ފޮޓޯ/ އިންޓާނެޓް
ހަބަރު
05 Jun 2023 | 20:57
ރާއްޖޭގެ ކުދިންގެ މެދުގައި މަޔޯޕިއާ އާއްމު ކަމަކަށްވެފައި؛ މައިގަނޑު އެއް ސަބަބަކީ އިލެކްޓްރޯނިކް ވަސީލަތްތައް!

ދިވެހިރާއްޖޭގެ ކުޑަކުދިންނާއި، ބޮޑުވަމުން އަންނަ ކުދިންގެ މެދުގައިވެސް މަޔޯޕިއާ އާންމުވެފައިވާ ކަމަށާ، އެކަމުގެ މައިގަނޑު އެއް ސަބަބަކީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކުރުން ކަމަށް ޗައިނާ-ދިވެހިރާއްޖެ އޮޕްތޮމޮލޮޖީ ސެންޓަރުގެ، ޗައިނާގެ ޑޮކްޓަރުންގެ ޓީމުން ބުނެފިއެވެ. 

ޑރ. އެންޑީ އަބްދުالله އަބްދުލް ހަކީމް އޮޕްތޮމޮލޮޖީ ސެންޓަރުގައި ހުންނަ ޗައިނާ-ދިވެހިރާއްޖެ އޮޕްތޮމޮލޮޖީ ސެންޓަރަށް މިހާތަނަށް ދައްކާފައިވާ ބަލިމީހުންގެ ތެރެއިން، ކުޑަކުދިންނާއި، ބޮޑުވަމުންއަންނަ ކުދިންގެ ތެރޭގައި އެންމެ އާންމު ކަމަކީ މަޔޯޕިއާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ. 

މަޔޯޕިއާ އަކީ ކޮބާ؟ 

މަޔޯޕިއާ ނުވަތަ ނިއާ ސައިޓެޑްނެސް އަކީ ދުރު ނުފެނުމެވެ. ކައިރި ރީތިކޮށް ފެނުނަސް 2-3 ފޫޓަށްވުރެ ދުރު ފުސްކޮށް ހުރުމެވެ. މިކަން ދިމާވަނީ ލޮލުގެ ކަޅި ދިގުވުމުން ނުވަތަ ކޯނިއާގެ ގަދަ ކައްސާރައިގެ ސަބަބުން ސީދާ ރެޓިނާއަށް އަލި ފޯކަސް ކުރުމުގެ ބަދަލުގައި ރެޓިނާގެ ކުރިމައްޗަށް ފޯކަސް ވުމުންނެވެ.

މައޯޕިއާއަކީ އާންމުކޮށް ކުޑައިރު އަލާމާތްތައް ފެންނަންފަށާ ބައްޔެކެވެ. އަދި އުމުރުން ދުވަސްވާ ވަރަކަށް ލޮލުގެ ފެނުން ދަށްވެ ލޮލުގެ އެހެން ބަލިތައް ޖެހުމާއި ލޯ އަނދިރި ވުން އެކަށީގެންވެއެވެ. ކަން މިހެން ހުރި ނަމަވެސް ކުޑަކުދިންގެ މިބަލި ދެނެގަތުމަކީ ބައެއް ފަހަރު އުނދަގުކަމެކެވެ. އާންމުކޮށް މިހެން ދިމާވަނީ އެކުދިންނަށް އެވާހަކަ ބުނަން ނޭނގޭތީ އެވެ.

ދިވެހިރާއްޖޭގެ އިތުރުން ދުނިޔޭގެ ގައުމުތަކުގައިވެސް މަޔޯޕިއާ އަކީ އާންމުވަމުން އަންނަ، ސަމާލުވާންވީ ބައްޔެކެވެ. މަޔޯޕިއާ ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދިރިއުޅުމުގެ އާދަކާދަތައް ގެންގުޅޭ ގޮތްތައް ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. ޚާއްސަކޮށް، ގެއިން ބޭރުގައި ހޭދަކުރާ ވަގުތު މަދުވުމާއި އަދި ފޮތް ކިއުން ނުވަތަ ފޯން، ޓެބްލެޓް، ކޮމްޕިއުޓަރ ނުވަތަ އެނޫންވެސް އެހެން އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކުރުމުގައި ހޭދަކުރާ ވަގުތު ގިނަވެ، މާ ކައިރިން އެއްޗެތި ބެލުން ގިނަވުމެވެ. ރާއްޖޭގައިވެސް މަޔޯޕިއާ އާންމުވުމުގެ މައިގަނޑު ސަބަބަކީ މިއީ ކަމަށް ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޓީމުންވެސް ވަނީ ފާހަގަކޮށްފައެވެ. 

މަޔޯޕިއާ އިން ރައްކާތެރިވެ އެކަން ކޮންޓްރޯލް ކުރުމަށް ކުރެވޭނެ ކަންކަން 

ޗައިނާގެ ޑޮކްޓަރުންގެ ޓީމަށް ދައްކާފައިވާ ކުދިންގެ ދުރު ނުފެންނަ ގިނަ ކުދިންނަށް ރަނގަޅު އެދެވޭ ފަރުވާއެއް ދެވިފައި ނުވާކަން އެ ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެ ސަބަބުން އެކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްވެސް އަސަރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. 

ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޓީމް--

އެހެންކަމުން، މަޔޯޕިއާ ހުންނަ ކުދިންނަށް އަވަހަށް ފަރުވާ ކުރުމާއި، އަދި އެކަމުން ރައްކާތެރިވުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް އެ ޑޮކްޓަރުން ވަނީ އިރުޝާދު ދެއްވާފައެވެ.

އެގޮތުން ފާހަގަކޮށްފައިވާ ކަންކަމަކީ؛

1) އައުޓް ޑޯ ކުޅިވަރުތައް، ނުވަތަ ބޭރުގައި ކުޅެވޭ ކުޅިވަރުތަކާއި ހަރަކާތް ތަކުގައި ބައިވެރި ވުމަކީ ދުރު ނުފެނުމުގެ މައްސަލައިން ރައްކާތެރިވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ކޮންމެ ދުވަހަކު މަދުވެގެން 2 ގަޑި އިރު ގެއިން ބޭރުގައި އެފަދަ ކަމެއްގައި ވަގުތު ހޭދަކުރުން.

2) ރަނގަޅު އާދަތައް އަށަގެންނެވުމާއި، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރާ މިންވަރު މަދުކުރުން. ކިޔަވާ ވަގުތު ތަކުގައި ވެސް 20-20-20 އުސޫލާއި އެއްގޮތަށް ކިޔެވުން. އެއީ، 20 މިނެޓް ވަންދެން ކިޔެވުމަށްފަހު، ބްރޭކް އެއް ނަގައި އެމީހަކާއި 20 ފޫޓު ދުރުގައި ހުރި އެއްޗަކަށް 20 މިނެޓް ވަންދެން ބެލުމެވެ. 

3) ރަނގަޅު އަލީގައި ކިޔެވުން. ރަނގަޅަށް ދުވާލުގެ އަލި ނުލިބޭ ނަމަ، ކިޔަވާ ބޮކި ދިއްލުމަށްފަހު ކިޔެވުން. އަދި ރޭނގަޑު ނުވަތަ ހަވީރު ކިޔަވާ ނަމަ، މޭޒުމަތީގައި ހުންނަ ކިޔަވާ ބޮކީގެ އިތުރުން ކޮޓަރީގައި ހުންނަ ބޮކި ވެސް ދިއްލުން. 

4) ކުޑަކުދިންނާއި ބޮޑުވަމުން އަންނަ ހުރިހާ ކުދިންވެސް ލޮލުގެ ރަނގަޅު ކްލިނިކް އަކުން އަހަރަކު ދެފަހަރު ލޮލުގެ ޗެކްއަޕެއް ހެދުން. އަދި މައްސަލައެއް ފެންނަ ނަމަ، ފަރުވާކޮށް ޑޮކްޓަރ ގެ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުން. 

5) ފެނުމުގެ ދަތިކަން އުޅޭ ނަމަ، ލޮލުގެ ރަނގަޅު ކްލިނިކް އެއް ނުވަތަ ހޮސްޕިޓަލަކަށް ދައްކައި، ލޮލުގެ ނަންބަރާއި އެއްގޮތަށް ނަންބަރު އައިނު އެޅުން. 

މިކަންކަމަށް ސަމާލުވެ، ކުދިން ވީހާވެސް ބޮޑަށް ގުދުރަތީ ވެށިތަކުގައި ގެންގުޅުމަކީ މަޔޯޕިއާ އިން ރައްކާތެރިވުމަށާ، އެކުދިންގެ ފުރިހަމަ ހެދިބޮޑުވުމާއި، ނަފްސާނީ ދުޅަހެޔޮ ކަމަށް މުހިންމު ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.