ރައީސް ޑރ.މުއިއްޒު ކަމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ..
ހަބަރު
11 Aug 2025 | 11:31
އަތޮޅުގެ އެހެން ރަށްތަކެކޭ އެއް ހަމައަކުން ކަމަދޫއަށް ތަރައްޤީ ގެނެސްދޭނަން: ރައީސް

ބ.އަތޮޅުގެ އެހެން ރަށްތަކެކޭ އެއްހަމަޔަކުން ކަމަދޫއަށް ތަރައްގީ ގެނެސްދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކަމަދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އަތޮޅުގެ އެހެން ރަށްތަކާ އަޅާބަލާއިރު، ކަމަދޫ އޮންނަނީ ތަރައްޤީގެ ލިސްޓްގެ އެންމެ ފަހަތުގައިކަމަށާއި، މި ސަރުކާރުން އެ ތަފާތު ނައްތާލައި ހަމަހަމަ ކަމާއެކު ތަރައްޤީ ގެނެސްދިނުމުގެ ސިޔާސަތެއް ތަންފީޒުކޮށްދެއްވާނޭ ކަމަށެވެ.

ކަމަދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު މިއަދު ވަނީ އެރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރުމަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސް ޑރ.މުއިއްޒު ކަމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން..

ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން ކަމަދޫ ސްކޫލްގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމާއެކު ސްކޫލްގައި ޖާގަ ތަނަވަސްވެގެންދާނޭ ކަމަށާއި، އެއާއެކު ސްކޫލްގެ ވަސީލަތްތައްވެސް އިތުރަށް ފުރިހަމަ ވެގެންދާނޭކަމަށެވެ. ސްކޫލްގެ އިތުރުން ރަށު ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށްދިނުމުގެ މަސައްކަތާއި، ކުޅިވަރުގެ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފެށިގެންދާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހޯކްސް ހޮޓެލް އާއެކު ސީޕްލޭންގެ ހިދުމަތް ފެށުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަދުއަށް އިތުރު ތަރައްޤީ ލިބިގެންދާނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ކަމަދޫގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނައިރު އިތުރު ސިނާއަތްތައް ތަރައްޤީވެގެން ދިއުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާ ވާހަކަދައްކަވާފައެވެ.

ރައީސް ޑރ.މުއިއްޒު ކަމަދޫއަށް ކުރެއްވި ޒިޔާރަތަށްފަހު ދެން ވަޑައިގަންނަވާނީ، ކުދަރިކިލަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ