މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް-- ފޮޓޯ/ މަޖިލިސް
ހަބަރު
07 Jun 2023 | 09:36
ދަ ޑިމޮކްރެޓްސް އަށް ސޮއިކުރާ މެންބަރުންނަށް ބިރުދައްކާ ކަމަަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މަޖިލީހުގެ މެންބަރުން އިސްވެ އުފެއްދެވި 'ދަ ޑިމޮކްރެޓްސް' ޕާޓީއަށް ސޮއިކުރާ މެންބަރުންނަށް ސަރުކާރުން ބިރުދައްކާ ކަމަށްބުނެ، އެކަން ހުއްޓުވުމަށް އެދި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. 

މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅާފައިވާ މި މައްސަލާގައި ބުނީ 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް 1 ޖޫން 2023 ގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތުވަނީ ސަރުކާރުން ވަގަށް ހޯދައި، އެމައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީސްމީހުނަށް ގުޅައި ބިރުދައްކާން ފަށާފައިވާ ކަމަށެވެ. 

"ސަރުކާރުން އެކަން ހިންގަނީ ފުޅާ ދާއިރާއެއްގައެވެ. ސަރުކާރުގެ މިނިސްޓަރުންނާއ،ި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރީންނާއ،ި ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވަޑައިގަންނަވަނީ އެ މުޑުދާރު ޢަމަލު ހިންގަވަމުންނެވެ. އެގޮތުން ގުޅުއްވާ ފަރާތްތަކުގެ އަރިހުން ސާފު ކުރަމުން ގެންދަނީ، ގޯއްޗަށް ނުވަތަ ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވޭތޯ، ނުވަތަ ދަރިފުޅު ސްޓޫޑެންޓް ލޯނަށް ހުށަހަޅާފައިވޭތޯ ފަދަ ކަންކަމެވެ. ސަރުކާރުން ގުޅުއްވާ ބޭފުޅުން ޑިމޮކްރެޓްސް އަށް ސޮއިކުރައްވާފައިވާ ބޭފުޅުންނަށް އަންގަމުންދަނީ ސަރުކާރުގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނީގައި އޮތް ދަރިފުޅުގެ ވަޒީފާގައި އޭނާ ބަހައްޓާން ބޭނުންނަމަ 'ޑިމޮކްރެޓްސް' އަށް ކޮށްފައި އޮތް ސޮއި އަނބުރާ ނެގުމަށެވ.ެ އަދި ޑިމޮކްރެޓްސް އަށް ކޮށްފައި އޮތް ސޮއި އެއީ އޭނާ ކޮށްފައި އޮތް ސޮއެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަންގައި ބުނުމަށްވެސް ދަނީ އެ ފަރާތްތަކުން އަންގަމުންނެވެ." ސަރުކާރުން ބިރު ދެއްކުމަށް ކުރަމުންދާ ކަންކަން ފާހަގަކުރައްވައި ހަސަން ލަތީފް ގެ މައްސަލައިގައި ބުނެފައިވެއެވެ.

އެ މައްސަލާގައި އިތުރަށް ބުނީ، އެކަންކަމަކީ، އެމ.ްޑ.ީޕީ އުފެއްދި މަޤްޞަދުތަކާއި އެޕާޓީން ވަކާލާތު ކުރަމުން ދިޔަ ހަމަތަކާއި އުޞޫލުތަކާ ދިމާ އިދިކޮޅު އަމަލުތަކެއް ކަމަށާ، އެއީ އެމ.ްޑ.ީޕީ އުފެއްދުމަށް މަސައްކަތްކުރިއިރު، އެމްޑީޕީ އުފެދުނަ ނުދިނުމަށް އޭރު އޮތް ސަރުކާރުން އެޕާޓީ އުފެއްދުމުގެ މަސައްކަތް ކުރެއްވި ބޭބޭފުޅުންނާ ކުރިމަތި ކުރުވި ކަންކަން ކަމަށެވެ. އަދި އެކަންކަން ކުރުމުގައި މިހާރު އިސްވެ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކަމަށްވާތީ ލަދުވެތިވާ ކަމަށްވެސް ބުނެފައިވެއެވެ. 

މިއާއެކު ހަސަން ލަތީފް ވަނީ 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް ސޮއިކުރެއްވި މެންބަރުން ސާބިތުކަމާއެކު ދެމި ތިބުމަށާއި ބިރުފަހަނައަޅާ ދިޔުމަށް އެދިފައެވެ.

އަދި އެޕާޓީ އުފެއްދުމަށް ސޮއިކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން އެއްވެސް މިންވަރަކަށް ބިރު ނުދެއްކުމަށް ސަރުކާރަށް ގޮވާލާފައެވެ. 

މި މައްސަލަ އަށް ބަހުސް ކުރުމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވޯޓަށް އެއްސެވުމުން ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ ތެރެއިން 33 މެންބަރުން ވޯޓު ދެއްވީ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ. އަދި ފެންނަ ކަމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ. އެހެން ކަމުން މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.