މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
07 Jun 2023 | 11:25
ރައްޔިތުންގެ ހައްގުތަކަށް ހުރަސް އަޅަން ފެށީމާ ރިޔާސަތު ބަދަލުކުރާ ހިސާބަށްވެސް ދާނެ: ޝިފާއު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ ރައީސްކަން ދެއްވީ ވަރަށް އިހްތިރާމާއި އެކުގައި ކަމަށާ، އެހެންނަމަވެސް، ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ނަމަ، އެމަނިކުފާނު ރިޔާސަތުން ދުރުކުރަންވެސް ޖެހޭނެ ކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. 

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހަޅުއްވާފައިވާ، ރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން، ޝިފާއު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމު ތަކުގައިވެސް އިންފްލޭޝަން ރޭޓް މައްޗަށްދާ ކަމަށާ، އަދި ރާއްޖޭގައި އިންފުލޭޝަން ރޭޓް މައްޗަށް ދާއިރު، އެކަން ކުޑަ ކުރުމަށް ސަރުކާރުން މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރި ކުރުން ފާހަގަކުރައްވައި އޭނާ ވަނީ އެކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާ ކުރައްޖެހޭނެ ކަމަށް ވިދާޅުވެފައެވެ. 

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު-- ފޮޓޯ/ މަޖިލިސް

މިއާއެކު ޝިފާއު ވިދާޅުވީ ފަހަކަށް އައިސް އެންމެ އަޑުގަދަކޮށް އިވުނު އަޑަކީ ކޮތަޅުގެ އަގު ބޮޑު ވާހަކަ ކަމަށެވެ. އަދި ކޮތަޅުން އިތުރުވާ 2 ރުފިޔާގެ މައްސަލައާއި، އެނޫންވެސް އެ ގާނޫނުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވާފައިވާ ކަމަށް އޭނާ ވަނީ ހަނދާންކޮށްދެއްވާފައެވެ. 

ޝިފާއު ވިދާޅުވީ، ރައްޔިތުންނަށް ލުއި ހޯދައިދޭން ބޭނުންވާނަމަ އެކަން ކަން ކުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ލުއި ހޯދައި ދިނުމުގެ މަގުސަދުގައި ހުށަހަޅާ އެފަދަ ބިލުތަކަށް ހުރަސްއަޅާތަނަކަށް މަޖިލީހުގެ ރިޔާސަތު ވެގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ގާނޫނަށް ގެނެވުނު ބަދަލާއިއެކު، ކޮތަޅުގެ އަގުން އިތުރަށް ނެގޭ ދެ ރުފިޔާ އެއީ ރައްޔިތުންނަށް ބުރައެއް ކަމަށް ބުނެ، ރައްޔިތުން އަންނަނީ އެކަން ހައްލުކުރަން އެދެމުން. އެދެމުން އައި ހިނދު ސަރުކާރުން އެ ކޮތަޅުން ނަގާ، އިތުރަށް ނަގާ ދެ ރުފިޔާ ކަނޑާލުމަށް ޓަކައި، މި ރައްޔިތުންގެ މަޖިލީހަށް އެބައޮތް ބިލެއް ފޮނުވާފައި. އެ ބިލުގެ މަސައްކަތް ހިނގިޔަ ނުދީ، ހިފަހައްޓާފައި އޮންނަނީ މި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން. އެކަން ހައްލު ކުރަން އެބަ ޖެހޭ. 

މުހައްމަދު ޝިފާއު

ޝިފާއު އިތުރަށް ވިދާޅުވީ ލަސްވަނީ ކޮތަޅުގެ މައްސަލަ އާއި ގުޅޭ ބިލު އެކަނި ނޫން ކަމަށާ، އޭގެ އިތުރުން ވެސް ސަރުކާރުން ފޮނުވާފައިވާ، ރައްޔިތުންނާއި ގުޅުންހުރި، އެތައް ބިލެއްގެ މަސައްކަތް ލަސްވެފައިވާ ކަމަށެވެ. 

މި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރައްވަމުން އެދަނީ މި ރައްޔިތުންގެ މަޖިލިސް ފަންކްޝަން ވިޔަ ނުދިނުމަށްޓަކައި. ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކުރިޔަ ނުދިނުމަށްޓަކައި. އެ މަސައްކަތް ރައްޔިތުން ބަލައެއް ނުގަނޭ. އަޅުގަނޑުމެން އެމްޑީޕީ މެޖޯރިޓީއެއް މަޖިލީހުގައި އޮވެގެން މިފަދަ ހުރިހާ ކަމެއް ހައްލުކުރަން މަސައްކަތް ކުރާނަން. 

މުހައްމަދު ޝިފާއު

އަޅުގަނޑުމެން ނުހަނު އިހްތިރާމާއި އެކު އެމްޑީޕީގެ ރައީސް އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަށް ދިނީ. އެހެން ނަމަވެސް، ރައްޔިތުންގެ ހައްގުތަކަށް ހުރަސްއަޅަން ފެށީމާ، ރައްޔިތުންގެ މަސްލަހަތަށް ހުރަސް އެޅީމާ، އަޅުގަނޑުމެންގެ ކެތްތެރިކަންވެސް ކޮޅުން ލާނެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަދަލުކުރާ ހިސާބަށް ވެސް ދާނެ. 

މުހައްމަދު ޝިފާއު

ޝިފާއު ވިދާޅުވީ، މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ މަސައްކަތަކީ ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށް، ރައްޔިތުންގެ ދަތިތަކަށް ލުއި ހޯދައި ދިނުން ކަމަށެވެ. އަދި ރިޔާސަތު ބަދަލުކޮށްގެން ނަމަވެސް، އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.