އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
06 Jun 2023 | 14:05
ރައީސް ޞާލިހުގެ ކޮއްކޯފުޅާއި ޅިޔަނު ލައްވާ މަޖިލިސް ކޮންޓްރޯލް ކުރުވަން އުޅޭ ކަމުގެ ތުހުމަތު

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޅިޔަނު، އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި، އެމަނިކުފާނުގެ ކޮއްކޯފުޅު، އަދި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ލައްވާ މަޖިލިސް ކޮންޓްރޯލް ކުރުވަން އުޅޭ ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ތުހުމަތު ކުރައްވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله ގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިހާރުވެސް އެމްޑީޕީ ޕީޖީ ގުރޫޕުން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އަދި އޭނާ ވަކިކުރަން ވޯޓު ދިނުމަށް ތްރީލައިން ވިޕެއްވެސް އެމްޑީޕީ ޕީޖީން ވަނީ ނެރެފައެވެ. 

މިއާއެކު، މިއަދު އެޕާޓީގެ ޕީޖީން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އަދި އެ މައްސަލަ ހުށަހަޅަން ނިންމެވީ ވަރަށް ކެތް ކުރުމަށް ފަހުގައި ކަމަށާ، އެކަން ކުރައްވަން ޖެހުނީ، ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދަށްވެސް ރައީސް ނަޝީދު ހުރުމަތްތެރިކޮށް ނުހިއްތަވާތީ ކަމަށް އެމްޑީޕީ ޕީޖީ ލީޑަރު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. 

މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްވެސް މަގާމުން ވަކިކުރަން އެމްޑީޕީ ޕީޖީން ނިންމާފައިވާއިރު، އެ މަގާމަށް ދެން ގެންނާނެ ބޭފުޅަކާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ. އެކަމާއި ގުޅިގެން މިއަދުގެ ޕާލަމެންޓްރީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ސުވާލުކޮށްފައިވާއިރު, އޭގެ ޖަވާބެއް އަސްލަމް ހާމަ ކުރައްވާފައެއް ނުވެއެވެ. 

މިފަދަ ދަނޑިވަޅެއްގައި އެ ކަންކަމާއި ގުޅުވައި ވައްޑޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ޞާލިހުގެ ޢާއިލާ ބޭފުޅުން ލައްވައި މަޖިލިސް ކޮންޓްރޯލް ކުރައްވަން އުޅޭ ކަމަށް ތުހުމަތު ކުރައްވާފައެވެ. 

އެގޮތުން ވަހީދު ވަނީ ރައްޔިތުންގެ މަޖިލީސް ރައީސް ޞާލިހުގެ ޅިޔަނާއި ކޮއްކޯފުޅު ލައްވައި އޮބަހައްޓައި، ކޮންޓްރޯލު ކުރުވުމަކީ އަލުން އަނބުރާ 90 ގެ ތެރެއަށް ދިޔުން ކަމަށް ސިފަ ކުރައްވާފައެވެ. 

ކޮމެންޓް
ބޭބެ
ދެން ލަލަލަ
06 Jun 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.