އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު-- ފޮޓޯ/ ވަގުތު
ހަބަރު
05 Jun 2023 | 17:15
ރައީސް ޞާލިހު ވިދާޅުވީ ބިންގާ އަޅުއްވާ ރައީސަކަށް ނުވާނަމޭ؛ އެކަމު މިފެންނަނީ އެކަން ކުރައްވާތަން: ވަހީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ބިންގާ އަޅުއްވާ ރައީސަކަށް ނުވާނަމޭ މީގެ ކުރިން ވިދާޅުވަމުން ދިޔަ ނަމަވެސް، މިހާރު ފެންނަމުންދަނީ ބިންގާ ތަކެއް އަޅުއްވާ ތަން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ފާޑުވިދާޅުވެއްޖެ އެވެ.  

ރައީސް ޞާލިހު އާއި މިސަރުކާރުގެ އިސް ބޭފުންވެސް އެކި ޕޯޑިއަމް ތަކުގައި ވާހަކަ ދައްކަވަމުން، ޚާއްސަކޮށް މަޝްރޫއުތައް ނިންމަވާ، ހުޅުވުމަށް ވަޑައިގެން އެންމެ އަޑުގަދަކޮށް ދައްކާ ވާހަކަ އަކީ މިސަރުކާރުން ހާއްސަކޮށް ރައީސް ޞާލިހު، މަޝްރޫޢު ތަކުގެ ބިންގާ އަޅުއްވަން ނުދާނެ ވާހަކައެވެ. އެހެނެއް ކަމަކު، އެމަނިކުފާނު ވަޑައިގަންނަވާނީ، މަޝްރޫޢު ނިންމަވާ ހުޅުވުމުގެ ރަސްމިއްޔާތަށް ކަމަށްވެސް ވަނީ އެކި ފަހަރު މަތިން ވިދާޅުވެފައެވެ. 

އެގޮތުން ދާދިފަހުން، މެއި ފަހުކޮޅުގައި ރައީސް ޞާލިހު ފ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވެސް މަގޫދޫގައި ވާހަކަދައްކަވަމުން އެ މޭރުމުން ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވާހަކަ ދައްކަވާފައެވެ. 

އެދުވަހު ވާހަކަ ދައްކަވަމުން، އަސްލަމް ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު ތަފާތަކީ މަސައްކަތެއް ފައްޓާ ރަސްމިއްޔާތެއްގައި އަދި ބިންގާ އަޅާ ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަންނަން ނުޖެހުން ކަމަށާއި ރައީސް ވެސް މިފަދަ ރަސްމިއްޔާތެއްގައި ބައިވެރި ވަޑައިނުގަންނަވާ ކަމަށެވެ.

"މަސައްކަތް ނިންމަވާފަ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފަށާ ރަސްމިއްޔާތުގައި މުޅިންވެސް އަޅުގަނޑުމެން ބައިވެރިވަނީ. އަޅުގަނޑުމެން މިއީ ވައުދުވާ ބައެއް، ހުވަފެން ދައްކާ ބައެއް ނޫން، ވައުދު ވެފަ ވައުދު ފުއްދާފަ އެކަމުގެ އުފާ ފާޅޫ ކުރަން އަޅުގަނޑުމެން އަންނަނީ." އަސްލަމް ވިދާޅުވިއެވެ.

އެހެން ނަމަވެސް، މިދިޔަ 3 ދުވަހު އައްޑޫ ސިޓީއަށް ރައީސް ޞާލިހު ކުރެއްވި ދަތުރުފުޅު ގައި ވަނީ އައްޑޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢު އާއި، ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅުއްވާފައެވެ. އަދި އެކަމާއި ގުޅިގެން އައްޑޫގައި ހަވާވެސް އަރުވާފައިވެއެވެ. 

މި ކަމަށް ފާޑުވިދާޅުވެ ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނަކީ ބިންގާ އަޅުއްވާ ރައީސް އަކަށް ނުވާނަމޭ ވިދާޅުވި އަޑު އެއްސެވި ކަމަށެވެ.

"(ރައީސް ޞާލިހް) ވާނީ ޕްރޮޖެކްޓް ނިންމާފައި ހުޅުވަން ދާ ރައީސަކަށޭ. އެކަމު ދައުރު ނިމެނިކޮށް އައްޑޫއަށް ވަޑައިން މިފެންނަނީ ބިންގާތަކެއް އަޅާފައި ހަވާއަރުވަން އުޅުއްވި ތަން." ވައްޑެ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް