06 Jun 2023
"މަރުފަލިޖަހައިގެން މަޖިލިސް ހޮވުމުން އެމްޑީޕީން ނަޝީދު ގަންހިންގަނީ"
މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަރުފަލިޖަހައިގެން މަޖިލިސް ހޮވުމުން އެމްޑީޕީން ނަޝީދު ކަރުގައި ވާޖަހައިގެން ގަންހިންގަނީ ކަމަށް ރައީސް ޔާމީންގެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
06 Jun 2023
"ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ސޮއި ނުލިބޭނެ"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ މިންވަރަށް މެންބަރުންގެ ސޮއި ނުލިބޭނެ ކަމަށް އެމަނިކުފާނަށް ވަފާތެރި މެންބަރުން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.
06 Jun 2023
ކަނޑު އޮތްގިރި ބަނދަރު ތަރައްގީ ކުރުމުގެ 1/2 މަސައްކަތް ނިމިއްޖެ
ކ. ކަނޑު އޮތްގިރި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 59 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރަމުންދާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ.
06 Jun 2023
ރައީސް ނަޝީދު މެމްބަރު ނިޔާޒަށް އިންޒާރުދެއްވާ ވީޑިއޯއެއް އާންމުވެއްޖެ
ރައްޔިތުން މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒަށް އިންޒާރުދީ ބިރުދައްކާ ކަމަށް ބުނެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވީޑިއޯއެއް އާންމުކޮށްފިއެވެ.
06 Jun 2023
ރައީސްގެ ސިޓީފުޅު މަޖިލީހަށް ފޮނުވަން އެދޭނަން: އަސްލަމް
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިިޓީ، (241 ކޮމިޓީ)ގެ މުގައްރިރުކަން އަލުން ލިބިއްޖެނަމަ، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖޭން ބަލައިގަންނަކަން ބަޔާންކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅު ހޯދަން ރައީސް އޮފީހަށް ހުށަހަޅާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރުކަން މިހާތަނަށްވެސް ކުރައްވަމުން އައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
06 Jun 2023
"ރައީސް ޞާލިހުގެ އާއިލާ ލައްވާ މަޖިލިސް ކޮންޓްރޯލް ކުރަން އުޅޭ"
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޅިޔަނު، އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި، އެމަނިކުފާނުގެ ކޮއްކޯފުޅު، އަދި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ލައްވާ މަޖިލިސް ކޮންޓްރޯލް ކުރުވަން އުޅޭ ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ތުހުމަތު ކުރައްވައިފިއެވެ.
06 Jun 2023
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 5 މެންބަރުން ވޯޓެއްނުލާ!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން ނެގި ވޯޓުގައި، އެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ 5 މެންބަރުން ވޯޓު ނުލާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.
06 Jun 2023
ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން އެމްޑީޕީ ޕީޖީން ނިންމައިފި
މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމަށް މަޖިލީހުގެ މެޖޯރިޓީ، އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.