މިރޭގެ ފޯރަމްގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --
ހަބަރު
11 Oct 2026 | 22:26
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ

ޓޫރިޒަމަށް ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން 161 މަޝްރޫއެއް ނުނިމި އެބައޮތް ކަމަށާ ކަނޑައެޅިފައިވާ ތާރީހަށް ނުނިމި ދިގުލައިގެންގޮސްފައިވާ ތަންތަނުގެ އެއްބަސްވުންތައް ބާތިލުކުރެވޭނެ ގޮތްތަކެއް ކަނޑައަޅާ އަމަލު ކުރަން ތައްޔާރުވެފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ މިރޭ އޮތް "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޓޫރިޒަމަށް ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް ނުނިމި ދިގުލައިގެން ދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. 

އެކަންބޮޑުވުން ހިއްސާކުރުމުން މިނިސްޓަރު ވިދާޅުވީ ނުހެދި އޮތް 161 ރަށާއި ފަޅެއް އެބަ އޮތް ކަމަށެވެ. އޭގެ ތެރެއިން ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.

އެތަންތަން ނުނިމުނު ނަމަވެސް މިހާތަނަށް އެކަމާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިއީ އެގޮތަށް ދޫކޮށްލެވެން އޮތް ކަމެއް ނޫން ކަމަށާ މިފަދަ ކޮންމެ ފަޅަކާއި ރަށަކީ ރައްޔިތުންގެ ހައްގުތައް އޮތް ތަންތަން ކަމަށެވެ.

މި ރަށްރަށާއި ފަޅުތައް ދޫކުރަނީ ވަކި މުއްދަތެއްގައި ހުޅުވަން ލާޒިމުކޮށްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މަޝްރޫއު ނުނިމި ބައެއް ބިންތަކުން 600 މިލިއަނެއްހާ ޑޮލަރު ދައްކަން ޖެހިފައި އެބައޮތް ކަމަށެވެ. މިއީ ހައްލުވާން ޖެހޭ ކަންކަން ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގަބޫލުފުޅު ކުރައްވާ ފިޔަވަޅުތަކއް އެޅުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ސީޕީ ރެގިއުލޭޝަން ހަތަރު ކެޓަގަރީއަކަށް ބަހާފައި ބާތިލުކުރެވޭނެ ގޮތްތަކެއް ކަނޑައަޅާ އެކަމުގެ އުސޫލު ގެޒެޓްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ހަފްތާތެރޭ އަމަލީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ޙައްޤުގައި ރައީސް ނިންމެވި ވަރަށް މުހިންމު ނިންމުމެއް މިއީ. އެއީ މި ރަށްރަށަކީ ރައްޔިތުންގެ ތަންތަން," މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.