އަޝްފާ ކުރި ޕޯސްޓް
ރިޕޯޓް
13 Jul 2025 | 23:02
ދަރިފުޅުގެ ކުއްލި ވަކިވުމުގެ އަށެއްކަ ގަޑިއިރުކުރީން އަޝްފާކުރި ޕޯސްޓް

މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ގައި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީއާ މަރިޔަމް އަޝްފާގެ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު (އަލް) ވަނީ ނިޔާވެފަ އެވެ.

ވެެރިރަށުގެ މައި މަގުގައި މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓްގައި އަލްސަންގެ ކުއްލި ވަކިވުމާއެކު އާއިލާއަށް ލިބިފައިވަނީ ފުން ހިތާމަ އެކެވެ. އެއީ ދިވެހި މި ކުޑަކުޑަ މުޖްތަމައުއަށް ވެސް ލިބުނު ފުން ހިތާމަ އެކެވެ.

އަލްސަންގެ ކުއްލި ވަކިވެދިއުމާައެކު މީގެ އަށެއްކަ ގަޑިއިރުކުރީން އިންސްޓަގްރާމްގައި އަަޝްފާ ކޮށްފައިވާ ޕޯސްޓެއް ވަނީ ވައިރަލް ވެފަ އެވެ. އިއްތިފާގަކުން ނަމަވެެސް އަޝްފާއަށް ކުރެވުނީ ކޮންފަދަ ބޮޑު ހަގީގަތެއް ހާމަކޮށްދޭ ޕޯސްޓެއް ހެއްޔެވެ.

އަޝްފާއާ އަލްސަން 

އެއީ މަރުގެ މަލާއިކަތާ އައުމުން ކަންކަން ވާނެ ގޮތާ ގުޅޭ ޕޯސްޓެކެވެ. މަރުގެ ވަގުތު އައިސް ޖެހުމުން އިތުރަށް ލަސް ކުރެވުމެއް ނުވާ ކަމެވެ. މަޝްވަރާކޮށް ދެއްކޭނެ ވާހަކައެއް ނޯންނާނެ ކަމެވެ. މަރުގެ ވަގުތު އައިސް ޖެހުމުން އެކަން ލަސްވުމެއް ނެތި ހިނގާނެ ކަމެވެ.

ކޮންފަދަ ބޮޑު ހަގީގަތެއް ހެއްޔެވެ. މާތް ރަސްކަލާންގެ އިރާދަފުޅާއެކު ހުރިހާ ކަމެއް ވެސް ކަނޑައެޅިފައިވާ ގޮތަށް ހިނގާނެ އެވެ. އެއްވެސް ތަފާތެއް ނެތި އެވެ. ކަނޑައެޅިފައިވާ ވަގުތަށް އެއްވެސް ބަދަލެއް އައުމެއް ނެތި އެވެ.

ކީރިތިﷲ އަލްސަންގެ ފާފަތައް ފުއްސަވާ ހެޔޮ ރަހްމަތުގައި ލައްވާށި އެވެ. އެ ދަރިފުޅުގެ މައިންބަފައިންނަަށް ކެތްތެރިކަން ދެއްވާށި އެވެ. އެކްސިޑެންޓްގައި އަނިޔާވި އަނެއް ދެ މީހުންނަށް އަވަސް ޝިފާއެއް ދެއްވާށި އެވެ. އާމީން 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.