ޒަކާތު ކޮންފަރެންސްގައި މުނީޒާ ވާހަކަދައްކަވަނީ.. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
23 Aug 2025 | 15:17
ޒަކާތުގެ ކަންކަމުގައި ރައްޔިތުން އަދިވެސް ހޭލުންތެރިކަން އިތުރުކުރަންޖެހޭ: މުނީޒާ

ޒަކާތުގެ ކަންކަމުގައި މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަމަށް މެލޭޝިއާގެ އިންސެފް ޔުނިވާސިޓީގެ ޑީން އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ތަޖުރިބާކާރެއްމަށްވާ ޑރ. އާއިޝަތު މުނިޒާ ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ޒަކާތު އިންޓަނޭޝަނަލް ކޮންފަރެންސްގައި ޒަކާތާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން މުހިންމުކަމުގެ މައްޗަށް ވާހަކަދައްކަވަމުން ޑރ.މުނީޒާ ވިދާޅުވީ، ޒަކާތުގެ ގާނޫނެއް ހަދައި ޒަކާތް ދިނުން ފުޅާކުރާތީ ޓެކްސްއާ ގުޅުވައިގެން ސުވާލު އުފައްދަނީ ދިވެހިންގެ މެދުގައި ހޭލުންތެރިކަން ނެތުމުން ކަމަށް ދެކޭކަމަށެވެ.

އޭނާ ވިދާޅުވީ ގިނަ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ އެއް މުހިންމު ސުވާލަކީ ދައުލަތަށް އެކި ބާވަތުގެ ޓެކްސް ދައްކަމުން ދާއިރު، ޒަކާތު ފަންޑުގެ ނިޒާމުގެ ތެރެއިން އިންވެސްޓްކޮށްގެން ފަޤީރުންނާއި މިސްކީނުންނަށް ޒަކާތް ބެހުމުގެ މަސައްކަތް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރާ ބޭނުމަކީ ކޮބައިތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާކަމަށެވެ. ތަފާތު ނަންނަމުގައި ސަރުކާރަށް ޓެކްސް ނެގެމުންދަނީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ، މުޖުތަމަޢުގެ ދެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ޤައުމު ތަރައްޤީކުރުމަށް ކަމަށްވާއިރު، ޒަކާތުގެ ފައިސާއިން އިންވެސްޓްކުރުމާ ގުޅޭގޮތުން ސުވާލު އުފައްދާ ފަރާތްތައް ވަރަށް ގިނަކަން މުނީޒާ ފާހަގަ ކުރެއްވިއެވެ.  

ޒަކާތު ކޮންފަރެންސްގެ ތެރެއިން.. ފޮޓޯ؛ އިސްލާމިކް މިނިސްޓްރީ

ޓެކްސް އާއި ޒަކާތުގެ ގާނޫނުގެ ތަފާތު ދައްކަވަމުން މުނީޒާ ވިދާޅުވީ ޓެކްސްއާ ގުޅޭ ގާނޫނުތަކަކީ އިންސާނުން އުފައްދާފައިވާ ގާނޫންތަކެއްކަމަށާއި، ޒަކާތަކީ އިލާހީ ވާޖިބެއްކަމަށެވެ. އަދި ޓެކްސް އިން ނަގާ އެއްޗަކުން ޤައުމު ހިންގުމުގެ ކަންކަން ދެމެހެއްޓުނު ނަމަވެސް ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭކަމަށެވެ. އޭނާގެ ވާހަކަފުޅުގައި، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ޚާއްޞަ ޤާނޫނެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ހަމައެކަނި ޤާނޫނީ އޮނިގަނޑަކުން މި ކަން ޙައްލެއް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ޒަކާތް ނެގުމާއި ބެލެހެއްޓުމުގެ ދާއިރާގައި އައު ވިސްނުންތަކެއް ގެންގުޅުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒަކާތާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށް މުނީޒާ ހުށަހެޅުއްވި ހުށަހެޅުންތަކުގެ ތެރޭގައި، ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެންމެ އެދެވޭ ބޭނުން ހިފުމާއި، ޒަކާތާ ގުޅޭ ކަންކަން ޑިޖިޓަލައިޒް ކުރުން ހިމެނެއެވެ.

ޒަކާތު ކޮންފަރެންސްގެ ތެރެއިން.. ފޮޓޯ؛ އިސްލާމިކް މިނިސްޓްރީ

މީގެ އިތުރުން، އިންޓަނެޓް އޮފް ތިންގްސް (އައިއޯޓީ) ބޭނުންކޮށްގެން ގޭބީސީތަކުގެ ފަގީރުކަން ރިއަލް ޓައިމްގައި ދެނެގަތުމާއި، ޒަކާތާ މެދު އާންމުން ހޭލުންތެރިކުރުމަށް އިތުރު ކެމްޕެއިންތަކެއް ފެށުމަށް ވެސް ހުށަހަޅުއްވިއެވެ. އަދި ހަމައެއާއެކު، ގައުމީ ތަރައްގީގެ ސްޓްރެޓެޖީތަކުގައި ޒަކާތުގެ ވާހަކަތައް ހިމެނުމާއި، ޒަކާތާ ގުޅޭ ކަންކަމަށް މީހުން ތަމްރީންކޮށް އިންވެސްޓް ކުރުން ފަދަ ކަންކަން މުނީޒާ ފާހަގަކުރެއްވިއެވެ.

މި ހުށަހެޅުންތަކުގެ މައިގަނޑު މަޤްޞަދަކީ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި އެންމެ އެކަށީގެންވާ ގޮތުގައި ޒަކާތް ބެހުމާއި، މުޖުތަމަޢުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުންކަމަށް މުނީޒާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.