އިބްރާހީމް މުޙައްމަދު ސާލިހާއި ނަރެންދުރަ މޯދީ
ރިޕޯޓް
13 Apr 2024 | 16:19
ކިހިނެތް މިސްރާބު ހަމަ މަގަށް އަޅުވާނީ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށްޓުމަށް މައި އިދިކޮޅު ޕާޓީ އެމްޑީޕީން މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވަރުގަދަ ދެތިން ބަސްފުޅެއް ވިދާޅުވިއެވެ.

ވިދާޅުވީ ބަލަންތިބެވޭކަށެއް ނެތެވެ. މިސްރާބު ކަސިޔާރުވެ ހަމަމަގުން ނައްޓާލައިފިއެވެ. ދޮގުހަދައި އޮޅުވައިލައިފިއެވެ. ދެން ސާލިހް އާ ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު ސިފަ ކުރެއްވީ ބޯހަރު ގޮތް ދޫނުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އޭގެފަހުގައި އެމްޑީޕީގެ މިހާރުގެ ރައީސް ޝާހިދު ވިދާޅުވީ ޑޮކްޓަރ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދޮގުދޮލަނގެއް ވިއްކައިގެން ކަމަށެވެ.

އެކަމަކު ސާލިހްގެ މިއިލްޒާމުގެ ފަހަތުގައިވާ ހަގީގަތަކީ ނުވަތަ ސަބަބަކީ ކޮބައިހެއްޔެވެ. އެމްޑީޕީގެ އިންތިޚާބީ ތީމު ބިނާކޮށްފައި އޮތީ އެވާހަކަ ފުޅަށެވެ. މިސްރާބު ހަމަމަގަށް އެޅުވުމެވެ. ސާލިހް އެވިދާޅުވާ ކަސިޔާރުވި މިސްރާބަކީ ކޮބައިހެއްޔެވެ. ބޯހަރުކަމާއި ގޮތް ދޫނުކުރުން އަދި ދޮގުދޮލަނގޭ އެވިދާޅުވަނީ ކޮން ކަމަކަށްތޯއެވެ.

ދޮގުދޮލަގާއި ބޯހަރުކަމުގެ އިލްޒާމު

ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ވޭތުވެދިޔަ ފަސް މަސް ދުވަހުގެތެރޭގައި ހިނގާފައިވާ ކަންކަމަށް ތަހްގީގީ ނަޒަރަކުން ބަލައިފިނަމަ ސާލިހާއި ޝާހިދުގެ އިލްޒާމު ގޮސް ހުއްޓެނީ ދެ ކަމަކަށެވެ.

އެއްކަމަކީ ޚާރިޖީ ސިޔާސަތަށް ގެނައި ބަދަލެވެ. ސާލިހްގެ ސަރުކާރުން އަވަށްޓެރި އިންޑިއާއަށް ދިވެހިރާއްޖެ ބަރޯސާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އަޅަންފެށި ފިޔަވަޅުތަކެވެ. ބޯހަރުކަމަކީ އެމްޑީޕީން އެހާވަރަށް ދެކޮޅު ހަދައި އަދި އިންޑިއާއިން ރާއްޖެއަށް ދީފައި އޮންނަ ފްރީކޯޓާ ބަންދުކޮށް ރާއްޖެ ބޮއިކޮޓްކުރަން ގޮވައި ފިއްތަމުންދާއިރުވެސް ރައީސް މުއިއްޒު އާ ޚާރިޖީސިޔާތާއިގެން ކުރިއަށް ވަޑައިގެންނެވުމެވެ.

ދޮގުދޮލަނގަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށާއި ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާކަމަށް އިންތިޚާބުގެތެރޭގައި މުއިއްޒު ދެއްކެވި ވާހަކަފުޅުތައް ކަން އެގެއެވެ.

އިންޑިއާ ސިފައިންތޯއެވެ. ދިވެހިރާއްޖޭގައި އެކި ސަރަހައްދުތަކުގައި އެމްޑީޕީގެ ސަރުކާރުން އިންޑިއާ ސިފައިން ބައިތިއްބާފައިވާ ކަމީ އެއްވެސް ޝައްކެތް އެކަމުގައި އޮތް ކަމަކަށް މިހާރަކު ނުވެއެވެ.

ރައީސް ސޯލިހާއި, ޝާހިދު ކިތަންމެ ވަރަކަށް އެކަން ދޮގުކުރެއްވިޔަސް އިންޑިއާ ސަރުކާރުން އެއީ ތެދެއްކަމަށް އެބަ ހާމަކުރެއެވެ. އެގައުމުގެ މީޑިއާތަކުންވެސް އެކަމަށް އިއުތިރާފްވެއެވެ. ރާއްޖޭގައި ތިބި އިންޑިއާގެ 70 ނުވަތަ 80 ސިފައިން ބޭލުމަށްޓަކައި ދެގައުމުން މަޝްވަރަށްކޮށް އެއްބަސްވުންތައްވެ އިންޑިއާ ސިފައިންގެ ފުރަތަމަ ކޮންޓިންޖެންޓް ރޯމާދުވާލު އެންމެންގެ ކުރިމަތީގައި ފުރައިގެން އެ ދިޔައީއެވެ.

މިހާރު ޔަގީންކުރެވޭ ކަމަކީ ރައީސް ކަމުގައި ހުންނަވައިގެން ރައީސް ސާލިހް ދިވެހިރައްޔިތުންގެ ކުރިމަތީގައި ވަރަށް ބޮޑު އިތުރުފުޅެއް ހައްދަވާފައިވާ ކަމެވެ. މި އިތުރުފުޅުގެ ބަހަނާއަކަށް އެއީ ހަތިޔާރުއެޅި ސިފައިން ނޫންކަމަށް ވިދާޅުވި ވިދާޅުވުމެއް ކަމަށް ދައްކަވަން އުޅުއްވިޔަސް ސިފައިން ވިއްޔާ ވާނީ ސިފައިންނަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފުރަމުންދާއިރުވެސް އެ ވިދާޅުވަނީ "ދޮގު ދޮގު" ކަމަށެވެ. އެކަމަކު އެންމެންގެ ކުރިމަތީގައި މިހާ ސާފުކޮށް ހިގާ ކަމެއްގައި އެއްވެސް ޖެހިލުމެއް، ބިރެއް ނެތި މިހާރު މިހިގަމުންދާ އިންތިޚާބުގެ ކެމްޕެއިންގައި ބޮޑު ދޮގެއް އެމްޑީޕީން ވިއްކަނީ ކީއްވެގެން ހެއްޔެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބާފައި ނެތްކަމަށް ވޯޓްދޭ ދިވެހިރައްޔިތުންގެ ސިކުނޑިއަށް ވެއްދިދާނެކަމަށް ހީވަނީ ހިއްޔެވެ. ނުވަތަ އަދިވެސް ރިޔާސީ އިންތިޚާބުން ބަލިވި މައިގަނޑު އެއް ސަބަބާއިމެދު ހޭވެރިކަމެއް ނުވަނީހެއްޔެވެ.

އެމްޑީޕީގެ މިސްރާބަކީ ކޮބައި؟

ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީން ސިފަކުރީ ޔާމީނަކީ ޗައިނާގެ ޕަޕެޓެއް ކަމަށެވެ. އެކަމަކު ޔާމީންގެ ވެރިކަން ނިމިގެންދިޔުމަށްފަހުގައި އެނގުނީ ދިވެހިރާއްޖެގެ އެއްވެސް ސްޓްރެޓެޖިކް އިންވެސްޓްމަންޓެއް، ކުންފުންޏެއް، ސަރަހައްދެއް ޗައިނާގެ ކޮންޓްރޯލް ހިނގާގޮތަށް ދޫކޮށްލާފައިނުވާކަމެވެ.

އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުވެސް އެހެރީ އެތައް ގައުމެއް ހިމެނޭގޮތަށް ނެގި ލޯނަކުންނެވެ. ސިނަމާލެ ބްރިޖަކީ ޗައިނާއިން ލޯންނެގިޔަސް ދިވެހިން އެމަޝްރޫއާއި މެދު މިއަދުވެސް ފަޚްރުވެރިވާ މަޝްރޫއެކެވެ. އެތާގައި ހުރީ ޗައިނާގެ ރަމްޒެއް ނޫނެވެ. ރާއްޖޭގައި ޗައިނާގެ އެކި ސަރަހައްދުތަކުގައި ޗައިނާގެ އަސްކަރީ ތަންތަން ހަދައި ސިފައިން ބައިތިއްބާފައި ތިބިކަމަށް އިންޑިއާގެ ނޫސްތައް މެދުވެރިކޮށް ޚަބަރުފަތުރައި ހެދިޔަސް އެއީ ހުސްދޮގުކަން ޔާމީނަށްފަހުގައިވެސް އޮތީ ފެންނާށެވެ.

އެކަމަކު އެހެންތޯއެވެ. ސާލިހް ފައިބައިގެން ދިޔައިރު ރާއްޖޭގެ ސްޓްރެޓެޖިކް ހުރިހައި ސަރަހައްދެއްގައި އިންޑިއާ ސިފައިން ބައިތިއްބައި މަތިންނާއި އަޑީން ރާއްޖޭގެ ކަނޑުފަޅުތައް ބަލައި ފޮޓޯނަގައި އެއިން ހިތުހުރިގޮތަކަށް ވިޔަފާރިކޮށް އުޅުމަށް އެއްބެސްވުން ހަދައި އަމަލުކުރަން ދޫކޮށްލާފައި ވެއެވެ.

ދިވެހި މަސްވެރިން ބާނާ މަސްއައިނުތައް އެއްވާތަންތަނާއި މަސްހިފާ މިންވަރާއި ފެލިވަރު ކާރުޚާނާއިން ޕްރޮސެސްކުރެވޭ މިންވަރާއި އެކްސްޕޯޓް ކުރެވޭ މިންވަރު ދެނެގަތުމުގެ ބާރުވެސް ފެލިވަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ނަމުގައި އިންޑިއާއަށް އޮތީ ދޫކޮށްލާފައެވެ. ރާއްޖޭގެ މައިއިންޑަސްޓްރީ ކަމުގައިވާ ޓޫރިޒަމް ބަރޯސާކޮށްފައި ބޭއްވީވެސް އިންޑިއާއަށެވެ. ހަގީގަތުގައި ރާއްޖޭގެ އިގްތިސާދުގެ ލޭނާރުތައް އިންޑިއާގެ އަތްމައްޗަށް ކިތަންމެހާވެސް ރަނގަޅަކަށް ދޫކޮށްލެއްވިއެވެ.

ރާއްޖެއިން އިންޑިއާއަށް ބަރޯސާވުން ކުޑަކުރުމަށް އެކިގައުމުތަކުން ހިލަޔާއި ހިލަވެލި ގެނައުމާއި ކާބޯތަކެތި ގެނައުމަށް ޔާމީންގެ ސަރުކާރުން ގެންގުޅު ސިޔާސަތުތައް ދޫކޮށްލައި އެހުރިހައި ކަމެއް އަލުން އިންޑިއާގެ މުށުތެރެއަށް ވައްޓައިލިއެވެ.

ބިދޭސީ މަސައްކަތު މީހުން ގެނެވޭނީވެސް ހަމަ އެކަނި އިންޑިއާއަށް ކަމަށް އޮތީ ގޮތަކަށް ވެފައެވެ. ސިވިލް ސާވެންޓުންނަށް މުސާރަ ދެނީ އިންޑިއާއިން ލޯނު ނަގައިގެންނެވެ. ކިޔަވައިދޭނެ ބިދޭސީ ޓީޗަރުންނާއި ޑޮކްޓަރުން ގެންނަނީ ހަމައެކަނި އިންޑިއާއިންނެވެ.

ދިވެހިރާއްޖެއިން ގުޅުން ބާއްވާނެ ގައުމުތަކާއި ނުބާއްވާނެ ގައުމުތައް ކަނޑައެޅުމުގެ ބާރުވެސް އޮތީ ތެދުތެދަށް ބުނާނަމަ އިންޑިއާއަށް ދޫކޮށްލާފައެވެ. ޕާކިސްތާނާއި ޗައިނާއާއި ގުޅުން ބަދަހިނުކޮށް ބޭއްވީ އެހެންވެގެންނެވެ. ސާލިހްގެ ސަރުކާރުގެ ފަސް އަހަރު އެއްކޮށް ނިމިގެންދިޔައިރު ސަރުކާރު މައިގަނޑު ގޮތެއްގައި ހިންގީ އިންޑިއާއިން ދިން އެއްބިލިޔަން ޑޮލަރުގެ ލޯނުންނެވެ. އެހެން އެއްވެސް ގައުމުކުން ފާހަގަކުރެވޭ ފަދަ އެހީއެއް ނުލިބިއެވެ.

މިއީ ދުވަހަކުވެސް ދިވެހި ގައުމުގެ ތާރީޚްގައި މުޙައްމަދު ނަޝީދު ފިޔަވައި ދިވެހިރާއްޖޭގެ އެއްވެސް ރަސްކަލަކު އަދި ރައީސަކު ދިވެހި ގައުމު ހިންގި ގޮތެއް ނޫނެވެ. އެއްވެސް ގައުމެއްގެ މުށުތެރެއަށް ގައުމު ވައްޓާނުލައެވެ. އެކަމުގެ ނުރައްކަލާއި ގެއްލުން ދިވެހިންނަށް ވަޒަން ކުރެވެއެވެ.

އާޚިރްނަތީޖާއަކަށްވާނީ ދުވަސްތަކަކުން ދިވެހި ގައުމު ހަތަރު ފަރާތުން ބަނދެވި މިނިވަންކަމާއި އިސްތިގްލާލް ގެއްލިގެން ދިޔުންކަން ދިވެހިން ދަނެވެ. ދެވަނަ ބޮޑު ހަގުރާމައިގެ މަޖްބޫރީ ހާލަތުގެތެރޭގައި އިނގިރޭސިން މުޅި ސަރަހައްދު އަޅުވެތި ކުރިއިރު ރާއްޖޭގެ ރަސްގެފާނު ހިތްވަރުފުޅުން ދިވެހ ގައުމުގެ ދާޚިލީ މިނިވަންކަން ހިފެހެއްޓެވިއެވެ.

މިސްރާބު ބަދަލު ކުރުމަކީ ސަރުކާރު ބަދަލުކުރުންބާ؟

ސާލިހްގެ ސަރުކާރުގެ މިސްރާބު ހުރީ އިންޑިއާކަނޑުގައި ހެދެމުންދިޔަ ނުރައްކާތެރި ތޫފާނަކާއި ދިމާލަކަށް މިސްރާބުޖަހާފައިކަން ދިވެހިންނަށް ވަޒަން ކުރެވުމުން ވެރިކަމުން ދުރުކުރީއެވެ.

އެ މިސްރާބަށް އަލުން ދިވެހިން ގެންދަން ރާއީސް ސާލިހް ގޮވުމަކީ މޮޔަ ވިސްނުންފުޅެކެވެ. ކޮށި ވިސްނުންފުޅެކެވެ. އެމިސްރާބަށް ދާން މިހާރުގެ ރައީސް އަނބުރާލައްވައިފިނަމަ ދިވެހިރައްޔިތުން އެމަނިކުފާނުވެސް ވައްޓާލާނެކަމީ ޔަގީން ކަމެކެވެ.

ކޮންމެއަކަސް އިންޑިއާގެ މައްސަލައަކީ އެމްޑީޕީގެ ވަރަށް ހައްސާސް މައްސަލައެއްކަން އެގެއެވެ.

އާ ސަރުކާރު ވައްޓާލުމަށްޓަކައި އެމްޑީޕީގެ ސުޕަރމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެތެރެއިން ރައީސް މުއިއްޒު ވެރިކަމުން އަޒުލު ކުރުމުގެ ވޯޓްނެގުމަށް މަސައްކަތްފެށީ އިންޑިއާ މައްސަލާގައެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވުމާއި މަޖިލީހުގެ އިޖްރާތުތައް ގޮތްގޮތަށް އަބުރައިހަދަނީވެސް އެހެންވެގެންނެވެ. އެހެންވީމާ މިފަހަރު އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އެޕާޓީން ކުރާނެ ފުރަތަމަ ކަމަކީ ހަމަ ކަށަވަރުންވެސް ރައީސް އަޒުލް ކުރުންކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ.

މިހިދަށް އެމައްސަލަ ރައްޔިތުންގެ މަޖިލީހުގައި ޕާކުކޮށްފައި ބާއްވާފައި އެއޮތީ އެހެންވެގެންނެވެ.

ކޮމެންޓް
ވާރު
ވަރަށް ސަޅި ރިޕޯޓެއް
13 Jan 2025
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.