ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު-- ފޮޓޯ/ މަޖިލިސް
ހަބަރު
07 Jun 2023 | 10:20
ބޮޑު ކުރާ މުސާރައާއި އެކު ތަކެތީގެ އަގުވެސް ވަނީ ބޮޑު؛ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ނެތް: އާމިރު

ސަރުކާރުން ދާއިރާތަކުގެ މުސާރަތައް ބޮޑުކުރަމުންދާ އިރު، އެ ބޮޑު ކުރާ މުސާރައާއި އެކު މުދަލާއި ޚިދުމަތުގެ އަގުތައްވެސް ބޮޑުވަމުންދާ ކަމަށާ، އެހެންކަމުން ބޮޑު މުސާރައިން ރައްޔިތުންނަށް ލިބޭ އެއްވެސް ހިތްހަމަޖެހުމެއް ނޯންނަކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހަޅުއްވާފައިވާ، ރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން އާމިރު ވިދާޅުވީ ދިވެހިރާއްޖޭގެ އިންފްލޭޝަން ރޭޓް އެއްދުވަހުން އަނެއް ދުވަހަށް އިންތިހާއަށް މައްޗަށްދާ ކަމަށެވެ. އަދި އެކިއެކި ސިޔާސީ ބޭނުމަށްޓަކައި މުސާރަތައް ބޮޑުކުރާ ބޮޑުކުރުމަކުން ރައްޔިތުންނަށް އުފަލެއް ނުލިބޭ ކަމަށެވެ.

އެކިއެކި ސިޔާސީ ބޭނުމަށްޓަކައި މުސާރަތައް ކިތަންމެ ބޮޑު ކުރިޔަސް، ބޮޑު ކޮށްލާ މުސާރައަށްވުރެ މާ ބޮޑަށް ތަކެތީގެ އަގު ބޮޑުވޭ. ޚިދުމަތުގެ އަގު ބޮޑުވެގެންދޭ. އެހެންވީމާ އެ މުސާރަ ބޮޑުކުރާ ކުރުމަކުންނެއް ލިބޭ ހަގީގީ ހިތްހަމަޖެހުމެއް ނެތް. ހަގީގަތަކީ މިއީ. 

މެންބަރު އަހުމަދު އާމިރު

އާމިރު ވިދާޅުވީ ހެޔޮ ވެރިކަމެއް ކުރުމަކީ ތަކެތީގެ އަގު އެއްދުވަހުން އަނެއް ދުވަހަށް ކުޑަވާނެ ނިޒާމެއްގެ ތެރެއަށް ދިޔުން ކަމަށެވެ. އެފަދައިން ކަން ކޮށްފިނަމަ ރައްޔިތުންގެ ޖީބުގައި ރައްކާ ކުރާނެ ފައިސާ އިތުރުވެ އެ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭނެ ކަމަށްވެސް އާމިރު ވިދާޅުވި އެވެ. 

އެކަމަކު މިއަދު އަޅުގަނޑުމެންނަށް ހަމަ ޔަގީނުންވެސް އެނގޭ އެއްޗަކީ ތަކެތީގެ އިންތިހާއަށް. މި ރަމަޟާން މަހު، އަޅުގަނޑަކީ ކޮންމެ ދުވަހަކު ބާޒާރަށް ދިޔަ މީހެއް. ނިމިދިޔަ ރަމަޟާން މަހު. ބައެއް ބޭފުޅުން ރޯދަ ނުހިފާތީ ރަމަޟާން މަސް ނޭނގިދާނެ. އެހެންވީމާ، ނިމިދިޔަ ރަމަޟާން މަހަކީ ހަމަ ގައިމުވެސް، ތަކެތީގެ އަގު ބޮޑުވެފައިވާ މިންވަރު، ހަމަ ބާޒާރަށް ވަޑައިގެންނެވު ކޮންމެ ބޭފުޅަކަށްވެސް އެނގޭނެ. 

މެންބަރު އަހުމަދު އާމިރު

އެހެންކަމުން، ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ، ދަތިތަކަށް ލުއި ހޯދައި ދިނުމަށް އެދި މަޖިލީހަށް ހުށަހެޅުމުން، އެކަމާއި ނުރުހުން ފާޅުކޮށް ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވާހަކަދައްކަވަންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއާއެކު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުބޮޑުވާތީ ރާއްޖޭގައި މުދަލުގެ އަގު އުފުލެނީކަމަށް ވިދާޅުވެ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ދައްކަވާ ވާހަކަފުޅަށް ރައްދުދެއްވައި އާމިރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބޮޑުވެގެން ރައްޔިތުންނަށް މަސްވެރިކަމުން ލިބޭ އާމްދަނީ ބޮޑުވެ އޭގެ ބޮޑު މަންފާ ރައްޔިތުންނަށް ލިބޭ ތަނެއް ދުވަހަކުވެސް ނުފެންނަ ކަމަށެވެ.

އާމިރު ވިދާޅުވީ ތަކެތީގެ އަގުބޮޑުވާތީ ޝަކުވާކުރުމުން ޖެހިގެން އަންނަ ދުވަހު މުސާރަތައް ބޮޑުކުރުމުން އަނެއްކާ ޖެހިގެން އަންނަ ދުވަހު އިތުރަށް ތަކެތީގެ އަގު އުފުލޭ ކަމަށެވެ. އެހެންކަމުން މުދަލާއި ޚިދުމަތުގެ އަގު ކުޑަވާނެ ނިޒާމަކަށް ސަރުކާރުން މަސައްކަތްކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ. 

ކޮމެންޓް
އާދަނު123
ރިސޯޓްތަކުގެ މުއަޒަފުން ވަގު ބާޒާރުގާ ބޮޑު އަގުގަ ޑޮލަރު ވިއްކީމާ ވިޔާފާރިވެރިން އެގަނެގެން ތަކެތި އަގުބޮޑު މިވަނީ، ރީސޯޓްތަކުން ދިވެހި ރުފިޔާއިން މުސާރަ ދީފަ ޑޮލަރު މަރުކަޒީ ބެންކަށް ނަގާފަ ވިޔަފާރި ވެރިންނަށް ދޫކޮށްބަލަ
07 Jun 2023
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.