ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ހަބަރު
07 Jun 2023 | 11:29
"ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރީ ރާއްޖޭގައި މިވަގުތު ތިބި ހިތްވަރުގަދަ ބަޠަލުން: އީވާ

"ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރީ ރާއްޖޭގައި މިވަގުތު ތިބި ހިތްވަރުގަދަ ބަޠަލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެއެެވެ.

އީވާ މިހެން ވިދާޅުވީ ޕީއެންސީ ގެ ފަރާތުން، އާދަމް ޝަރީފް ޢުމަރު މުދަލާއި ޚިދްމަތުގެ އަގު ބޮޑުވާތީ އެކަމާއި ގުޅިގެން ހުށަހެޅި ޤަރާރާށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްވަމުންނެވެ.

އީވާ ވިދާޅުވީ ސިޔާސީ ޕާޓިއެއް އުފައްދަން ބަޔަކު އުޅެންޏާ ސަރުކާރުން އެކަން ކޮންޓްރޯލް ކުރާ ކަމަށާއި، ބަޔަކު މިނިވަންކަމާއި އެކު ނޫސްވެރިކަމެއް ކުރާ ކަމަށް ވާނަމަ އެކަމެއް ސަރުކާރުން ކޮންޓްރޯލް ކުރާކަމަށާއި ވިޔަފާރި ވެރިޔަކު އަމިއްލައަށް ރީއްޗަށް މަސައްކަތް ކޮށްގެން ވިޔަފާރިއެއް ކުރަންޏާ އެކަމެއްވެސް ސަރުކާރުން ކޮންޓްރޯލް ކުރާ ކަމަށެވެ.

"އެހެންވީމަ ތަކެތީގެ އަގު ކޮންޓްރޯލް ނުކުރާށޭ ކިޔައިގެން މިތާކު ވާހަކަ ދެއްކުމުގެ ޖާގައެެއް އެމްޑީޕީ އަކަށް ނެތް" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ދަ ޑިމޮކްރެޓްސް ގެ ލިސްޓް އީސީ އަށް ހުށައެޅުމާއި އެކު އެ ލިސްޓު ރައީސް އޮފީހަށް ލިބިއްޖެ ކަމަށެވެ. އަދި އެއީ ސަރުކާރަށް އީސީ އިން ހޯދި އެއްޗެއް ނޫން ކަމަށް ބެލެވޭނެ އެެއްވެސް ގޮތެއް ނެތް ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ލިސްޓު ބަލައިގެން އޭގަ ސޮއިކޮށްފަ ތިބި މީހުންނަށް ސްޓްޑެންޓް ލޯނު ނުލިބޭނެ ކަމަށާއި، އޭނާގެ އެސްއެމްއީ ލޯނު ނުލިބޭނެ ކަމަށާއި، ސަރުކާރު ކުންފުނީގެ ވަޒީފާގައި ޕްރޮމޯޝަން ނުލިބޭނެ ކަމަށާއި، ދަރިފުޅު ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ ބިރު ދައްކަމުން ދާ ކަމަށެވެ.

"ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ދަ ޑިމޮކްރެޓްސް އުފައްދަން މިއުޅޭ 3600 އެއްހާ މީހުންނަކީ،  އެމްޑީޕީ ގަ ތިބި އެތައް ގިނަ ބަޔަކު ވެރިކަމުގެ ތެރޭގަ ތިބެފައި މިހާރު ތިވެރިކަން ކުރާ ގޮތް، ރައީސް ޞާލިޙްގެ ވައްކަމުގެ ޙާލި، ތިމަންނާމެނަށް ކަމަކު ނުދެއޭ ކިޔާފައި ނުކުތް، ދިވެހި ރާއްޖޭގައި މިވަގުތު ތިބި ހިތްވަރު ގަދަ ބަޠަލުން އެއީ" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އެމީހުންނަށް ބިރު ދައްކައިގެން އެމީހުންެގެ ސޮއިތައް އަނބުރާ ނުގެންދެވޭނެ ކަމަށެވެ.  އަދި އީސީ އަށް ހުށައެޅި ފޯމު ތަކަކީވެސް ސައްޙަ ފޯމް ތަކެެއް  ކަމަށާއި އެއީ ކެރިގެން އަނެއްކާވެސް ދިވެހި ރާއްޖެ ހަމަ މަގަށް އަޅުވަން ކެރިގެން ނުކުމެ ސޮއި ކޮށްގެން ތިބި ބައެއް ކަމަށަށެވެ.

މިއަދު ދަ ދިމޮކްރެޓްސްގެ ފަރާތުން ދަ ޑިމޮކްރެޓްސް އަށް ސޮއިކުރާ މެންބަރުންނަށް ބިރުދައްކާ ކަމަަށް ބުނެ މައްސައެއް މަޖިލިހަށް ވަނީ ހުށައަޅައިފައެވެ.

އެ މައްސަލަ އަށް ބަހުސް ކުރުމަށް މަޖިލީހުގެ ރިޔާސަތުން  ވޯޓަށް އެއްސެވުމުން ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ ތެރެއިން 33 މެންބަރުން ވޯޓު ދެއްވީ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ. އަދި ފެންނަ ކަމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ. އެހެން ކަމުން އެމައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.