މެމްބަރު ހުސެއިން ޝަމީމު މަޖިލީހުގައި ބަހުސްކުރައްވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
06 Jun 2023 | 05:58
އެއްލައްކަ ވޯޓު ހޯއްދެވި ބޭފުޅާއަށް ޕާޓީ ރަޖިސްޓްރީކުރަން ލިބުނީ 3400 ފޯމު: ޝަމީމް

ރައްޔިތުންގެ މެދުގައި އެމްޑިޕީގެ ރައީސް މުޙައްމަދު ނަޝީދުގެ މަޤުބޫލުކަން ވަރަށް ބޮޑަށް ގެއްލިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ. 

އަދުން ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އޭނާ ވިދާޅުވީ ފޯޅަވަހި މައްސަލައާއި ގުޅުވާ ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ އަޑީގައި ހުންނެވީ ރައީސް ނަޝީދު ކަމަށެވެ. އަދި ނަޝީދު އެފަދައިން އަމަލުކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ވިއްކާލި ފަޅުތަކުގެ ވާހަކަ ފާޅާއެރުމުން އެކަން ހިންދާލުމަށްކަމަށް އޭނާ ވިދާޅުވި އެވެ. 

ދިވެހިރާއްޖޭގެ ދެކުނުގެ ސަރަހައްދުން ބައެއް މި ސަރުކާރުން ވިއްކާލާފައިވާކަމަށް މަޖިލީހުގެ ރައީސް ތުހުމަތު ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނަކީ މޮރިޝަސްއަށް ވަޑައިގެން، މޮރިޝަސްގެ ސަރުކާރުން ދޭ އެންމެ ޝަރަފުވެރި މަޤާމު ހޯއްދަވައިގެން ހުންނެވި ރައީސްކަމަށް އަދުން ހުސެއިން ވިދާޅުވި އެވެ.

ނަޝީދު މޮރިޝަސްގެ ސަރުކާރުގައި އެއްބަސްވި ގިނަ ކަންކަމުގެ ސަބަބުން، އިމުގެ މައްސަލައަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމީ އެންމެން ދަންނަ ހަޤީގަތެއްކަމަށް އަނދުން ހުސެއިން ވަނީ ވިދާޅުވެފަ އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ނަޝީދު ކުރައްވާފައިވާ ކަންކަން ފޮރުވުމަށްޓަކައި، އެހެން މީހުންގެ ބޮލުގައި އިލްޒާމުތައް އަޅުވައި އެހެން މީހުން ބަދުނާމު ކުރަމުން ދިއުމަކީ ނަޝީދާއި މެދު ރައްޔިތުން ދެކޭގޮތް ބަދަލުވެ ނަޝީދުގެ މަޤުބޫލުކަން ރައްޔިތުންގެ މެދުގައި ވެއްޓިގެން ދިޔަ ސަބަބުތައް ކަމަށެވެ.

"އިއްޒަތްތެރި ރައީސް ވިސްނާވަޑައިގަންނަވަން ޖެހޭ، އެއްލައްކަ ފަސް ހާސް މީހުންގެ ވޯޓު ލިބިވަޑައިގެންނެވި ބޭފުޅަކު ޕާޓީއެއް ރަޖިސްޓާކުރަން އުޅުއްވީމަ މިއަދު މިވީ 3400 ފޯމު. އިއްޒަތްތެރި ރައީސްގެ މަޤުބޫލުކަން ރާއްޖޭގައި ވެއްޓެމުން އަންނަީ

މެމްބަރު ހުސެއިން ޝަމީމު 

އަނދުން ހުސެއިން ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތަށް މަޖިލީހުގެ އިތުބާރު ފުރިހަމައަށް އޮތް ކަމަށެވެ. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ވެއްދީ ސިޔާސީ ޗަރުކޭސް ކުޅެން ކަމަށާއި، އެ ފުރުސަތު އެ ފަރާތްތަކަށް ވެސް ނުދެއްވާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އަދި ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކުރާނެކަމަށް އަނދުން ހުސެއިން ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.