ހަބަރު
07 Jun 2023
"ހައްގުތަކަށް ހުރަސް އަޅާނަމަ ރިޔާސަތު ބަދަލުކުރާ ހިސާބަށްވެސް ދާނެ"
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ ރައީސްކަން ދެއްވީ ވަރަށް އިހްތިރާމާއި އެކުގައި ކަމަށާ، އެހެންނަމަވެސް، ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ނަމަ، އެމަނިކުފާނު ރިޔާސަތުން ދުރުކުރަންވެސް ޖެހޭނެ ކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
07 Jun 2023
"ކޮމެޓީތައް އެކުލަވާނުލާ އޮތީ ކޮތަޅު ބިލު އިސްލާހުކުރިޔަ ނުދޭން"
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 12 މެމްބަރުން އިސްތިއުފާދެއްވުމާއެކު، މަޖިލީހުގެ ކޮމެޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރަން ޖެހިފައިވާއިރު، އެކަން ނުކުރައްވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދިގު ދަންމަނީ ކޮތަޅު ބިލު އިސްލާހުކުރިޔަ ނުދީ ރައްޔިތުން ލައްވާ ސަރުކާރަށް އެއްޗެހި ކިޔުވުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝަފީއު ވިދާޅުވެއްޖެ އެވެ.
07 Jun 2023
މެދު ރާއްޖެ ތެރެއަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
07 Jun 2023
މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރަން މިއަދު ހުށަހަޅަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ނިންމައިފިއެވެ.
07 Jun 2023
"ބޮޑު ކުރާ މުސާރައާއި އެކު ތަކެތީގެ އަގުވެސް ވަނީ ބޮޑު"
ސަރުކާރުން ދާއިރާތަކުގެ މުސާރަތައް ބޮޑުކުރަމުންދާ އިރު، އެ ބޮޑު ކުރާ މުސާރައާއި އެކު މުދަލާއި ޚިދުމަތުގެ އަގުތައްވެސް ބޮޑުވަމުންދާ ކަމަށާ، އެހެންކަމުން ބޮޑު މުސާރައިން ރައްޔިތުންނަށް ލިބޭ އެއްވެސް އުފަލެއް ނޯންނަކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ.
07 Jun 2023
ޑިމޮކްރެޓްސް މެންބަރުންނަށް ބިރުދައްކާ މައްސަލަ ބޭރުކޮށްލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މަޖިލީހުގެ މެންބަރުން އިސްވެ އުފެއްދެވި 'ދަ ޑިމޮކްރެޓްސް' ޕާޓީއަށް ސޮއިކުރާ މެންބަރުންނަށް ސަރުކާރުން ބިރުދައްކާ ކަމަށްބުނެ، އެކަން ހުއްޓުވުމަށް އެދި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
07 Jun 2023
“މަގޭ ޙައްޖު”ގެ ނަމުގައި ޕީސް ފައުންޑޭޝަނުން ކޭމްޕެއް ބާއްވަނީ
މި ހަފްތާބަންދުގައި ޙައްޖަށް ހޭލުންތެރިކުރުމުގެ ކޭމްޕް އެއް ބާއްވަން ޕީސް ފައުންޑޭޝަނުން އިއުލާންކޮށްފިއެވެ.
07 Jun 2023
"ދަ ޑިމޮކްރެޓްސް"ގެ ފޯމުތަކުގެ މައުލޫމާތު ލީކްކޮށްފައެއް ނުވާނެ: އީސީ
"ދަ ޑިމޮކްރެޓްސް"އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތު ލީކްކޮށްފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
06 Jun 2023
މޭރީގެ މަރު: ލަމްހާގެ ބަންދަށް ކޯޓުން ލުޔެއް ނުދިން
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ހަލީމަތު ލަމްހާގެ ބަންދަށް ލުޔެއް ނުދޭން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
06 Jun 2023
ނަޝީދު ވަކިކުރަން 50 މެމްބަރުން ސޮއިކުރައްވައިފި
މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމަށް މަޖިލީހުގެ މެޖޯރިޓީ، އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމުމާއި ގުޅިގެން އެ ގަރާރުގައި 53 މެމްބަރުން ސޮއިކޮށްފިއެވެ.