ކޮޅުވެއްޓި ބަންޑުން ޖަހާލި ތަން އަދި ކޮޅުވެއްޓި ބަންޑުން ޖަހާލާފައި -- ފޮޓޯ: އެމްއެންޑީއެފް
ރިޕޯޓް
30 Jun 2025 | 20:43
ކޮޅުވެއްޓި ބަނޑުން ޖަހާލާ ސިފައިންގެ އޮފިސަރަކު ނިޔާވުން؛ އުފެދޭ ސުވާލުތަކާ ޖަވާބު

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަނިކޮށް ކާށިދޫ ކަނޑަށް ކޮޅުވެއްޓިއެއް ބަނޑުން ޖަހާލި ހިނގި ހިތާމަވެރި ހާދިސާގައި ސިފައިންގެ އޮފިސަރަކު ވަނީ ނިޔާވެފަ އެވެ. އަދި އިތުރު މީހަކު ވަނީ ގެއްލިފަ އެވެ.

މި ހާދިސާއާ ގުޅިގެން އުފެދިފައިވާ މުހިންމު ބައެއް ސުވާލުތަކަށް އެމްއެންޑީއެފުން މިއަދު ވަނީ ޖަވާބު ދީފަ އެވެ. ނޫސްވެރިޔާ އަލީ ސުލައިމާން ސިފައިންގެ މީޑިއާއާ ކުރި ސުވާލުތަކަށް ޖަވާބު ދެމުން އެ އިދާރާ އިން ބުނީ ސިވެކް ކުންފުނީގެ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެކަން ހިނގާ ދިޔަ ގޮތް ބެލުމަށް އެތެރޭގެ ތަހުގީގެއް ހިންގަމުން އަންނަ ކަމަށެވެ.

އަދި ކޮޅުވެއްޓިއަށް އެއްވެސް އެއްޗެއް ބަރުކުރެވޭނީ ސީދާ ކެޕްޓަންގެ ބެލުމުގެ ދަށުން ކަމަށާ އުޅަނދު އެއްވެސް ބަނދަރަކުން ފުރާނީ ވެސް ހާލަތަށާއި މޫސުމަށް ބަލައިގެން އުޅަނަދުގެ ކެޕްޓަން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށެވެ. އެހެން ކަމުން އުޅަނދަށް ބަރުކުރުމާއި ފުރުމުގައި ކެޕްޓަންގެ މައްޗަށް މަޖުބޫރުން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލާފައި 

ބައެއް މީހުން ބުނާ ގޮތުގައި އެ ދަތުރަށް ފުރަން ކެޕްޓަން އިންކާރުކުރި އެވެ. އަދި އެއީ އެފަދަ ދަތުރެއް ކުރަން އެކަށީގެންވާ އުޅަނދެއް ނޫނެވެ. އެ ދަތުރަށް ފުރީ ކެޕްޓަނަށް މަޖުބޫރުވެގެން ކަމަށާ ސިވެކްގެ އިސްވެރީން ކެޕްޓަނަށް ޕްރެޝަރުކުރި ކަމަށެވެ. ނަމަވެސް ސިފައިން އެކަން ދޮގު ކުރެ އެވެ.

ކޮޅުވެއްޓި ބަނޑުން ޖަހާލީ ކީއްވެ

ކޮޅުވެއްޓި ބަންޑުން ޖަހާލީ ކާށިދޫ ކަނޑުގެ ތެރެއިން ޅ އަތޮޅާއި ފަސް ވަރަކަށް މޭލަށް ކައިރިވެފައި ވަނިކޮށް ދިޔަވާން ފަށާ ކުއްލިއަކަށް އަރިއަޅައިލައިގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އަދި ކެޕްޓަންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މިކަން ހިނގާ ދިޔަގޮތް އިތުރަށް ދަނީ ބަލަމުން ކަމަށް ވެސް ބުންޏެވެ. މިފަދަ ކަންކަން ބަލަނީ އެމްއެންޑީއެފް އިން އެކަމަށްޓަކާ ކަނޑައަޅާފައިވާ ބޯޑުންނެވެ.

ހާމިދު ނިޔާވުން, 

ވޮރަންޓް އޮފިސަރު2 ހާމިދު ނިޔާވީ ކޮޅުވެއްޓި ދިޔަވާތީ ދިޔަވާވަރެއް ބެލުމަށް އިތުރު ފަޅުވެރިއަކާއެކު ފަލްކާ ތެރެއަށް ފައިބައިގެން އުޅެނިކޮށް ކަމަށް ވާހަކަ ދެކެވެ އެވެ.

ވޮރަންޓް އޮފިސަރު2 ހާމިދު: މި ހާދިސާގައި ވަނީ ނިޔާވެފައި 

އެކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ އެއީ ހަގީގީ ވާހަކަތަކެއް ނޫން ކަމަށެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު ކެޕްޓަނާއި ހާމިދު ވެސް ތިބީ ވީލް ހައުސްތެރޭގަ އެވެ. އަދު އެ ވަގުތު އިންޖީނު ރޫމްގެ ތެރޭގައި ހުރީ މިހާރު ގެއްލިގެން ހޯދަމުންދާ ބަންގްލްދޭޝް މީހާ އެވެ.

ހާމިދުގެ ހަށިގަނޑު ނެގީވެސް ކޮޅުވެއްޓީގެ ވީލް ހައުސްތެރެއިން ކަން ސިފައިން ޔަގީން ކޮށްދެ އެވެ.

ގެއްލިފައިވާ ފަޅުވެރިޔާވީ އިންޖީނުރޫމްގެ ތެރޭގައި

ސިފައިން ބުނި ގޮތުގައި ގެއްލުނު ފަޅުވެރިޔާ އިންޖީނު ރޫމްގެ ތެރޭގައި ވީކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. ކޮޅުވެއްޓި ފެތިފައިވަނީ ކާށިދޫ ކަނޑުގެ ތެރެއިން ޅ އަތޮޅާއި އެއް މޭލު ދުރުން 550 މީޓަރު އަޑިއަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ