މަޝްރޫޢުއާއެކު ކުރީން އާންމުކުރި ކުރެހުން --
ހަބަރު
11 Oct 2026 | 21:36
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ބުރުޖް ހަލީފާ އެޅި ކުންފުންޏަށް ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ

ގއ. ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ބުރުޖް ހަލީފާ އެޅި ކުންފުންޏަށް ދިން އެއްބަސްވުން ބާތިލު ކޮށްފައިވާއިރު އެހެން ކުންފުންޏަކާއި ހަވާލުކޮށްގެން އެ މަޝްރޫއު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އެކަން ހާމަކޮށްފައި ވަނީ ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ އޮތް "އަހާ" ފޯރަމްގަ އެވެ. މިރޭ އޮތް ފޯރަމަށް އާންމުންގެ މީހަކު ވަނީ ގއ. ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ހަވާލުކުރި މަޝްރޫއުއާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

އަދި އެ މަޝްރޫއު މި އަހަރު ފެށޭތޯ ސުވާލު ކޮށްފައިވެ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ އެ މަޝްރޫއު ހަވާލުކުރީ ދުބާއީގެ ބްރުޖުހަލީފާ ހެދި ބެލްޖިއަމްގެ ބީސިކްސް ގްރޫޕާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އައު ކޮންޓްރެކްޓަރަކާއެކު މަޝްރޫއު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އަދި ވިދާޅުވީ އަންނަ ނޮވެންބަރު މަސް ނިމުގެ ކުރީން އެ މަޝްރޫއު ފެށޭނެ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ބުރުޖް ހަލީފާ އެޅި ކުންފުންޏަށް ހަވާލުކޮށް ސޮއިކުރީ ރައީސް މުޢިއްޒު އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް 22 ފެބްރުއަރީ 2024 ގައި ބޭއްވި ޖަލްސާގަ އެވެ.

ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ)ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.

އަދި މި މަޝްރޫއުގެ ދަަށުން ގއ. ވިލިނގިއްޔާއި މި އެއާޕޯޓް އަޅާ ރަށް ކޯޒްވޭއަކުން ގުޅާލާނެ ކަމަށާ އެ ކޯޒްވޭގެ ދިގު މިނުގައި 17 ކިލޯމީޓަރު ހުންނާނެ ކަމަށް ބުންޏެވެ. މި ރަށުގައި ހަދާ އެއާޕޯޓަކީ އެންމެ ޒަމާނީ ހުރިހާ ވަސީލްތަކެއް ހުރި އިންޓަނޭޝަނަލް އެއާޕޯޓަކަށްވާނެ ކަމަށް ވެސް ސަރުކާރުން އޭރު ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ވިލިނގިލީ ފަޅުގައި 17 ރަށް ތަރައްގީ ކުރާނެ ކަމަށާ މީގެ ތެރޭގައި ހިމެނެނީ އަށް ޕްރައިވެޓް އައިލެންޑާއި ބޮޑު ނުވަ ރިސޯޓް ކަމަށާ މި މަޝްރޫއާއެކު ހުވަދޫގެ އެނދުގެ އަދަދު 5،000 އަށް އިތުރު ވެގެންދާނެ ކަމަށް އޭރު ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.