ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދައަށް އެދެން ފޯމް--ފޮޓޯ/ ވޮއިސް
ހަބަރު
07 Jun 2023 | 00:01
"ދަ ޑިމޮކްރެޓްސް"ގެ ފޯމުތަކުގެ މައުލޫމާތު ލީކްކޮށްފައެއް ނުވާނެ: އީސީ

"ދަ ޑިމޮކްރެޓްސް"އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތު ލީކްކޮށްފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

'ދަ ޑިމޮކްރެޓްސް' ޕާޓީއަށް ސޮއިކުރި މީހުންގެ ލިސްޓު އީސީގެ ތެރެއިން ލީކްވި ކަމަށް އެ ޕާޓީން ވަނީ ތުހުމަތު ކޮށްފައެވެ. 

އެކަމާ ގުޅިގެން އީސީން ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ އެއްވެސް ކަމެއް އެ ކޮމިޝަންގެ ތެރޭގައި ހިނގާފައި ނުވާ ކަމަށާއި އެފަދަ އެއްވެސް އަމަލެއް އެ ކޮމިޝަންގެ އެއްވެސް މުވައްޒަފަކު ހިންގާފައި ނުވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބަށް އެ ކޮމިޝަނުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ކޮމިޝަނާއި ކޮމިޝަންގެ މެމްބަރުންނަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލޭގޮތަށް އެއްވެސް ވާހަކައެއް ނުފެތުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ދަ ޑިމޮކްރެޓްސް އިން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވަނީ ދަ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައިވާ މެމްބަރުންގެ ލިސްޓެއް އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ލީކުވެފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. 

އަދި އެއީ ދަ ޑިމޮކްރަޓްސް އުފެއްދުމާއި ދެކޮޅަށް މި ސަރުކާރުގައި ތިއްބެވި ބޭފުޅުން އިންތިޒާމްވެގެން ކުރަމުން އަންނަކަމެއްކަން ލިބިފައިވާ މައުލޫމާތުތަކުން ހާމަވާކަމަށާއި ސަރުކާރުގެ އިސް އޮފިޝަލުންއިން ފެށިގެން އާދައިގެ ގިންތީގައި ތިއްބެވި ސިޔާސީ މުވައްޒަފުންނާއި ހިސާބުގައި މި ލިސްޓުތައް ގެންގުޅޭކަމަށް ޝިފާޒް ތުހުމަތުކުރެއްވިއެވެ.

އަދި އެ ލިސްޓު އާންމުވުމާ އެކު، ލިސްޓުގައި ތިބި މީހުންނަށް ވަކިވަކިން ގުޅައި ސަރުކާރުގެ ބޭފުޅުން ބިރުދައްކަން ފަށާފައިވާ ކަމަށްވެސް ޝިފާޒު ވަނީ ތުހުމަތު ކުރައްވާފަ އެވެ. 

"ކޮމިޝަނުން ފޯމުތައް ވެރިފައި ކުރުމަށް މެސެޖް ކުރުމުން "ތިއީ ތިމަންނާއަށް ނޭނގި ލާފައިވާ ފޯމެއް" ކަމަށް ބުނަން ވެސް ސަރުކާރުގެ ބޭފުޅުން ބާރު އަޅަމުން އެބަދޭ." ޝިފާޒު ވިދާޅުވިއެވެ. 

މީގެ އިތުރުން ދަ ޑިމޮކްރަސްޓްއިން އީސީއަށް ފޯމްތައް ހުށައެޅިއިރު ހިމަނާފައިނުވާ މައުލޫމާތުވެސް އެ ލިސްޓުގައި އެކި ގޮތް ގޮތުން ހޯދައިގެން އެބަހުރިކަން ފާހަގަކުރައްވައި ޝިފާޒު ވަނީ އެއީ އީސީގެ ތެރެއިން ކޮށްފައިވާކަމެއްކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. 

"ފޯމު ފުރާއިރަކު ހަމަ ގާމުވެސް އަޅުގަނޑުމެންނަކަށް ނޭނގޭނެ، ފޯމް ފުރާފައި އިން ބޭފުޅާ އެއީ މިހާރު ކޮން ޕާޓީއެއްގައި އުޅޭ ބޭފުޅެއްކަމެއް ނޭނގޭނެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނަށް މުޅި ލިސްޓު ބެލީމަ، އިނގޭނެ މިހާރު ޕާޓީއެއްގަ އިނިއްޔާވެސް ނެތިއްޔާވެސް. މި ހުރިހާ މައުލޫމާތަކާއިއެކީގައި އެވަނީ އެ ލިސްޓު އާންމުވެފައި." ޝިފާޒް ވިދާޅުވިއެވެ.

މިއީ ކިހިނެއް ހިނގިކަމެއްތޯ ބެލުމަށްޓަކައި އީސީއަށް ހުށައަޅާފައިވާނެކަމަށާއި، އަދި އެކަން ތަހުގީގުކޮށްދިނުމަށް ފުލުހުގެ މުއައްސަސާއިވެސް އެދިފައިވާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ