ރައްޔިތުންގެ މަޖިލިސް... ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
11 Aug 2025 | 15:27
މަޖިލީހުގެ މެމްބަރުންގެ ޝަކުވާ؛ އެކަށީގެންވާ މުސާރައެއް ބޭނުންވޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެކަށީގެންވާ މުސާރައެއް ނުލިބޭކަމަށް ވިދާޅުވެ، މަޖިލީހުގެ އާއްމު ކޮމިޓީގައި މިއަދު އެވާހަކަ ދައްކަވައިފިއެވެ.

މިއަދު ބޭއްވި އާއްމު ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް މެމްބަރުން ވިދާޅުވީ، އެބޭފުޅުން އަދާކުރައްވަމުންގެންދަވާ މައްސޫލިއްޔަތާ އަޅާބަލާއިރު، އެކަށީގެންވާ އަދަދެއް ލިބިވަޑައިނުގަންނަވާކަމަށާއި، މުސާރަ މުރާޖައާކުރަން ފެންނަަމަށެވެ. 

ބައެއް މެމްބަރުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތެއްގައި އެކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށެވެ. އެގޮތުން ރައްޔިތުންނަށް ހީވެފައި އޮންނަނީ މެމްބަރުންގެ މުސާރައަކީ އެއްލައްކަ ރުފިޔާ ނުވަތަ 80 ހާސް ރުފިޔާ ކަމަށާއި، ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. މުސާރައިގެ ގޮތުގައި މެމްބަރުންނަށް ލިބެނީ 42،500 ހާސްރުފިޔާ ކަމަށާއި، އެގޮތުން މަސް ނިމިގެންދާއިރު ކުރަންޖެހޭ ހަރަދުތައް ކޮށްފައި އިތުރަށް ހަރަދުކުރާނެ ފައިސާ ނުހުންނަކަމަށް ބެއް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވީ، މާލޭގައި ދިރިއުޅެން ޖެހޭއިރު، ލިވިން އެލަވަންސްްގެ ގޮތުގައި 20،000 ރުފިޔާ ލިބޭއިރު ދިރިއުޅެން ޖެހެނީ 3 ކިޓަރީގެ އެޕާޓްމަންޓެއްގައި ކަމަށާއި، އެއީވެސް 24،000 ރުފިޔާ ކަމަށާއި، އެހެންކަމުން އަތުން 4،000 ރުފިޔާ ކުއްޔަށް ހަރަދުކުރަންޖެހޭކަމަށެވެ.

އާއްމު ރައްޔިތުން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން (މަޖިލީހަށް) ހާޡިރު ނުވެއްޖެނަމަ މުސާރައެއްވެސް ނުކެނޑޭ. ބަރާބަރަށް މުސާރަވެސް ލިބޭ. މި ހަމަ ރައްޔިތުންނަށް އޮޅިފަ އޮންނަ ވަރަށްބޮޑު އޮޅުމެއްކަމަށް އަޅުގަނޑު ދަންނަވަން

ރިޔާޒް ވިދާޅުވިއެވެ

މެމްބަރުންގެ ވާހަކަފުޅުގައި ވަނީ މެމްބަރުންގެ މުސާރައާ ގުޅޭގޮތުން ބައެއް މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނަށް އެންމެރަނގަޅު މައުލޫމާތު ލިބެމުން ނުދާކަން ފާހަގަކުރައްވައި މަޖިލީހުގެ ތެރެއިން ތަފްސީލީގޮތެއްގައި ރައްޔިތުންނަށް އެކަން އެނގެންޖެހޭކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ކޮމިޓީގައި އެންމެފަހުން ނިންމާފައިވަނީ އެކަމާ ގުޅޭގޮތުން މަޖިލީހުގެ ރައީސް އަދި މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ އެވާހަކަތައް ހިއްސާކުރެއްވުމަށްފަހު އެކަމުގައި ގޮތެއް ނިންމުމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް 90،000 ރުފިޔާގެ މުސާރައެއް ކަނޑައަޅާފައިވާއިރު، ނައިބަށް 88،000 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވައެވެ. އަދި މަޖިލީހުގެ މެމްބަރުންނަށް 80،000 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވައެވެ. އެންމެފަހުން މަޖިލީހުގެ މުސާރައަށް ބަދަލުގެނެސްފައިވަނީ 2023 ވަނަ އަހަރެވެ. އޭގެ ކުރިން މެމްބަރުންގެ މުސާރައަކީ 62،000 ރުފިޔާއެވެ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި އޭރު 20،000 ރުފިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
މިސްކިތަށް ގެއްލުންދީ، ބޮޑުކަމުދިޔަ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މިސްކިތްތަކަށް ގެއްލުންދީ، ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގ. މާލެހިޔާ، އުމުރުން 30 އަހަރުގެ ނައުޝާދު މޫސާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.