"މަގޭ ހައްޖު" ކޭމްޕްގެ ޕޯސްޓަރ --
ހަބަރު
07 Jun 2023 | 06:04
“މަގޭ ޙައްޖު”ގެ ނަމުގައި ޕީސް ފައުންޑޭޝަނުން ކޭމްޕެއް ބާއްވަނީ

މި ހަފްތާބަންދުގައި ޙައްޖަށް ހޭލުންތެރިކުރުމުގެ ކޭމްޕް އެއް ބާއްވަން ޕީސް ފައުންޑޭޝަނުން އިއުލާންކޮށްފިއެވެ.

ޕީސް ފައުންޑޭޝަން އިން ބުނީ، މި ކޭމްޕުގައި، ޙައްޖުގެ އަޅުކަމާއި އަދި ޢުމްރާގެ އަޅުކަން އަދާކުރާނެ ގޮތް ކިޔައިދޭނެ ކަމަށެވެ. މީގެ އިތުރުން ޙައްޖަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭނެ ކަންކަމާއި، ޙައްޖު ދަތުރު ފެށިގެން ނިމެންދެން މީހާގެ ޢަމަލުތައް ބަހައްޓަންޖެހޭ ގޮތާއި ދަތުރުގެ އަދަބުތަކާއި އަދި މިނޫންވެސް ޙައްޖާއި ގުޅުންހުރި މަޢުލޫމާތު ކިޔައިދޭނެ ކަމަށް ބުނެފައިވެއެވެ.

މި ކޭމްޕުގެ ސެޝަންތައް ކުރިޔަށް ގެންދަވާނީ ޝައިޚް ނިމާލް މުޙައްމަދާއި، ޝައިޚް ޝުޢައިބު ނާޡިމާއި ޝައިޚް ޖަޢުފަރު މުޙައްމަދެވެ.

އެ ޖަމިއްޔާ އިން އިތުރަށް ބުނީ، މިއީ މި އަހަރު ޙައްޖަށް ދިޔުމުގެ ފުރުޞަތު ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ކޭމްޕެއް ކަމުގައި ވިޔަސް، މި އަހަރު މި ފުރުޞަތު ލިބިފައިވާ ނުވާ ފަރާތްތަކަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ކޭމްޕް ކުރިޔަށް ދާނީ މި މަހުގެ 9 އަދި 10 ވަނަ ދުވަހުގައި، ޝީ ބިލްޑިންގ ގެ 3 ވަނަ ފަންގިފިލާގައި ކަމަށާ، ކޭމްޕުގައި ޖުމްލަ 3 ސެޝަނެއް ކުރިއަށް ދާނެ ކަމަށް ޕީސް ފައުންޑޭޝަން އިން މައުލޫމާތު ދެއެވެ.

ސެޝަންތައް ކުރިއަށް ދާނެ ގަޑިތަކަކީ؛

9  ޖޫން: 20:00 އިން 22:00 އަށް

10 ޖޫން: 16:00 އިން 18:00 އަށް، އަދި 20:00 އިން 22:00 އަށް.

މި ކޭމްޕުގައި ބައިވެރިވުމަށްޓަކައި ގޫގަލް ފޯމު ފުރުމަށް ޕީސް ފައުންޑޭޝަނުން އެދެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9552949 އަށް ގުޅުއްވާލުމަށްވެސް އެދިފައިވެއެވެ. 

https://forms.gle/N4mqdQMvgn7gVCSe6

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.