ރައީސް ޔާމިން ވެރިކަމުގައި މޫސާ ޒަމީރާއެކު... ފައިލްފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Aug 2025 | 08:45
އެންސިސް ކާރުހާނާގެ ކަންތަކުގައި ޒަމީރު ވަނީ ޑީލެއް ހައްދަވާފައި: ރައީސް ޔާމިން

އެންސިސްގެ ކޭނަރީ ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ދަށަށް ގެނައުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ގޮތްނޭނގޭ ޑީލްތަކެއް ހައްދަވާފައިވާަކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ނިސްބަތްވެ ވަޑައިގަންވާ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެންސިސްގެ ކާރުހާނާ މިފްކޯއިން ގަންނަން ނިންމުމުން އެކަމާ ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން އެންސިސްގެ އެ ކާރުހާނާއަކީ މަސްވެރި އަމިއްލަ ކުންފުނިތަކުންވެސް ގަންނަން ބޭނުންނުވި ތަނެއްކަން ފާހަގަކުރައްވައި މިފްކޯއިން އެތަން ނަގަންއުޅެނީ ވަކި ބައެއްގެ އަމިއްލަ މަންފާއަށްކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ އެންސިސްގެ އެ ކާރުހާނާ މިފްކޯއިން ގަތުމުގެ ވާހަކަ ދައްކާއިރު، ސަރުކާރުގެ މަސްކުންފުނިވެސް އުޅެނީ ދެކޮޅު ނުޖެހިގެންކަމަށާއި، މިފްކޯގައި މިހާރުވެސް ބޮޑު ދަރަންޏެއް އެބައޮތްކަމަށެވެ. އެހެންކަމުން އެންސިސްގެ އެ ކާރުހާނާ ގަތުމަށް މާލީ ވަޒީރު މޫސާ ޒަމީރު އުޅުއްވަނީ އަމިއްލަ ބޭނުމެއްގައި ކަމަށާއި، މިނިސްޓަރު ޒަމީރުގެ ވިސްނުން ހުރީ އެތަން ގަތުމަށްފަހު އިސްތިއުފާދެއްވައި އެމަނިކުފާނު ދުބާއީއަށް ދިރިއުޅުން ބަދަލުކުރެއްވުމަށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިފްކޯއިން އެތަން ގަންނަން އުޅެނީ 35 މިލިއަން ޑޮލަރުގެ އަގަކަސް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެންސިސްގެ އެ ތަނަކީ ޕްރައިވެޓް ސެކްޓަރުން 10 މިލިއަން ޑޮލަރަށްވެސް ގަންނަން ބޭނުންނުވި ތަނެއް

ރައީސް ޔާމީން ވިދާޅުވިއެވެ

އެންސިސް ކުންފުނިން ތަރައްޤީކުރި ފިޝް ކެނެރީގެ އޮޕަރޭޝަންތައް ހުއްޓާލާފައިވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެންސިސް ކުންފުނީގެ ފިޝް ކެނެރީގެ އޮޕަރޭޝަންތައް ހުއްޓާލާފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުން މަސްގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމުންނެވެ.

މިފްކޯއިން އިއްޔެ ނެރުނު ބަޔާނުގައި ވަނީ އެކުންފުނީގެ ވަސީލަތްތައް ހުރި ހާލަތަށް ބަލައި އެންސިސްގެ ފިޝް ކެނެރީ ގަތުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
މިސްކިތަށް ގެއްލުންދީ، ބޮޑުކަމުދިޔަ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މިސްކިތްތަކަށް ގެއްލުންދީ، ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގ. މާލެހިޔާ، އުމުރުން 30 އަހަރުގެ ނައުޝާދު މޫސާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.