މަޖިލީހުގެ ޖަލްސާ... ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
18 Aug 2025 | 11:03
ކަރަންޓް އައުމާއެކު، މަޖިލީހުގެ ޖަލްސާ ފަށައިފި

ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން މެދުކަނދާލި ރައްޔިތުން މަޖިލީހުގެ ޖަލްސާ އަލުން ފަށައިފިއެވެ.

މިއަދު 9 ޖެހިއިރު މަޖިލީހުގެ ޖަލްސާ ފަށައިގެން ކުރިއަށް ގެންދެވުނީ 24 ހަކަށް މިނެޓެވެ. ޖަލްސާ ފެށުމާއެކު ފުރަތަމަ ކަމަކަށް އޮތީ، ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާ ކުރުމަށްފަހު ކޮމިޓީއަށް ފޮނުވުމެވެ.

އެއަށްފަހު ދެން ކުރިއަށްދިޔައީ މިއަދަށް އެޖެންޑާ ކޮށްފައި އޮތް އިންޝުއުރަންސް ބިލަށް މާލިއްޔަތު ކޮމިޓީން ނިންމެވިގޮތަށް ބަހުސް ކުރުމެވެ. ކަރަންޓް ކަނޑައިގެން ދިޔައީ ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމް ވާހަކަފުޅު ދައްކަވަނިކޮށެވެ.

ކަރަންޓް ދިއުމުން ރިޔާސަތުން ވަނި ޖަލްސާ މެދުކަނޑާލާފައެވެ. ޖަލްސާ މެދުކަނޑާލީ މައްސަލަ ހައްލުވޭތޯ ބަލުމަށް ފަހުއެވެ. މަޖިލީހުގެ ތަޅުމުން ކަރަންޓް ކަނޑައިގެން ދިޔަ ސަބަބެއް މަޖިލީހުގެ އިދާރާއަކުން ބުނެފައެއް ނުވެއެވެ. 

ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން ކަރަންޓް ކަނޑައިގެން ގޮސްފައިވާއިރު، މި ފަހަކަށް އައިސް މާލެ ސަރަހައްދުން ކަރަންޓް ކެނޑޭ މިންވަރު ވަނީ އިތުރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jul 2026
ސިނަމާލެ ބްރިޖްގައި ސްޓަންޓް ޖެއްސި ސައިކަލްތައް ފުލުހުން ޓޯކޮށްފި
ސައިކަލްތައް ޓޯކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.
25 Jul 2026
އެއް ނަމްބަރު ސަރަހައްދަށް ދެން އަންނަން އޮތީ ކޮން ބަދަލެއް؟
25 Jul 2026
މިނިވަން ދުވަހާ ގުޅިގެން އުރީދޫއިން ހާއްސަ އޮފާތަކެއް
މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް އޮފާއަކީ "މިނިވަން 61 ޕެކް" ގެ ނަމުގައި ހުޅުވައިލި ޑޭޓާ ޕެކެވެ. މި ޕެކުގެ ދަށުން 61 ރުފިޔާ ދައްކައިގެން 24 ގަޑިއިރަށް 61 ޖީބީގެ ޑޭޓާ ލިބޭނެއެވެ
25 Jul 2026
އެޕޯލޯ ކްރިސްޓަލް ރެސިޑެންޓުގައި ރޯވި އަލިފާންގަނޑު ނިއްވާލީ ދޮރު ހަލާކުކޮށްލައިގެން ވަދެ
އަލިފާން ރޯވެ ދުން އަރަންފެށުމާއެކު، އާއްމުން އެކަން ރިޕޯޓްކުރުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުޓީމާއި ފުލުހުން ވަރަށް އަވަހަށް އެ ސަރަހައްދަށް އެޓެންޑްވި މަންޒަރު ވޮއިސްގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ
25 Jul 2026
އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށަނީ
25 Jul 2026
ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ފާހަގަކުރެއްވީ، ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އަހަމިއްޔަތުކަން
ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ވަނީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް، ޚާއްޞަކޮށް ދިވެހި ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި
25 Jul 2026
މުޒާހަރާތަކާ ގުޅިގެން އިންޑިއާގެ ތައުލީމާބެހޭ ވަޒީރު އިސްތިއުފާދެއްވައިފި
ޕްރަދާން އިސްތިއުފާދެއްވާފައިމިވަނީ ކޮކްރޯޗް ޖަންތާ ޕާޓީން ހަފުތާތަކެއް ވަންދެން ކުރި މުޒާހަރާތަކާ ގުޅިގެން ކުރިމަތިވެވަޑައިެގެންނެވި ފިއްތުންތަކުގެ ސަބަބުންނެވެ
25 Jul 2026
ރިއަލް މެޑްރިޑުން އެންމެފަހުން ރޮޑްރީ ހޯދުމުގެ މަސައްކަތް ފަށައިފި
މެންޗެސްޓަރ ސިޓީއާއެކު ރޮޑްރީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ 12 މަސް ދުވަސް އޮތް ނަމަވެސް، އޭނާ އެ ކްލަބުގައި މަޑުކުރުވުމަށްޓަކައި އާ އެއްބަސްވުމެއްގައި ސޮއިކުރުވަން ސިޓީން ވަރަށް ބޮޑަށް ބޭނުންވެއެވެ