މެމްބަރު ޝިފާއު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
05 Jun 2023 | 21:39
ފޯޅަވަހި މައްސަލަ ނަގައިގެން އިދިކޮޅުން ކުރާހާ ވެސް ކަމަކީ ސިޔާސީ ލަނގިރިޖެހުން: ޝިފާއު

ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްސަ އިޤްރިޞާދީ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާކަމަށް ބުނެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތައް ކުރަމުންދާ މަސައްކަތަކީ ސިޔާސީ ލަނގިރި ޖެހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ. 

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މިއަދު މަޖިލީހުގައި ވަނީ ފަށާފައެވެ. އެ މައްސަލައަށް ބަހުސްކުރައްވަން ފައްޓަވަމުން ޝިފާއު ވިދާޅުވީ މި ސަރުކާރާއި، ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުން ފުރިހަމައަށް އިތުބާރު ކުރާ ކަމަށެވެ. 

ރައްޔިތުންގެ މަސްލަހަތު ދޫކޮށްލާ، ނުވަތަ ރައްޔިތުންގެ މަސްލަހަތށްވުރެ އެހެން ބައެއްގެ މަސްލަހަތު މި ސަރުކާރުން އިސް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންގެ އޮތްކަމަށް ޝިފާއު ވަނީ ވިދާޅުވެފައެވެ. 

އެ ވާހަކައާއި ގުޅުވާ ޝިފާއު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށް ފުރިހަމަ ބޭސް ފަރުވާއާއި، ތައުލީމު ހޯދައިދިން ސަރުކާރުކަމަށެވެ. އަދި ރަށު ބަންދުން ރައްޔިތުން ވީއްލާ، މުޅި ރާއްޖެ ހުޅުވާދެއްވާ، އަތޮޅުތެރެއަށް އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް މި ސަރުކާރުން ހިންގަވަމުންދާ ކަމަށެވެ. 

އެހެންކަމުން މި ސަރުކާރަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް އިޤްތިޞާދީ ގޮތުން ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުންދާކަން ރައްޔިތުން ގަބޫލުކުރާކަމަށް ޝިފާއު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ޝިފާއު ވިދާޅުވީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދާއި ގުޅުވާ އިދިކޮޅުން ކުރަމުންދާ މަސައްކަތަކީ ސަރުކާރާއި ދެކޮޅަށް ކުރާ ސިޔާސީ މަސައްކަތެއް ކަމަށެވެ. 

"ބައެއް ސިޔާސީ ބޭފުޅުން ސިޔާސީ ބޭނުމަށްޓަކައި މިކަންކަން ތަހަންމަލް ނުވެ މިކަންކަން ހިތަށް ކުޅަދާނަ ނުވެ، ދެން ރައްޔިތުން ކުރިމަތީގައި މިބޭފުޅުން ދައްކާނެ ވާހަކަތަކެއް ނެތުނީމާ މިއަދު މި ފެންނަނީ ސިޔާސީ ލަނގިރި ޖަހާ މަންޒަރު"

އިހަވަންދޫ މެމްބަރު ޝިފާއު 

މެމްބަރު ޝިފާއު އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ މިވެރިކަން ދަމަހައްޓާ ނަގަހައްޓަން ކަމަށެވެ. އަދި ރައްޔިތުން ތަރައްގީގެ ރޭހުގައި ފަހަތަށް ދާން ބޭނުން ނުވާކަމަށާއި، އަންނަ ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރައްވާނެކަމުގެ ޔަގީންކަން އޮތްކަމަށް ޝިފާއުގެ ވާހަކައިގައި ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.