ރައީސް އިބްރާހީމް މުހައްމަަދު ސާލިހް
ރިޕޯޓް
18 Sep 2023 | 22:31
ރިޔާސީ މެޗްގެ ސްކޯ ރައީސް ސާލިހަށް އޮޅިވަޑައިގެންފި

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ޖެއްސެވި ހިސާބުގައި ކުޑަ އޮޅުމެއް އަރައިފިއެވެ. އެންމެފަހުން ސޯސަން ޖަގަހައިގައި ދެއްކެވި ވާހަކަފުޅުގައި 9 ސެޕްޓެންބަރގައި ބެއްވި އިންތިޚާބު ރައީސް މިސާލެއް ޖެއްސެވީ ފުޓްބޯޅަ މެޗަކަށެވެ. ސާލިހް ވިދާޅުވީ ފުރަތަމަ ހާފް ބައެއް ފަހަރު 3 ލަނޑު 1 ލަނޑުން ނުވަތަ 4 ލަނޑު 1 ލަނޑުން ބަލިވާކަމަށެވެ. އެއއްބަޔަކު މޮޅުވެއެވެ.

" އަޅުގަނޑުމެން މިއަދު މިތިބީ އެގޮތަށް ބަލާނަމަ 3-1 ގެ ތަފާތަކުން (ބަލިވެފައި). އިރާދަކުރެއްވިޔާ ދެވަނަ ހާފުގައި އަޅުގަނޑުމެން ނުކުމެ އެވަރަށް ހަމަކޮށް އިތުރަށް 2 ލަނޑު ޖަހައި އިރާދަކުރެއްވިއްޔާ 5-2 ލަނޑުން އިރާދަކުރެއްވިއްޔާ މިމެޗް ކާމިޔާބު ކުރާނަން" ރައީސް ސާލިހް ވިދާޅުވިއެވެ.

ރައީސަށް އޮޅިވަޑައިގަތް ތަންކޮޅަކީ ތިންލަނޑު އެއްލަނޑުން ބަލިވެފައި އޮއްވާ ދެވަނަ ހާފުގައި ނުކުމެ އެއްވަރު ކުރުމަށްފަހު ދެން ލަފާކުރެއްވި ނަތީޖާއެވެ. ތިނެއް ތިނަކުން އެއްވަރުކޮށްފައި ފަސްލަނޑު ދެލަނޑުން މޮޅުވާނެ ގޮތެއް ނެތެވެ. ރައީސް ވިދާޅުވާން ޖެހޭނީ ފަސްލަނޑު ތިން ލަނޑުން މޮޅުވާނެ ކަމަށެވެ. އެހެންވީމާ އެއީ މެޗްގެ ސްކޯ ރައީސަށް އޮޅިވަޑައިގަތުމެވެ. އެހެންދިމާވެދާނެއެވެ. ރައީސް ސާލިހަކީ ފުޓްބޯޅައަށްވުރެ ވޮލީބޯޅަ ކުޅުއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. ފަހަރުގައި ވޮލީ ބޯޅަ މެޗެއްގެ ސްކޯ ވިދާޅުވާން އުޅުއްވީކަމަށް ވެދާނެއެވެ. އެކަމަކު ވޮލީބޯޅައިގައިވެސް މެޗެއްގައި ފަސް ސެޓް ކުޅެން އޮންނައިރު ތިންސެޓް އެއް ސެޓުން ބަލިވެފައި އޮއްވައި ފަސްވަނަ ސެޓް ގެންދިޔަޔަސް މޮޅުވެވޭނެ ގޮތެއް ނެތެވެ. އެއްވަރެއްވެސް ނުވާނެއެވެ.

ރައީސް ވިދާޅުވިގޮތުން ފުރަތަމަ ހާފުގައި ބަލިވުމާއެކު ޗޭންޖިންރޫމަށްވަދެ މިހާރުވަނީ ކުޅޭނެ ގޮތާއި ބައެއް ކުޅުންތެރިން ބަދަލުކޮށްފައެވެ. އެހެން ފަހަރެއްގައި ރައީސް ވިދާޅުވީ ހެދުނު މިސްޓޭކްތައް މިހާރު ރަނގަޅުކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް މެޗް އެނަލައިޒްކުރާއިރު ރައީސް އެހެންވިދާޅުވިޔަސް މިސްޓޭކްތައް އަދި ރަނގަޅު ކުރެއްވިތަނެއް ނުފެނެއެވެ. ރިޔާސީ މެޗްގެ ފުރަތަމަ ހާފްގައި ބަލިވީ މައިގަނޑު ދެސަބަބަކާ ހެދިއެވެ. އެއްސަބަބަކީ ޕްލޭނިން މިނިސްޓަރ އަސްލަމް ޖެއްސެވި ކަޑަތަކެވެ. ބޮޑެތި އަތޮޅުތަކާއި ސިޓީތަކުގައި ފެށްޓެވި މަޝްރޫއުތައް ފަސް އަހަރުވެގެންދިޔައިރު ނިންމައިލުމުގެ ގާބިލްކަމެއް ނުދެއްކެވުމެވެ. ބައެއް ރަށްރަށުގައި ރައީސް ސާލިހް ވެރިކަމަށް ވަޑައިގަތުމާއެކު ފެނާ ނަރުދަމާ އަޅަން ގެންދިޔަ ހޮޅިތަކާއި އެހެން ސާމާނުތައް ފަސްއަހަރުތެރޭގައި ވެހުނުހާ ވާރެއަކާއި ދިންހާ އައްވެއްގައި ހުރެ ފަނާވެގެންދިޔައީ ރަށްރަށުގެ މީހުންގެ ކުރިމަތީގައެވެ. ގުނައި އަދަދު ނުކުރެވޭހާ ގިނަ މަޝްރޫއުތައް އިއުލާންކުރަމުން އެމްޓީސީސީއާއި ހަވާލު ކުރަމުންދިޔައިރު މަހާ ޖައްރާފާއާއި ބޮޑު ޖައްރާފާ އޮތީ ހަލާކުވެފައެވެ. އެމްޓީސީސީގައި ސާމާނުގެގޮތުންނާއި މުވައްޒަފުންގެ ގޮތުންވެސް އެވަރުގެ ކެޕޭސިޓީއެއް ނެތެވެ. އެކުންފުނިން ކުރިކަމަކީ އެއް ދުވަހު އެއް ރަށުގައި މަސައްކަތްކޮށްފައި ސާމާނު ހިފައިގެން އަނެއް ދުވަހަކު އަނެއް ރަށަކަށް ގޮސް މަސައްކަތްކޮށްފައި މުޅި ރާއްޖޭގައި ދަތުރުކުރީއެވެ. 9 ސެޕްޓެމްބަރގައި ރައްޔިތުން އެދެއްކީ އެމީހުންނަށް ލިބިފައިވާ މާޔޫސްކަމެވެ.

މަންޒަރުތައް މިހެން ފެންނަން ހުރުމާއެކު ދެވަނަ ހާފް މިފެންނަނީ ރައީސް ރައްޔިތުންގެ ކައިރިއަށް ވަޑައިގަންނަވަން ކުޑަކޮށް ފަސްޖެހިވަޑައިގެންފައިވާ މަންޒަރެވެ.

ފުރަތަމަ ހާފުން ބަލިވި ދެވަނަ ސަބަބަކަށްވީ ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތެވެ. ގަނޫން އަސާސީއާއި ޚިލާފަށް އިންޑިއާއާއެކު ސަރުކާރުން ހެދިކަމަށް ބުނާ އެއްބަސްވުންތަކުގެ ފަހަތުގައި ހުންނަވާނީ ދައުލަތުގެ ގާނޫނީ ވަކީލް ބަންޑާރަ ނާއިބެވެ. ރިފްއަތުގެ ގާނޫނީ ލަފާ މުޅިން ގޯސްވެއްޖެކަން ސަރުކާރަށް ފަހުމްވާގޮތްވީ ފުރަތަމަ ހާފު ނިމުނު ފަހުނެވެ. ރިފްއަތުގެ ނާގާބިލްކަމުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުވާލައިފިކަމަށް ދިވެހިންނަށް ގަބޫލު ކުރެވިއްޖެއެވެ. އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކުން ދިވެހި ގައުމުގެ މިނިވަންކަމަށް ބުރޫއަރާފައިވާކަމަށް މީހުންނަށް ގަބޫލު ކުރެވިއްޖެއެވެ. މީހުންގެ ހިތްތަކަށް ވަދެފައިވާ އެބިރު ފިލުވައިލެވޭތޯ ދެވަނަ ހާފަށް ނުކުންނަވާއިރު މަސައްކަތްކުރައްވަނީ އެހެންވެގެންނެވެ. އެކަމަކު މިހާރު ދެން ވަގުތުވެސް ވަރަށް ކުޑައެވެ. ކުޅުންތެރިން ބަދަލުކުރެއްވިޔަސް އަސްލަމާއި ރިފްއަތު ތިބިގޮތަށް އެބަތިއްބެވިއެވެ.

ކޮމެންޓް
ކަށުކަމާ
ލިޔާނެ އެއްޗެއް ނޭނގެންޏާ ހަނު ތިބީމަ ނިމުނީނު
19 Sep 2023
ބައްބު
އިންތިޚާބުގައި އެހެނއ ވެދާނެ.. އިބޫ އަށް އެވަރަށް ވޯޓި ހޯދިއްޖެ ނަމަ މުޢިއްޒު އަށް ލިބޭ ވޯޓުގެ ރޭޝިއޯ ދަށްވާނެ.. ދެން އެކަން އެގޮތަށް ވެދާނެތޯ ނޫންތޯ އެއީ މުޅިން އެހެން މައްސަލައެއް.
19 Sep 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.