ޕާކިސްތާނަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ތެރެއިން.. ފޮޓޯ: އެކްސް
ހަބަރު
23 Aug 2025 | 13:02
ޕާކިސްތާނުގެ އުތުރު ސަރަހައްދުތަކަށް މިވަގުތު ދަތުރުކުރުން ރައްކާތެރިއެއްނޫން: އެންޑީއެމްއޭ

ޕާކިސްތާނަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައާ ގުޅިގެން އެޤައުމުގެ އުތުރުގެ ސަރަހައްދުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެޤައުމުގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއޭމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭއިން ބުނީ ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި، އެގޮތުން ބައެއް ސަރަހައްދުތަށް މިހާރު އޮތީ ފެނ އަޑީގައިކަމަށެވެ. ވާރޭގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ދަތުރުކުރުން ރައްކާތެރި ނޫންކަމަށް އެންޑީއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އުތުރުގެ ސަރަހައްދުތަކަށް ފަތުރުވެރިން އެއްގޮތަކަށްވެސް ދަތުރުކޮށް ނޫޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އިސްލާމް އާބާދް، ޕަންޖާބް، އާޒާދު ކަޝްމީރުުގެ ބައެއް ސަރަހައްދުތަކަށް މިވަގުތު ދަތުރުކުރުން ރައްކާތެރިނޫންކަމަށް ވަނީ ބުނެފައެވެ.

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރާގައި ކޯރުތައް ބަންޑުންވެ ބިންގަނޑުތިރި ހިސާބުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ އޮގަސްޓްމަހާ ހިސާބަށް މިހާރު ކުރަމުންދާ ވިއްސާރަ ދިގުލައިގެންދާނޭކަމަށް ބުނެފައެވެ.

ވާރޭގެ ސަބަބުން ޕާކިސްތާނުގެ އެންމެބޮޑު އަވަށްކަމަށްވާ ކަރާޗީވެސް ަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އެގޮތުން އަސާސީ ގިދުމަތްތައްދޭ އޮފީސްތައް ފިޔަވައި އެހެން އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ވާރޭވެހި ބިންގަނޑު ކަނޑައިގެންދިއުމުގެ ސަބަބުން ކަރަންޓް ވިއުގައަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ބައެއް ސަރަހައްދުތަކަށް ކަރަންޓް ނުލިބި އެތައްގަޑިއިރެއް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. 

ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިހާރު ކުރަމުންދާގޮތަށް ނުހުއްޓި ވިއްސާރަކުރާނަމަ 2022 ވަނަ އަހަރުގެ ބޮޑު ވިއްސާރާގައި އެޤައުމަށް ލިބުނުވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެކަން ހާމަކޮށްފައެވެ.

ޕާކިސްތާނަކީ އެޤައުމަށް ކުރާ މޫސުމީ ވިއްސާރާގައި ވަރަށްބޮޑަށް ގެއްލުންލިބޭ ޤައުމެކެވެ އެންމެފަހުން 2022 ވަނަ އަހަރު އެޤައުމަށް ކުރި ވިއްސާރާގައި 33 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކި ގޮތްގޮތުން ގެއްލުންލިބި 9 މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. މީގެ އިތުރުން ދެހާހާ ގާތްކުރާ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.