ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަށް ދެން ލަސްތަކެއް ކުރިމަތިނުވާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
މިރޭ އޮތް އަހާ ފޯރަމްގައި އާންމުންގެ މީހަކު ވަނީ ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ނުފެށި ލަސްވާތީ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ އެ ހިދުމަތް ފެށުމަށް ދެ ތާރީހެއް ދިން ނަމަވެސް މިހާތަނަށް އެކަން ނުފެށި އޮތީ އެކަމުގެ ބޮޑު ކަމުން ކަމަށެވެ.
ރާއްޖޭގައި އެ ހިދުމަތް މި ފަށަނީ 25 އަހަރު ފަހުން ކަމުން އެކަމަށް ވަރަށް ގިނަ މަަސައްކަތް ކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ. އަމީން ވިދާޅުވީ ރާއްޖޭގައި އެ ހިދުމަތް ފަށާނީ ޔޫކޭ ސީއޭގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
އަދި ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
"ދެން އިތުރުލަސްތަކެއް ނުވެ ކުރިއަށްދާނެ," މިނިސްޓަރު ވިދާޅުވި އެވެ.
ލިކޮޕްޓަރުގެ ހިދުމަތް ދޭ ފަރާތުން މި ހިދުމަތް ފަށާ ދުވަސްކޮޅު ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށް މަހަކު 50 ގަޑިއިރުގެ ހިދުމަތް ސަރުކާރަށް ހިލޭ ކޮށްދޭން ޖެހެ އެވެ.
އަދި ހެލިކޮޕްޓަރުގެ ހިދުމަތް ފަށާތާ ތިން ވަނަ އަހަރުން ފެށިގެން މަހަކު 100 ގަޑިއިރާއި 120 ގަޑިއިރުގެ ހިދުމަތް ހިލޭ ކޮށްދޭން ޖެހެ އެވެ. މީގެ އިތުރުން އަގަކާއެކު ސާޗް އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭންޖެހެ އެވެ.
މި އެކަމަށް ހޮވޭ ކުންފުންޏަކަށް ރާއްޖޭގައި އެ ހިދުމަތް ދިނުމުގެ އެކްސްކުލޫސިވިޓީ 10 އަހަރަށް ލިބޭނެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists