މިއަދު ކުރިއަށް ދިޔަ އެމްޑީޕީ ޕީޖީ ގުރޫޕުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ މަޖިލިސް
ހަބަރު
06 Jun 2023 | 13:35
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ 5 މެންބަރުން ވޯޓެއްނުލާ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން ނެގި ވޯޓުގައި، އެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ 5 މެންބަރުން ވޯޓު ނުލާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ. 

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް މިއަދު އެމްޑީޕީ ޕީޖީގެ ބައްދަލުވުމެއްގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި ބައިވެރިވި 42 މެމްބަރުންގެ ތެރެއިން 36 މެމްބަރުން ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް އެއްބަސްވެފައިކަން އަސްލަމް ފާހަގަކުރެއްވި އެވެ. އަދި އެކަމަށް ވޯޓު ނުދެއްވަނީ ފަސް މެންބަރުން ކަމަށާ، އެހެން ނަމަވެސް އެ މެންބަރުން ނަން ހާމަ ކުރެވެން ނެތް ކަމަށް އެނާ ވިދާޅުވި އެވެ. 

އަސްލަމްގެ އެ ވާހަކަ އާއި ގުޅުވައި ނޫސްވެރިއަކު ވަނީ އެ މެންބަރުންނާއި މެދު އެއްވެސް ފިޔަވަޅެއް އަޅުއްވާނެތޯ ސުވާލުކޮށްފައެވެ. 

އެ ސުވާލުގެ ޖަވާބުގައި އަސްލަމްވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕުން ކަންކަން ކުރައްވަމުން ދަނީ މިނިވަންކަމާއި އެކުގައި ކަމަށާ، މެންބަރުންނަށް އަމިއްލަ އިޚްތިޔާރު ދެވިފައިވާ ކަމަށެވެ. އަދި ވޯޓު ނުދެއްވާ މެންބަރުންވެސް މައްސަލަ ހުށަހަޅާ ފޯމުގައި ސޮއި ކުރެއްވުމަށް ދެކޮޅު ނުހައްދަވާ ކަމަށާ، އެކަން ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. 

"ފިޔަވަޅު އެޅުމުގެ މަރުހަލާގައެއްވެސް ނޫން، ހަމަ ވަރަށް މިނިވަންކޮށް އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގުރޫޕުގައި، މެންބަރުންނަށް އަމަލު ކުރުމުގެ ހައްގާއި، ޖާގަ ލިބިގެންދޭ. އެ ބޭފުޅުންވެސް ( ވޯޓު ނުދޭ 5 މެންބަރުން) އެކަން ކުރިއަށް ނުގެންދަވާކަށް ނޫން، އެހެން ނަމަވެސް، އަޅުގަނޑުމެންގެ މަޝްރަހާއި، އަދި އެހެނިހެން މަރުހަލާ ތަކުގެ ވާހަކަ އެބޭފުޅުން ދެއްކެވީ. އެހެންވީމާ އެ މަރުހަލާތައް. މަޝްވަރާ އިތުރަށް ކުރެއްވުމަށާ، އަދި އަޅުގަނޑުމެންގެ ބައެއް ހަމަތަކާއި ގުޅޭ ގޮތުން އެބޭފުޅުން ލަފާ ދެއްވީ. އެއްވެސް ގޮތެއްގައި އެއްވެސް ބޭފުޅެއް އެއީ ( ރައީސް ނަޝީދު ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުން) ކުރައްވަން ފެނިވަޑައި ނުގަންނަވާ ކަމެއްގެ ގޮތުގައި، ނުވަތަ އެއިން އެއްވެސް ބޭފުޅަކު ސޮއި ކުރައްވަން ޗެލެންޖް ކުރެއްވި ތަނެއް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައެއް ނުވޭ. އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ ހަމަ ނިމުމުން ހުރިހާ ބޭފުޅުންވެސް ސޮއި ކުރައްވާނެ ކަމަށްވެސް ވިދާޅުވި."

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް 

އަސްލަމް ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން 50 އަށްވުރެ ގިނަ މެންބަރުންގެ ސޮއި ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށާ، އަދި އެ މައްސަލަ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަންވެސް އޮތް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ