މީކާއިލް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
06 Jun 2023 | 05:32
އަސްލު މައްސަލަ ފޯޅަވަހި ކޯލިޝަނަށް ވެސް ނޭނގޭ، އެކި މީހުން ކިޔަނީ އެކި އެތި: މީކާއިލް

ރާއްޖޭގެ ދެކުނުން އޮންނަ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ސަރުކާރުން ވިއްކާލާފައިވާކަމަށް ބުނެ ގެއްލުނު ބައި ހޯދުމަށް ގިނަ ސިޔާސީ ޕާޓީތަކާއި ކުރީގެ ބަންޑާރަނައިބުން ގުޅިގެން އެކުލަވާލާފައިވާ ފޯޅަވަހި ކޯލިޝަނަށް ވެސް އަސްލު މައްސަލައަކީ ކޮބައިކަން އޮޅިވަޑައިގެންފައިވާ ކަމަށާއި، މި މައްސަލައިގައި އެ ބޭފުޅުންނަށް ވެސް އެއްގަލަކަށް ނޭރޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. 

ފޯޅަވަހި މައްސަލައާއި ގުޅިގެން ހުށައަޅާފައިވާ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާ ބަހުސްކުރެވިފައިވާއިރު، އެ ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އިޚްލާސްތެރި ނިޔަތެއްގައި ވަޒީރު ޖަވާބުދާރީ ކުރުވުމަށް ހުށައަޅާފައިވާ މައްސަލައެއްކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. 

އެގޮތުން ފޯޅަވަހި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ކުށްވެރިކޮށް، އެކަމާއި ދެކޮޅަށް އުފައްދާފައިވާ ކޯލިޝަނުގައި ތިއްބެވި ބޭފުޅުންނަށް ވެސް އަސްލު މައްސަލައަކީ ކޮބައިކަން އޮތީ އޮޅިވަޑައިގެންފައި ކަމަށާއި، އެ ބޭފުޅުންނަށް ވެސް އަސްލު މައްސަލައާއި މެދު އެއްބަސް ނުވެވޭކަން ދައްކަވަމުންދާ ވާހަކައިން ފާހަގަކުރެއްވޭކަމަށް މީކާއިލް ވިދާޅުވި އެވެ. 

ކަނޑު ވިއްކާލުމާއި ދެކޮޅު ކޯލިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން 

"ފޯޅަވަހި ކޯލިޝަނުން ހުށައަޅާ މި ފޯޅަވަހި މައްސަލައިގައި، ޕްރެސް ކޮންފަރެންސް ދެއްވާއިރުގައި އެއްބޭފުޅަކު މި ވިދާޅުވަނީ ޗާގޯސްއަކީ ރާއްޖޭގެ ބަޔެކޭ. ތިމަންނާމެން އެތަން ހިފާނަމޭ. އެބޭފުޅާއާއި ޖެހިގެން އިންނަވާ އަނެއް ބޭފުޅާ، ހަމަ ގާނޫނީ ފުންނާބު އުސް ބޭފުޅުން.. ވަރު ވަރުގެ ބޭފުޅުން، މި ވިދާޅުވަނީ ނޫނެކޭ ޗާގޯސްއަކީ ރާއްޖޭގެ ބައެއް ނޫނޭ، ޖެހިގެން މި އުޅެނީ ކަނޑުގެ މައްސަލައެކޭ. އިމުގެ މައްސަލައެކޭ! ހަމަ އެ ޕްރެސްކޮންފަރެންސްގައި އިންނަވާ އެއް ބަންޑާރަނައިބު އެބަ ވިދާޅުވޭ އަސްލު މައްސަލަ ފެށުނު ހިސާބަކީ އިއްޒަތްތެރި ރައީސްގެ ވެރިކަމުގައި އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި ސްޓޭންޑު ބަދަލުކުރި ހިސާބުންނޭ. އެ ބަންޑާރަ ނައިބާއި ޖެހިގެން ކަނާތައް އިންނަވާ ފިކުރެއްގެ ދިރުމުގެ ބޭފުޅާ އެބަ ވިދާޅުވޭ ނޫނެކޭ، އެކަން ކުރީ މި ސަރުކާރުންނޭ.. އިއްޒަތްތެރި ރައީސް! ކޮބާތޯ އަސްލު މައްސަލައަކީ؟ "

މެމްބަރު މީކާއިލް ނަސީމު 

މީކާއިލް ވިދާޅުވީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބެވުމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ކުރަން ޖެހޭ ކަމެއްކަމަށެވެ. 

އެހެން ނަމަވެސް މިއަދު ފެނިގެން މިދަނީ އެ ޒިންމާ ނެންގެވުމުގެ ބަދަލުގައި މުޅިން އެހެން ނިޔަތެއްގައި މަސައްކަތް ކުރައްވަމުންދާ މަންޒަރުތައް ކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެއާއެކު މީކާއިލް ވިދާޅުވީ ބަންޑާރަ ނައިބަށް ފުރިހަމައަށް އިތުބާރު ކުރައްވާކަމަށާއި، ބަންޑާރަ ނައިބު ރިއްފަތަކީ ދައުލަތަށް ޚިޔާނާތްތެރިވާނެ ބޭފުޅެއް ނޫންކަމަށް މީގެ ކުރިން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. 

އެހެންކަމުން، ނަޝީދު އެފަދައިން ވިދާޅުވެފައިވާތީ، އެ ޔަގީންކަމުގެ މައްޗަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތަށް ފުރިހަމައަށް އިތުބާރު ކުރައްވާކަމަށް މީކާއިލް ވިދާޅުވި އެވެ. 

ކޮމެންޓް
އެހެންދޯ
ދެން ކަލޭމެން އެކައްޗެކޭ ކިޔަގެން ތިބޭ
06 Jun 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.