އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގް 2025. ފޮޓޯ/ އުރީދޫ
ވިޔަފާރި
08 Jul 2025 | 10:07
އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ ކޮލެޖު އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާ ލައިފި

އުރީދޫ ނޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ އިންޓަރ ކޮލެޖް އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އީއޭއެފްސީ، ޕަބްޖީ މޮބައިލްގެ އިތުރުން މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ހިމެނޭ މި މުބާރާތުގައި 11 ޓީމަކާއި 15 އިންޑިވިޖުއަލް ކުޅުންތެރިން ބައިވެރިވެ، އެފަރާތްތަކުގެ ހުނަރު ދައްކާލައިފާވެއެވެ. 

އެގޮތުން އީއޭއެފްސީ ގައި ޖުމުލަ އިންޑިވިޖުއަލް 15 ކުޅުންތެރިން ބައިވެރިވެފައިވާއިރު ޗެމްޕިއަންއަށް ހޮވިފައިވަނީ ވިލާ ކޮލެޖްގެ ދަރިވަރު ޔޫސުފް އެވެ. 1 ވަނަ ރަނަރަޕް އަކަށް ހޮވިފައިވަނީ ޔުނިވަރސިޓީ އޮފް އެޑިންބަރާގެ ދަރިވަރު ޒަކުވާން އެވެ. އަދި 2 ވަނަ ރަނަރަޕް އަކަށް ހޮވިފައިވަނީ ވިލާ ކޮލެޖްގެ ދަރިވަރު ދާއިން އެވެ.

ޕަބްޖީ މޮބައިލް ގައި ޖުމުލަ 6 ޓީމް ބައިވެރިވެފައިވާ އިރު ޗެމްޕިއަންއަށް ހޮވިފައިވަނީ އެމްއެންޔޫ ބިޒްނަސް ސްކޫލް އެވެ. 1 ވަނަ ރަނަރަޕްއަށް ހޮވިފައިވަނީ ވިލާ ކޮލެޖް އެވެ. އަދި 2 ވަނަ ރަނަރަޕްއަށް ވެސް ހޮވިފައިވަނީ އެމްއެންޔޫ ބިޒްނަސް ސްކޫލް - އޯޖީއެސް އެވެ.

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ގައި ޖުމުލަ 5 ޓީމް ބައިވެރިވެފައިވާ އިރު ޗެމްޕިއަންއަށް ހޮވިފައިވަނީ ޓީމް އެމްއެންޔޫ އެވެ. 1 ވަނަ ރަނަރަޕްއަށް ވެސް ހޮވިފައިވަނީ ޓީމް އެމްއެންޔޫ ކަން ފާހަގަކޮށްލަންޖެހެއެވެ. އަދި 2 ވަނަ ރަނަރަޕްއަށް ހޮވިފައިވަނީ ޓީމް ވިލާއެވެ.

މިމުބާރާތުގައި ޖުމްލަ 50،000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭ ޕްރައިޒް ޕޫލް ހިމެނެއެވެ. އެގޮތުން:

- ޗެމްޕިއަން: 25،000 ރުފިޔާ

- 2 ވަނަ: 12،000 ރުފިޔާ

- 3 ވަނަ: 6،000 ރުފިޔާ

- 4 ވަނަ: 3،000 ރުފިޔާ

- އެމްވީޕީ: 4،000 ރުފިޔާ

އުރީދޫ ނޭޝަންގެ މައިގަނޑު މަގްޞަދަކީ ރާއްޖޭގެ އީސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކުރުމާއި ފުޅާވަމުންދާ ގޭމިންގ ދާއިރާއަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުންކަމަށް އުރީދޫއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.