޭ މައްސަލައަކީ ވަރަށް ހިތާމަކުރާ ކަމެއްކަމަށް ސެންބެގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

"ފުލުހުންގެ އިދާރާއަށް ނަޒަރު ހުއްޓާލާއިރު، އެ އިދާރާގެ އިހުމާލު އިންތިހާއަށް ބޮޑުވެފައި މިއަދު މިވަނީ. ދުވާލަކު އެތައް މިލިއަން ރުފިޔާއެއް އެކައުންޓުތަކުން ގެއްލެމުންދާއިރު، މި މައްސަލަތައް ހުށައެޅީމަ ނުބެލި، ދިގުލައިގެންދާ މަންޒަރު ފެނިގެން މިދަނީ. އެއްވެސް ކުށެއް ނެތް އެކައުންޓުގެ ވެރިފަރާތުގެ އެކައުންޓު ފްރީޒްކޮށްފަ އެބަހުރި އޭނަގެ އެކައުންޓަށް އެހެން މީހަކު ފައިސާ ޖަމާކޮށްގެން. އެހެންވީމަ މި ކަންކަން ނުބެލި ދިގުލައިގެން ދާތީ އަޅުގަނޑު މި ދަންނަވަނީ ކޮބާހޭ މި ކަންކަމާއި ހަވާލުވެ ތިބި މުއައްސަސާތަކުގެ ވެރިންގެ ޒިންމާ. ފުލުހުންގެ އިދާރާއަށް މިއަދު ކޮންމެ ކަމެއްވެސް ވަރިހަމަ. ސިޔާސީގޮތުން ބޮއްސުންލާފަ އޮތް ތަނަކަށް އެފައި އެތަން އެ އޮތީ" 

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު

ސެންބެ އިތުރަށް ވިދާޅުވީ ސްކޭމްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދާދިނުމަށް މުއައްސަސާތައް ފެއިލްވުމާއި ގުޅިގެން މުޅި ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު މިހާރު ގެއްލިފައިވާކަމަށެވެ. 

ވެރިކަމުގެ ނިޒާމުގައި ހުރި މުހިންމު މައްސަލަތަކަށް އަޅާނުލެވުމުގެ ސަބަބުން ހުރިހާ ތަކުލީފެއް އުފުލަން ޖެހެނީ ރައްޔިތުންނަށް ކަމަށާއި، އެއީ ނިނުމަކަށް ގެންނަން ޖެހޭ ކަމެއްކަމަށް ސެންބެ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.