ރައީސް މުހައްމަދު ނަޝީދު އާއި އަލީ ޢާޒިމް-- ފޮޓޯ/ އަވަސް
ހަބަރު
05 Jun 2023 | 17:06
މަޖްލިސް ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީން 'ފުންކޮށް ވިސްނަނީ'

ރައްޔިތުންގެ މަޖްލީހުގެ ރައީސްކަމުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން 'ފުންކޮށް ވިސްނާ' ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله ޝަފީގު (މޯޑު) ވިދާޅުވީ މިއަދު މަޖިލީހުގައި ހިނގާދިޔަ ކަންކަަށް ބަލާއިރު، ރިޔާސަތާއި އިދިކޮޅު ފަރާތްތައް ގުޅިގެން ކަންކަން ކުރިއަށް ގެންދިޔަކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެ މެމްބަރަކު ބޭނުންފުޅުވާ ހިޔާލެއް ފާޅުކުރެއްވުމަށް ރިޔާސަތުން ފުރުސަތު ދެއްވިއިރު އިދިކޮޅު ފަރާތްތަކަށް ތަނަވަސް ފުރުސަތެއް ދެއްވައި އެމްޑީޕީއަށް ފުރުސަތު ހަނިކުރިކަމަށް މޯޑު ވިދާޅުވިއެވެ.

ނަމަވެސް މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީއިން މިހާތަނަށް ނިންމާފައި ނުވާކަމަށް މޯޑު ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ރިޔާސަތުގަ އެ އިންނެވީ އަޅުގަނޑުމެން ޕާޓީގެވެސް ރައީސް. އެހެންވީމަ އަދި ދިމާވާ މައްސަލަތަކެއް ތަކުރާރު ވަމުންދާއިރު ޓަސްލާފަ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްދާނެ، ނޫންނަމަ ނުވައްދަފާނެ. އެހެން ނަމަވެސް މިގޮތަށް މިކަން ތަކުރާރުވަމުން ދާތީވެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ ފަރާތުން އަޅުގަނޑަށް އެނގިފައޮތީ އެކަމާމެދު ފުންކޮށް ވިސްނަމުން ގެންދަވާކަމަށް. އެހެން ނަމަވެސް އަދި އަޅުގަނޑުމެން އެކަން ކުރަންވާ ވަގުތު ނުޖެހޭތީވެ އެ މަސައްކަތް ކުރެވެމުން ނުދަނީ" މުހައްމަދު އަބްދުالله ޝަފީޤް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރުމަށް އަދި ގޮތެއް ނުނިންމާ ސަބަބަކީ ނަޝީދަކީ އެމްޑީޕީގެ ރައީސްއަށް ވުން ކަމަށެވެ. ނަމަވެސް އެކަމާ އެމްޑީޕީގެ ޕީޖީ ގްރޫޕުން ވިސްނަމުންދާކަމަށް މޯޑު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައިގެން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ވަނީ އުފައްދަވާފައެވެ. ނަމަވެސް އަދިވެސް ނަޝީދު ހުންނެވީ އެމްޑީޕީ މެމްބަރެއްގެ ގޮތުގައެވެ.

ކޮމެންޓް
އައިމިނަ
އަވަހަށް ވަކިކުރޭ! ޕާރޓީއިން ވެސް ވަކިކުރޭ! ހަމަ ބިމަށް ތިރިކުރޭ! އުސްގޮނޑިއެއްގައި ނުބައިންދާ ތިރީ ގޮނޑިއަކަށް ބާލުވަންވެއްޖެތާ ކިތަންމެ ދުވަހެއް! މުޅި ގައުމުގެ ހަލާކު!
05 Jun 2023
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ