މެމްބަރު ބޮންޑާ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
28 Feb 2023 | 17:18
ރާއްޖޭގެ މެދު ފަންތިން ދަށް އެއްކޮށް ފަގީރު ވެއްޖެ: އިބްރާހިމް ރަޝީދު

ދިވެހިރާއްޖޭގައި ދިރިއުޅޭ މެދު ފަންތިން ފެށިގެން އޭގެ ދަށަށް ތިބި ހުރިހާ ރައްޔިތުން މި ސަރުކާރު އައިފަހުން ފަޤީރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ. 

ބޮންޑާ މިފަދައިން ވިދާޅުވެފައިވަނީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް މަޖިލީހުން އެރުވި ލަފަޔާއި އެއްގޮތަށް ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ހުށައެޅުއްވި ޤަރާރަަށް ބަހުސް ކުރައްވަމުން ނެވެ. 

ބޮންޑާ ވިދާޅުވީ މި ސަރުކާރުން ދަރަނި ނަގަމުން ގަނަމުންގޮސް، ސަރުކާރުގެ ހުރި ހުރިހާ ހަރު މުދަލެއް ރަހުނުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ދަރަނި ނަގަން އިތުރަށް ރަހުނު ކުރާނެ އެއްޗެއް ނެތް ހިސާބަށް ކަންކަން ގެންގޮސްފައިވާކަމަށެވެ. 

"މިހާރު ސުކޫލުތަކާ، އެހެން ހުރިއްޔާ ހުރިހާ ތަނެއް އަޅުގަނޑަކަށް ނޭނގޭ ރައްޔިތުންގެ މަޖިލިސްވެސް މޯގޭޖު ނުކުރާކަމެއް، ސަރުކާރުގެ ހުރިހާ ކުންފުންޏެއްގެ ދަށުގައި ހުރި ހުރިހާއެއްޗެއް ރަހުނު ކުރެވިއްޖެ. އެޗްޑީސީގެ ދަށުގައި އޮތް ހުޅުމާލެ އެއްކޮށް ރަހުނު ކުރެވިއްޖެ. ބަނދަރުތައް ރަހުނު ކުރެވިއްޖެ. ކޯއްޗެއްތޯ ބާކީ އޮތީ؟ ދެން ރަހުނު ކުރާނެ އެއްޗެއް ނެތިއްޔާ ދެން ކިހެނެއްތޯ ހަދާނީ؟ އަޅުގަނޑުމެން ކުރިމަތީ ލަންކާއަށް ގޮތެއް ވެގެން ދިޔައީ" 

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ ވިދާޅުވީ ދަރަނި ދެއްކޭނެ ގޮތެއް ނުހޯދާ ދަރަނި ނަގަމުން ދިއުމުގެ އަސަރު ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުން ފެންނަމުންދާ ކަމަށެވެ. އެމްޑީޕީ ވެރިކަމަށް އައިރު މެދު ފަންތީގެ ރައްޔިތުންގެ ޖީބުތަކުގައި ފައިސާ ހުރި ކަމަށާއި، އެ ފަރާތްތައް ވިިޔަފާރިތއް ކުރަމުން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ސަރުކާރުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން، މިއަދު މެދުފަންތީގެ ވިޔަފާރިތައް ފުނޑިފައިވާ ކަމަށާއި، ދެފު ފަންތިން ފެށިގެން ދަށަށް ތިބި ރައްޔިތުން ފަޤީރުވެފައި ވާކަމަށް ބޮންޑާ ވިދާޅުވި އެވެ.

"މެދުފަންތިން ފެށިގެން ތިރި އެއްކޮށް ފަގީރުވެއްޖެ. ކުރީގައި އަޅުގަނޑުމެން ވެރިކަމަށް އައިރު މެދުފަންތީގައި ފައިސާ ހުރި. ވިޔަފާރި ކުރަމުން ދިޔަ ފިހާރަތަކުގައި. ކޮންމެވެސް ވަރަކަށް ދަތިތަކެއް ހުރި ނަމަވެސް. އެހެން ނަމަވެސް މިހާރު މެދުފަންތިން ތިރި އެއްކޮށް ފަގީރުވެއްޖެ" 

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ދައުލަތުގެ ދަރަނިން ރައްޔިތުން ސަލާމަތް ކުރުމަކީ އެމްޑީޕީން ވެފައިވާ ވައުދެއްކަން ބޮންޑާ ހަނދާންކޮށްދެއްވި އެވެ. އެގޮތުން ލޯނު ރީސްޓްރަކްޗާ ކުރުމަކީ އެމްޑީޕީއިން ލިޔެފައިވާ ވައުދެއް ކަމަށާއި، އެހެން ނަމަވެސް މިއަދު އެ ވައުދު ފުއްދަމުން ނުދާކަމަށް އޭނާ ވިދާޅުވިއެވެ. 

ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާ ބޮންޑާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ޚަރަދު ބަލަހައްޓަން މި ހާލަތުގައިވެސް ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ކުރެވިދާނެ ކަމަށެވެ. އަދި އެ ޓެކްސް ބޮޑުކޮށްގެން މަޖިލީސް މެމްބަރުންނަށް ބޮޑެތި މުސާރަތައްވެސް ދެވިދާނެ ކަމަށެވެ.

އެހެން ނަމަވެސް އޭގެ ހުރިހާ ތަކުލީފެއް އުފުލަން ޖެހޭނީ ހަމަ ރައްޔިތުންނަށް ކަމަށް ބޮންޑާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފަ އެވެ. އޭގެ އިތުރުން، އެމްޑީޕީން ވައުދުވި ގޮތަށް ދަރަނި ރީސްޓްރަކްޗާ ކުރުމަށް ބޮންޑާ ސަރުކާރަށް ގޮވާލެއްވި އެވެ. 

ކޮމެންޓް
ލލ
މަޖިލިސް މެމްބަރުން ފިޔަވާ މުޅިން ތިބީ ފަޤީރުން !
28 Feb 2023
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.