އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ އިމާރާތެއް. ފޮޓޯ/ އަލް- ޖަޒީރާ---
ދުނިޔެ
14 Jul 2025 | 15:25
ޣައްޒާގެ ރަފާހުގައި ‘ކޮންސެންޓްރޭޝަން ކޭމްޕް’ ހަދަން އިސްރާއިލުން ރާވާފައިވާތީ ފާޑު ކިޔައިފި

އިސްރާއީލުގެ މަޝްހޫރު ދެ ސިޔާސީ ލީޑަރުން ކަމަށްވާ ޔައިރް ލަޕިޑް އާއި އެހޫދު އޮލްމަރޓް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށާއި އޭނާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ޔައިރް ލަޕިޑް އާއި އެހޫދު އޮލްމަރޓް އިސްރާއީލުގެ ސަރުކާރަށް ފާޑުކިޔާފައި މިވަނީ ޣައްޒާގެ ދެކުނުގައި "އިންސާނީ ސިޓީ" އެއް ބިނާކުރަން ނިންމާފައިވާކަމަށް އިސްރާއީލުގެ ސަރުކާރުން ހާމަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ޔައިރް ލަޕިޑް އާއި އެހޫދު އޮލްމަރޓް  މިކަމާއި ގުޅިގެން ބުނެފައިވާ ގޮތުގައި ޣައްޒާގެ ދެކުނުގައި "އިންސާނީ ސިޓީއެއް" ގާއިމް ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ފަލަސްތީނުގެ ރައްޔިތުން "ކޮންސެންޓްރޭޝަން ކޭމްޕެއްގައި" ދާއިމީ ގޮތުން ބޭތިއްބުމުގެ ނިޔަތުގައި ކުރާކަމެއް ކަމަށް ވަނީ ބުނެފަ އެވެ. 

އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ޔައިރް ލަޕިޑް އާއި އެހޫދު އޮލްމަރޓް މިހެން ބުނެފައި މިވަނީ އާދީއްތަ ދުވަހު އިސްރާއީލުގެ ސިފައިން ޣައްޒާއަށް ބޮން އެޅުމުގެ ސަބަބުން ފަލަސްޠީނުގެ 95 މީހުން ޝަހީދުވުމާއި ގުޅިގެންނެވެ. އިސްރާއީލުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ލަޕިޑް ބުނެފައިވާ ގޮތުގައި ރަފާޙް ސިޓީގައި "އިންސާނީ ސިޓީ" ގާއިމް ކުރުމަށް ރާވާފައިވާ ޕްލޭނުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ.

އިސްރާއީލު ސަރުކާރުން ބުނާ ގޮތުގައި "އިންސާނީ ސިޓީ" ގައި ފުރަތަމަ ދިރިއުޅެން ހަމަޖެހިފައިވަނީ ޣައްޒާގެ ދެކުނު އައްސޭރީގައި އޮންނަ އަލް މަވާސީގެ ތޮއްޖެހިފައިވާ ސަރަހައްދުގެ ޓެންޓްތަކުގައި ދިރިއުޅޭ 600،000 ފަލަސްތީނުގެ މީހުންނެވެ.

ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ފާއިތުވި މަސްތަކުގައި އިސްރާއީލުގެ ސިފައިން ވަނީ މުޅި ރަފާޙް ސިޓީ ބިމާހަމަކޮށްލުމުގެ އޮޕަރޭޝަންތައް ވަރުގަދަކޮށްފަ އެވެ. ނިމިދިޔަ އޭޕްރީލް މަހު އެކަނިވެސް ރަފާޙް ސިޓީއިން ސުންނާފަތިވި އިމާރާތްތަކުގެ އަދަދު ގާތްގަނޑަކަށް 15،800 އަށް އަރާފައިވާކަމަށެވެ. އަދި މި ހިނގާ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު ވަނީ 28،600 އަށް އިތުރުވެފައިވާ ކަމަށް ކަމާގުޅުން ހުރި އިދާރާތަކުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އޮލްމަރޓް ބުނެފައިވާ ގޮތުގައި "އިންސާނީ ސިޓީ"ގެ ނަމުގައި އިސްރާއީލުގެ މިހާރުގެ ސަރުކާރުން ހިންގަން އެ އުޅޭ ޖަރީމާ ބަލައި ނުގަނެވޭ ކަމަށާއި، މިކަމަކީ މިހާރަށް ވުރެ ބޮޑަށް ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ހޭދަކުރުމަށްޓަކައި ހިންގަން ނިންމާފައިވާ ޖަރީމާއެއް ކަމަށެވެ. 

ފާހަގަކޮށްލަންޖެހޭ ގޮތުގައި ލަޕިޑް ވަނީ 2022 ވަނަ އަހަރު އިސްރާއީލުގެ ބޮޑުވަޒީރުކަން ހަ މަސް ދުވަހު ކޮށްފަ އެވެ. އަދި އޮލްމަރޓް ވަނީ 2006 ވަނަ އަހަރުން ފެށިގެން 2009 އަށް އިސްރާއީލުގެ ބޮޑުވަޒީރުކަން ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.