ހިޖާމާ ޖަހަނީ-
ދީން
13 Jul 2025 | 13:51
ހިޖާމާ ޖަހައިގެން ބަރުދަން ލުއި ކުރެވޭނެ ކަމަށްބުނެ ބެޓު ކުރުން ވާނީ ޖުވާއަށް: ޝެއިޚް އިސްމާައިލް ރިޔާޟް

ހިޖާމާ ޖަހައިގެން ބަރުދަން ލުއި ކުރެވޭނެ ކަމަށްބުނެ ބެޓު ކުރުން ވާނީ ޖުވާއަށް ކަމަށާ އެއީ ހުއްދަ ކަމެއް ނޫން ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އިސްމާައިލް ރިޔާޟް ވިދާޅުވެއްޖެއެވެ. 

ހިޖާމާ ޖަހައިގެން ބަރުދަނުން އެއް ކިލޯ ލުއި ކޮށްދޭނެ ކަމަށާ، ލުއި ނުވެއްޖެ ނަމަ، ހިޖާމާ ޖެހުމަށް ދައްކާ 500ރުފިޔާގެ އިތުރުން 1000 ރުފިޔާ އަނބުރާ ދޭނެ ކަމަށް ބުނެ، ފަޒީލާ އުސްމާން ވަނީ މީސް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. 

އެކަމާއި ގުޅިގެން، ޑޮކްޓަރުންނާއި ޖިމް އިންސްޓްރަކްޓަރުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ހެލްތު މިނިސްޓްރީން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށްވެސް ބުނެފައެވެ. 

ފަޒީލާގެ ހުށަހެޅުމަކީ ބެޓަކަށް ވާއިރު، އެއީ ޖުވާ ކަމާމެދު އާއްމުންގެ މެދުގައި ޝައްކުތައް ވަނީ އުފެދިފައެވެ. އެކަމާއި ގުޅިގެން، މިކަމުގެ ޙުކުމް ހާމަކުރައްވައި، ޝެއިޚް ރިޔާޟް ވަނީ ވަރަށް ތަފްސީލީ ޖަވާބެއް ދެއްވާފައެވެ. 

ޖަމިއްޔަތުލް ބުންޔާންގެ ފޭސްބުކު ޕޭޖުގައި ޝެއިޚްގެ ޖަވާބު ހިއްސާ ކޮށްފައިވާއިރު، އޭގައި ޝެއިޚް ވިދާޅުވީ، އެ ބެޓަށް ޖުވާގެ ތަޢުރީފް ފެތޭތޯ އާއި، އޭގައި ޖުވާ އެކުލެވޭތޯ ބލަައި ތަހުލީލު ކުރާއިރު ތިން ސުވާލަކަށް ޖަވާބުދޭންޖެހޭ ކަމަށެވެ. 

އެއީ،

1) އެ ބެޓުގައި ވުމާއި ނުވުމުގެ އިހްތިމާލު އޮވޭތޯ؟

އެ ބެޓު ކުރި ގޮތަށް ހިޖާމާގެ އެއް ސެޝަނުން މީހާ ހިކުމާއި ނުހިކުމުގެ އިހްތިމާލު އޮންނާތީ މިއީ ވުމާއި ނުވުމުގެ އިހްތިމާލު އޮތް މައްސަލައެއްކަން ޝެއިޚް ފާހަގަކުރެއްވިއެވެ. 

2) ބަލިވާ މީހަކާއި މޮޅުވާ މީހަކު އޮވޭތޯ؟

މި ބެޓުގައި ބައިވެރި ވަނީ ހިޖާމާ ޖަހަން އަންނަ މީހާއާއި ހިޖާމާ ޖަހައިދޭ މީހާކަން ފާހަގަކުރައްވައި ޝެއިޚް ވިދާޅުވީ، ބެޓުކުރި ގޮތަށް ދިމާވި މީހަކީ މޮޅުވި މީހާއަށްވާއިރު، ދިމާނުވި މީހާއަކީ ދަށްވި މީހާ ކަމަށެވެ.

”ހިޖާމާ ޖަހަން އަންނަ މީހާ 500 ރުފިޔާ ދައްކަނީ މަދުވެގެން އެއް ކިލޯ ލުއި ކުރަން. އެ ބެޓުގެ ތެރެއަށް ވަދެގެން. ހިޖާމާ ޖަހައިދޭ މީހާ 1000 ރުފިޔާ ބައިވެރި އެބަ ކުރޭ. ކޮށްފައި މި ބުނަނީ، ތިމަންނަ ހިޖާމާ ޖަހައިދިނީމާ މަދުވެގެން އެއް ކިލޯ ލުއި ނުވެއްޖެއްޔާ، 1000 ރުފިޔާ ދޭނަމޭ. ފާޑެއްގެ ވާދަކުރުމެއް/ބެޓު ކުރުމެއް މި އަންނަނީ. މޮޅުވާ މީހަކާ ބަކިވާ މީހަކު އެބަ އޮވޭ“ ޝެއިޚް ވިދާޅުވިއެވެ. 

3) ބަލިވާ މީހާ މޮޅުވާ މީހާއަށް މުދަލެއް ދޭން ޖެހޭތޯ؟

ޝެއިޚް ވިދާޅުވީ، އާއްމު އުސޫލުން ހިޖާމާ ޖެހުމަށް 500 ރުފިޔާ ނެގުމާއި، އެ ހާލަތުގައި 500 ރުފިޔާ ނެގުމާއި ތަފާތު ކަމަށެވެ. ސަބަބެއް ކަމުގައި ޝެއިޚް ވިދާޅުވީ، އެ ހާލަތުގައި ލުއިވާނެ ކަމަށްބުނެ ބުނެ ބެޓް ކުރެވޭތީ ކަމަށެވެ. 

”އެހެންވީމާ ހިޖާމާ ޖަހަންދާ މީހާ އެ ދައްކާ 500 ރުފިޔާ އަކީ ހަމައެކަނި މަސައްކަތަށް ދިން 500 ރުފިޔާއެކޭ މި ހާލަތުގައި ބުނެވޭކަށް ނެތް. އެ 500 ރުފިޔާ މި ދިނީ ކިލޯއެއް ލުއި ކުރުމަށް ކޮށްފައިވާ ބެޓުގެ ތެރެއަށް ވަންނަން. އެހެންވީމާ ކޮންމެ ފަރާތަކުންވެސް، އޭނާ ބަލިވިއްޔާ މޮޅުވި މީހާއަށް މުދަލެއް ދޭން އެބަ އެއްބަސްވޭ. ވަޢުދުވޭ. ޝަރުތުކޮށްގެން މި ވަންނަނީ“ ޝެއިޚް ވިދާޅުވިއެވެ.

ކަންމިހެން ހުރުމުން، ”އެއްކިލޯ ލުއިވާނެ ކަމަށްބުނެ، ފައިސާ ބަހައްޓައިގެން، ބެޓު ކޮށްގެން ހިޖާމާ ޖެހުން ވާނީ ޖުވާ ކުޅުމަށް“ ކަމަށާ، އެއީ ”ހުއްދަ ކަމެއް ނޫން“ ކަމަށް ޝެއިޚް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.