ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން/ ފޮޓޯ: ޕީޕީއެމް
ހަބަރު
06 Jun 2023 | 20:26
އާރަށުގެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުން މާދަމާ 2 ޖަހާއިރަށް ތާވަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވާފައިވާ މައްސަލަ މާދަމާ މެންދުރު ފަހު ދޭއް ޖަހާއިރު ހައިކޯޓުގައި އޮންނާނެ ކަމަށާއި މި މައްސަލަ ޔޫޓިއުބުން ލައިވްކޮށް ފޮނުވާނެ ކަމަށް ކޯޓުން ބުނެފިއެވެ.

ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކުރި 11 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާއަށެވެ.

އާރަށު މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް ކުރި ހުކުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށައެޅި އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފައިވަނީ އޭޕްރިލް މަހުގެ 4 ގައެވެ. 

އެ މައްސަލަ ބަލައިގަތުމަށްފަހު އަޑުއެހުންތައް ނުބާއްވާ ދިގުލައިގެން ދާތީ އިދިކޮޅު ކޯލިޝަނުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. އަދި އެ މައްސަލަ އޮތް ހިސާބެއް ބެލުމަށް، އެ ކޯލިޝަނުންގެ ލީޑަރުން އެކި ފަހަރުމަތިން ވަނީ ހައި ކޯޓަށް ވަޑައިގެން ވަޑައިގަންނަވާފަ އެވެ. 

މިއަދުވެސް އިދިކޮޅު ކޯލިޝަންގެ ލީޑަރުން ކޯޓަށް ވަޑައިގަންނަވާފައިވާއިރު، އެފަހުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ އާރަށުގެ މައްސަލައިގެ އިސްތިއުނާފު އަންނަ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ހައިކޯޓުން މައުލޫމާތު ދީފައިވާ ކަމަށެވެ. 

އެފަހުން ހައިކޯޓުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އެ ކޯޓުން ބުނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައިވާ އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ތާވަލުކުރެވިފައިވާ ކަމަށެވެ. 

އާރަށު މައްސަލައިގެ އިސްތިއުނާފު ބުދަ ދުވަހަށް ތާވަލުކުރެވިފައިވާއިރު، މިހާރު އެމަނިކުފާނު ގެންދަވަނީ އެ މައްސަލައާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ނެވެ. 

މި މައްސަލަ އެމަނިކުފާނާއި އެއްކޮޅަށް ނިމިއްޖެކަމަށް ވާނަމަ، ޖަލުން މިނިވަންވެ ވަޑައިގެން ސިޔާސީ މަސައްކަތާއި ގުޅިވަޑައިގެންނެވޭނެ އެވެ. އަދި އެއީ ރިޔާސީ އިންތިޚާބަށް ތައްޔާރުވެ، ކެމްޕޭނު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެމަނިކުފާނަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތަކަށް ވެގެންދާނެ އެވެ. 

އާރަށު މައްސަލައިގައި ރައީސް ޔާމިނުގެ މައްޗަށް ކޮށްފައިވަނީ ނުހައްގު ހުކުމެއް ކަމަށާއި، ހައި ކޯޓު މަރުހަލާއިން ރައީސް ޔާމިން މިނިވަންވެ ވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް