އަލްސަން އަދި އޭނާގެ ބޮޑުބޭބެ ޝިފާއު
ހަބަރު
14 Jul 2025 | 04:13
އަލްސަންގެ ކުއްލި ވަކިވުން: ބޮޑުބޭބެގެ ތަފާތު ޝުއޫރެއް، ކެތްތެރިވުމުގެ ނަމޫނާއެއް

މިރޭ ހިނގި ނުރައްކާތެެރި އެކްސިޑެންޓެއްގައި ހ. ވަވޮއި، އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު (އަލް) ނިޔާވިއިރު އޭނާގެ ލޯބިވާ ބޮޑުބޭބެ މޫސާ ޝިފާއު (އާއުބެ) ހުރީ ދައުވަތާއި ގުޅުންހުރި ފޯރަމަކަށް މެލޭޝިޔާގަ އެވެ.

އަލްސަންގެ ކުއްލި ވަކިވުމާއެކު ހިތަށް ލިބިފައިވާ ހިތާމަ ބަޔާންކޮށް ޝިފާއު ވަނީ ޕޯސްޓެއް ކޮށްފަ އެވެ. އަލްސަންގެ ޖަނާޒާއާ ގުޅޭގޮތުން ވޮއިސް އިން ގެނެސްދިން ހަބަރެއް ޝެއާކޮށް ޝިފާއު ކުރި ޕޯސްޓްގައި ބުނީ ދުނިޔޭގެ ކޮންމެ މީހަކަށް ވެސް ލިޔުއްވާފައިވާ މަރު ލޮބުވެތި އަލްސަން ކޮއްކޮއާ ބައްދަލުކުރި ކަމުގެ ހަބަރު ލިބުމުން ސިހުންވެ ހުއްޓުނު ކަމަށެވެ.

“… އެކަމަކު ހިތަށް އެރި، ދެން ދުނިޔޭގެ މުސީބާތެއް ހިތްދަތި ކަމެއް ތަކުލީފެއް ހިތްދަތި ކަމެެއް އިތުރަކަށް ނެތް. މި ދުނިޔެ އަކީ މި ބުނި ކަންކަމުން ފުރިގެންވާ ތަނެއް. އެކަމުގެ ފިތުނަތަކުން ނިމުން އައިސް މާތްﷲއާ ބައްދަލު ކުރުމުގެ ޖެހުނީ…،” ހިތާމައިގެ މިވަގުތު ކެތްތެރިކަން އިސްކޮށް އަލްސަންގެ ބޮޑުބޭބެ ލިޔެފައިވެ އެވެ.

ޝިފާއު ވަނީ އޭނާގެ ލޯބިވާ ދަރިއެއްފަދަ ކޮއްކޮގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވާ އޯގާތެރި ބެއްލެވުމަކުން ބައްލަވާ ސުވަރުގެ ވެއްދެވުން އެދި ދުއާ ކޮށްފަ އެވެ. އަދި ކެތްތެރިކަން ދެއްވުން އެދިވެސް ދުއާކޮށްފައިވެ އެވެ.

ދައުވަތުގެ މައިދާނުގައި މިއަދު ފާހަގަކޮށްލެވޭ ޝިފާއު އަކީ އަލްސަންގެ މަންމަ، އަޝްފާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.

އަލްސަން ނިޔާވީ އޭނާ އިން ސައިކަލުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގަ އެވެ. މާލޭގެ ބޮޑުތަކުރުފާނު، މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓްގައި އަލްސަން ނިޔާވެ އިތުރު ދެ މީހަކަށް ވަރަށް އަނިޔާވި އެވެ.

ބާރު ސްޕީޑްގައި އައި ސައިކަލު ޖެހުނީ އެ ވަގުތު ކަފިހިހުރަހުން މަގު ހުރަސް ކުރި އުމުރުން 40 އަހަރުގެ މީހެއްގެ ގައިގަ އެވެ. އޭނާ އަކީ މަގުމަތީ ކަސްރަތަށް ދުވަން އުޅުނު މީހެކެވެ.

ސައިކަލުން ޖެހުނީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލުން ނެއްޓެން އެ މީހާ ބާރަށް ކުރިއަށް ދުއްވައިގަތުމުންނެވެ.

އަލްސަން އަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުހައްމަދު އަބްދުލްޣަނީ (ތޭރަ) އާއި މަރިޔަމް އަޝްފާގެ ދަރިފުޅެވެ. އަލްސަން ގެ އާއިލާ އިން ވަނީ އޭނާގެ ޖަނާޒާ މާދަމާ އަސުރު ނަމާދަށް ފަހު ބޭއްވުމަށް ނިންމާފަ އެވެ. ޖަނާޒާ އޮންނާނީ އާސަހަރާގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ