16 Sep 2026
ރާއްޖޭގެ ސަފީރުންނާއި މިޝަންތަކުގެ އިސް ބޭފުޅުންނާ ޚާރިޖީ ވަޒީރު ބައްދަލުކުރައްވައިފި
ޚާރިޖީ ވުޒާރާގައި ކުރިއަށް ގެންދެވި އެ ބައްދަލުވުމުގައި ވުޒާރާއިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން ސަފީރުންނާ ވަޒީރު މަޝްވަރާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ "އެންމެ ފުރަތަމަ ދިވެހިރާއްޖެ" ސިޔާސަތު ތަންފީޒުކުރެއްވުމުގައި ބޭރުގައި ޤާއިމުވެ ތިއްބެވި މިޝަންތަކުގެ ދައުރު ނުހަނު މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.