މެމްބަރު ޝިފާއު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
07 Jun 2023 | 11:16
ކޮމެޓީތައް އެކުލަވާނުލާ އޮތީ ކޮތަޅު ބިލު އިސްލާހުކުރިޔަ ނުދޭން: ޝިފާއު

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 12 މެމްބަރުން އިސްތިއުފާދެއްވުމާއެކު، މަޖިލީހުގެ ކޮމެޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރަން ޖެހިފައިވާއިރު، އެކަން ނުކުރައްވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދިގު ދަންމަނީ ކޮތަޅު ބިލު އިސްލާހުކުރިޔަ ނުދީ ރައްޔިތުން ލައްވާ ސަރުކާރަށް އެއްޗެހި ކިޔުވުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝަފީއު ވިދާޅުވެއްޖެ އެވެ. 

ޝަފީއު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާއަށް ހުށައަޅާފައިވާ ތަކެތީގެ އަގުތައް ކޮންޓްރޯލުކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރަށް ބަހުސްކުރައްވަމުން ނެވެ. 

އެ ގަރާރަށް ބަހުސްކުރައްވަން ފައްޓަވަމުން ޝިފާއު ވިދާޅުވީ ތަކެތީގެ އަގުތައް އުފުލެމުންދާ މި ދަނޑިވަޅުގައި ރައްޔިތުންގެ ތަކުލީފުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކުރުން މުހިންމު ކަމަށެވެ. 

އެގޮތުން ސަރުކާރުން ވަނީ ސިވިލް ސާވިސް މުވައްޒަފުންނާއި، ޓީޗަރުންނާއި ނަރުހުންގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް ގެނެއްދީފައި ކަމަށާއި، މިއީ ތަކެތީގެ އަގުތައް އުފުލެމުންދާ މި ދަނޑިވަޅުގައި ސަރުކާރުން އުފުލި ބޮޑު ބުރައެއްކަމަށް އޭނާ ވިދާޅުވިއެވެ. 

އެއާއެކު ޝިފާއު ވިދާޅުވީ ރައްޔިތުންގެ ޖީބުތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ހުރަސްއަޅަމުންދާ ކަމަށެވެ. 

މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލާ ހުންނެވުމަކީ، ރައްޔިތުންގެ ހައްގުގައި ފާސްކުރަން ޖެހޭ މުހިންމު މަސައްކަތްތައް ކުރުމަށް އެޅިގެންދާ ވަރަށް ބޮޑު ހުރަހެއްކަމަށް ޝިފާއު ވިދާޅުވި އެވެ. 

"ކޮތަޅުގެ ދެ ރުފިޔާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މި ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވާފައި އެބޮތް. އެބިލުގެ މަސައްކަތް ހިނގިޔަ ނުދީ މިއަދުގެ ރިޔާސަތުން ކޮމެޓީތައް އެކުލަވާނުލާ ހިފަހައްޓާފައި އޮންނަ އޮތުން އަޅުގަނޑު ތަކުރާރުކޮށް ކުށްވެރިކުރަން"

އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު

ޝިފާއު ވިދާޅުވީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދާދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ރައްޔިތުންގެ މަޖިލީހަކީ އެކަމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރިޔާސަތުން އެކަމަށް ހުރަސްއަޅައިގެން ނުވާނެކަމަށް ޝިފާއު ވިދާޅުވި އެވެ. 

ޕްލާސްޓިކް ކޮތަޅު ބޮނޑި ޓެކްސް ނެގުން އިސްތިސްނާ ނުކޮށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، ކޮތަޅު ބޮނޑީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ. 

އެކަމާއި ގުޅިގެން ރައްޔިތުންގެ ޝަކުވާ އިތުރުވަމުން ދިއުމާއި ގުޅިގެން ސަރުކާރުން ވަނީ އަލުން އެ ބިލު އިސްލާހުކުރުމަށް ހުށައަޅާފައެވެ. 

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި އެ ބިލު ހުށައެޅި ނަމަވެސް ދައުރު ނިންމާލީ ބިލުގެ މަސައްކަތް ޕާކުކޮށްފައި ބާއްވާފައެވެ. އަދި މި ދައުރު ފެށިގެން 10 ވަނަ ޖަލްސާއާއި ހަމަޔަށް އައިސްފައިވާއިރު، މިހާތަނަށް އެ ބިލުގެ މަސައްކަތް ތާވަލުކޮށްފައެއް ވެސް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.