ހަބަރު
06 Jun 2023
"އަސްލު މައްސަލަ ފޯޅަވަހި ކޯލިޝަނަށް ވެސް ނޭނގޭ"
ރާއްޖޭގެ ދެކުނުން އޮންނަ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ސަރުކާރުން ވިއްކާލާފައިވާކަމަށް ބުނެ ގެއްލުނު ބައި ހޯދުމަށް ގިނަ ސިޔާސީ ޕާޓީތަކާއި ކުރީގެ ބަންޑާރަނައިބުން ގުޅިގެން އެކުލަވާލާފައިވާ ފޯޅަވަހި ކޯލިޝަނަށް ވެސް އަސްލު މައްސަލައަކީ ކޮބައިކަން އޮޅިވަޑައިގެންފައިވާ ކަމަށާއި، މި މައްސަލައިގައި އެ ބޭފުޅުންނަށް ވެސް އެއްގަލަކަށް ނޭރޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
05 Jun 2023
"ކަނޑު ވިއްކާލަފަ ބަންޑާރަ ނައިބު ދެއްކެވީ ޒާތީ ވާހަކަތަކެއް"
ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ވިއްކާލުމަށްފަހު ޖަވާބުދާރީވާން މަޖިލީހަށް ވަޑައިގެން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ދެއްކެވީ މުޅިން ވެސް ޒާތީ ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
05 Jun 2023
ރާއްޖޭގެ ކުދިންގެ މެދުގައި މަޔޯޕިއާ އާއްމު ކަމަކަށްވެފައި!
ދިވެހިރާއްޖޭގެ ކުޑަކުދިންނާއި، ބޮޑުވަމުން އަންނަ ކުދިންގެ މެދުގައިވެސް މަޔޯޕިއާ އާންމުވެފައިވާ ކަމަށާ، އެކަމުގެ މައިގަނޑު އެއް ސަބަބަކީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކުރުން ކަމަށް ޗައިނާ-ދިވެހިރާއްޖެ އޮޕްތޮމޮލޮޖީ ސެންޓަރުގެ، ޗައިނާގެ ޑޮކްޓަރުންގެ ޓީމުން ބުނެފިއެވެ.
05 Jun 2023
ރައީސް ޞާލިހު އުކުޅަހަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އއ. އުކުޅަހަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއްވެސް ވަނީ އުކުޅަހަށް ވަޑައިގެންފައެވެ.
05 Jun 2023
"ބިންގާ އަޅުއްވާ ރައީސަކަށް ނުވާނަމޭ ވިދާޅުވިޔަސް އެކަން ކުރައްވަނީއެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ބިންގާ އަޅުއްވާ ރައީސަކަށް ނުވާނަމޭ މީގެ ކުރިން ވިދާޅުވަމުން ދިޔަ ނަމަވެސް، މިހާރު ފެންނަމުންދަނީ ބިންގާ ތަކެއް އަޅުއްވާ ތަން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ފާޑުވިދާޅުވެއްޖެ އެވެ.
05 Jun 2023
މަޖްލިސް ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީން 'ފުންކޮށް ވިސްނަނީ'
ރައްޔިތުންގެ މަޖްލީހުގެ ރައީސްކަމުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން 'ފުންކޮށް ވިސްނާ' ކަމަށް އެޕާޓީން ބުނެފިއެވެ.
05 Jun 2023
ޕާކިސްތާނުންް އައި ފަސިންޖަރެއްގެ ލަގެޖުން 10.14 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ވައިގެ މަގުން ޕާކިސްތާނުން ރާއްޖެ އައި ޕާކިސްތާނުގެ ފަސިންޖަރެއްގެ ލަގެޖުން 10.14 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.
05 Jun 2023
ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޓީމްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ޚާއްސަ މެސެޖެއް
ޗައިނާ-ދިވެހިރާއްޖެ އޮޕްތޮމޮލޮޖީ ސެންޓަރުގެ، ޗައިނާގެ ޑޮކްޓަރުންގެ ފަރާތުން ޚާއްސަ މެސެޖެއް ދިވެހި ރައްޔިތުންނަށް ދެއްވައިފި އެވެ.
05 Jun 2023
ރައީސް ޞާލިހު މިއަދު އުކުޅަހަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އުކުޅަހަށް ވަޑައިގަންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
05 Jun 2023
ހައްޖަށް ގޮސް އުޅުމުގައި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުވެލައްވާ!
ހައްޖަށް ނުވަތަ އުމްރާއަށް ގޮސް އުޅޭ ފަރާތްތަކުން ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.