ލޯބިން ޓްރެއިލާގެ ބައެއް މަންޒުރުތައް: ޓްރެއިލާ އިން ބުނެދެނީ ފިލްމު ވަރަށް މޮޅުވާނެ ކަން --
ލައިފްސްޓައިލް
06 Jul 2025 | 17:21
ސުވާލެެއް؛ މި ވެސް ހަމަ ލޯބިން...؟ މި އަހަރު ނިކުންނާނެ އެންމެ ތަފާތު ފިލްމް މިއީ

ދިވެހި ސިނަމާގައި މިއަދު އެންމެ ނުފޫޒު ގަދަ އެއް ޑައިރެކްޓަރަކީ އިލްޔާސް ވަހީދު (އިއްލެ) އެވެ. ޒުވާން ޑައިރެކްޓަރުގެ ނުފޫޒު ގަދަވީ އޭނާ ގެނެސްދިން މޮޅެތި އުފެއްދުންތަކުގެ ސަބަބުންނެވެ. އިއްލެގެ އަލަތު ޑައިރެކްޝަން "ބަވަތި" އަދި އޭގެ ފަހުން ގެނެސްދިން "ނީނާ" ފަދަ ފިލްމުތަކާ އެކު އިއްލެ ވަނީ ބެލުންތެރީންގެ ބޮޑު އިތުބާރެއް ހޯދާފަ އެވެ.

މި ފަހަރުވެސް މި އޮތީ ތަފާތު ފިލްމެކެވެ. މި ފަހަރު އޮތީ "ލޯބިން" އެވެ.

މިއީ އިއްލެ ލިޔެ، ޑައިރެކްޓް ކޮށްފައިވާ ރޮމޭންޓިކް ތުރިލާއެކެވެ.

އިލްޔާސް ވަހީދު (އިއްލެ) 

އަންނަ މަހުގެ ހަވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާ ކުރަން ހަމަޖެހިފައިވާ ފިލްމުގެ ޕްރޮމޯޝަން މަސައްކަތް ބާރު ސްޕީޑްގައި ދަނީ ކުރިއަށެވެ. ފިލްމުގެ ޓީޒާއާ އޮފިޝަލް ޕޯސްޓަރު ވަނީ ލޯންޗު ކޮށްފަ އެވެ.

އަދި ފިލްމު ޕްރޮމޯޓް ކުރުމަށް ހާއްސަކޮށް ހަދާފައިވާ ލަވަ ވެސް މިހާރު ވަނީ އާންމުންނާއި ހަމައަށް ދޫކޮށްލާފަ އެވެ.

މި ފަހަރު މި އޮތީ ފިލްމުގެ ޓްރެއިލާ އެވެ. ޓްރެއިލާ އިން ފިލްމާމެދު ކުރެވޭ އުންމީދު ވަނީ ވަރަށް ބޮޑުވެފަ އެވެ. މިއީ ދިވެހި ސިނަމާއަށް ވަރަށް ކަމުދާނެ މޮޅު ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.

ލޯބިންގެ ޕޯސްޓަރެއް

މިއީ ޝައުގުވެރި ކުރުވާނެ އަދި ތަފާތު އިހުސާސްތައް ކުރުވާނެ އެކި ހާދިސާތައް ދައްކުވައިދޭނެ ފިލްމެއްކަން ޓްރެއިލާ އިން ބުނެ އެވެ. ޓްރެއިލާ އާންމު ކުރަމުން ވެސް ކޮށްފައި ވަނީ ސުވާލެކެވެ. އެއީ "މި ވެސް ހަމަ ލޯބިން" ތޯ ކޮށްފައިވާ ސުވާލެވެ.

އެ ސުވާލު ކުރަން ޖެހޭ ސަބަބުތައް ގިނަ އެވެ. ފިލްމުގައި މައިގަނޑު ތިން ކެރެކްޓާ އަކީ އަހުމަދު ޝާރިފާއި ތާތި އާދަމްގެ އިތުރުން އޭނަގެ ފިރިމީހާ އިފްނާޒް ފިރާގެވެ. މި ތިން މީހުންގެ މެދުގައި ހިނގާ ލޯބީގެ އެކި ކަންކަން ދައްކައިދެ އެވެ.

ދެން ފެންނަނީ މުޅީން ތަފާތު ކަމެކެވެ. އެއީ މުޖްތަމައުގައި އޮތް ބަލިމަޑުކަމެއް ކަމުގައިވާ ހަށިވިއްކުމާއި ގުޅޭ ކަންތައްތަކެކެވެ. އެއީ މަޖުބޫރު ކުރުވާ ކަމެއްކަން ޓްރެއިލާ އިން ކޮންމެވެސް ވަރަކަށް އެނގެ އެވެ. 1 މިނެޓް 51 ސިކުންތުގެ ޓްރެއިލާ އިން މުޅީން ވެސް ފެނުނީ ޝައުގުވެރި ކަމެވެ. ފިލްމަށް އިންތިޒާރު ކުރަން ޖެހޭ ސަބަބުތަކެވެ.

މި ފިލްމުގައި ދެން ފެނިގެންދާނީ ނުޒުހަތު ޝުއައިބު (ނުޒޫ) އާއި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) އަދި އައިޝަތު ގުލްފާމް އެވެ.

މި ކެރެކްޓާ ތަކުން ވެސް ފިލްމަށް ބޮޑު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށް ބެލެވެ އެވެ.

މިއީ މި އަހަރު އިސްކިރީނަށް އަންނާނެ އެންމެ ތަފާތު ފިލްމަށް މިހާރު ޔަގީން ކުރެވެ އެވެ. އިންތިޒާރު ކޮށްލަމާ ހިނގާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.