ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
ހަބަރު
11 Aug 2025 | 11:56
ގަޕޯ ސަރުކާރަށް؛ އިހުލާސްތެރިކަމެއް ހުރިނަމަ އެމްޑީޕީ ސަރުކާރުގެ ހިޔާނާތްތައް ބަލައިދީ

އަދުގެ ސަރުކާރުގެ އިހްލާސްތެރިކަމެއް ހުރިނަމަ އެމްޑީޕީ ސަރުކާރުން ހިންގިކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ބަލައިދިނުމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ގޮވާލައްވައިފިއެވެ.

މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، މި ސަރުކާރުން އެމްޑީޕީ ވެރިކަމުގައި ހިންގާފައިވާ ހިޔާނާތުގެ ވާހަކަ ދައްކާއިރު، ސަރުކާރުގެ އިހްލާސްތެރިކަމެއް އޮތްނަމަ އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭކަމެށެވެ. ޣަފޫރު ވިދާޅުވީ ސަރުކާރުތަކުން ހިޔާނާތުގެ ވާހަކަ ދައްކާއިރު، އެފަދަ މައްސަލަތައް އެއްވެސް ސަރުކާރަކަށް ބަލައި ރައްޔިތުންގެ ގެއްލުނު ހައްގުތައް ހޯދައިދެވިފައިނުވާކަމަށެވެ.

ވައްކަމުގެ ތެރޭގައި މުޅި ޤައުމު ފޯވެފައި އޮތްކަން ފާހަގަކުރައްވައި ޣަފޫރު ވިދާޅުވީ، ރައްޔިތުން ސަރުކާރު ހިންގަން ހަވާލުކުރަނީ ބައިތުލްމާލުގައި ހުންނަ ފައިސާ ވަގަށް ނެގުމަށް ނޫންކަމަށާއި، އެފަދަ ހިޔާނާތުގެ މައްސަލަތަކަށް ޝަރުއީ މަރުހަލާގެ ތެރެއިން ބެލެންޖެހޭކަމަށެވެ. 

ގާނޫނުގެ މަތީގައިހުރި އެކަކުވެސް ހުންނާނެ. އެ ސަރުކާރެއް މި ސަރުކާރެއް ކިޔުމުގެ ބޭނުމެއް ނެތް އިއްޒަތްތެރި ރައީސް ފިޔަވަޅުއަޅާށޭ

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ

ޣަފޫރު ވިދާޅުވީ ހިޔާނާތާ ވައްކަމުގެ މައްސަލަތަކުގައި މި ސަރުކާރުން ކުންފުނިތަކާއި މުއައްސަސާތަކުގެ ވެރިން ވަކިކުރަމުންދާއިރު، އެފަދަ މައްސަލަތަކުގައި ވަކިކުރާ މީހުންނާމެދު އަދި މިހާތަނަށް ފިޔަވަޅެއް އެޅިފައި ނުވާކަމަށެވެ. އޭގެ ބަދަލުގައި ފެނިެގންދަނީ މަގާމުތަކުން މީހުން ބަދަލުކުރަމުންދާ ތަންކަމަށް ޢަފޫރު ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޢަފޫރު މިއަދު ވަނީ ސަރުކާރުތަކުގެ ބައެއް ކުންފުނިތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، ބައެއް ތަންތަނުން ހިޔާނާތްތައް ހިންގަމުންދިޔަނަމަވެސް އެކަންކަން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ނުދާކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.