އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އާ ބައްދަލުކުރައްވަނީ.. ފޮޓޯ: ޖައިޝަންކަރު އެކްސް އެކައުންޓް
ދުނިޔެ
15 Jul 2025 | 14:17
ޗައިނާގެ އޮފިޝަލުންނާއި ޖައިޝަންކަރު ބައްދަލުކުރައްވައިފި

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ)ގެ ބައްދަލުވުމަށް ޗައިނާއަށް މިހާރު ވަޑައިގެން އުޅުއްވާ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އާއި އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ މެދުގައި ގޯސްވެފައި އޮތް ގުޅުން އަނެއްކާވެސް ރަނގަޅުވަމުން އަންނައުމުގެ މައްޗަށް ދެބޭފުޅުން ވާހަކަ ދެއްކެވިއެވެ. ޚާއްސަކޮށް ދެގައުމުގެ ސަރަހައްދީ ރޮނގުގައި ސުލްހަ ގާއިމްވެފައި އޮތުމަކީ ދެގައުމުގެ މެދުގައި އިތުބާރު ދެމެހެއްޓުމަށް އެންމެ މުހިއްމު ކަންތައްކަމަށް ޑރ. ޖައިޝަންކަރު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް، ދެގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ހުރަސްތައް ނައްތާލުމުގެ މުހިއްމުކަމުގެ މައްޗަށް ޑރ. ޖައިޝަންކަރު އަލިއަޅުއްވާލެއްވިކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްއިން ބުންޏެވެ.

މީގެ އިތުރުން ދެގައުމުގެ މެދުގައި ސީދާ ފްލައިޓްތައް ބޭއްވުމާއި، ފްލައިޓްތައް އިތުރުކޮށް، ގުޅުވާލެވޭ ސިޓީތައް އިތުރުކުރުމާއި ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށްވެއެވެ.

ވާންގް ޔީގެ އިތުރުން، ޑރ. ޖައިޝަންކަރު އިއްޔެ ވަނީ ޗައިނާގެ ނައިބު ރައީސް ހާން ޝެންގް، ކޮމިއުނިސްޓް ޕާޓީގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓްގެ ވަޒީރު ލިއު ޖިއަންޗާއޯއާއި ބެއިޖިންގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތައް އޮތީ އެސް.ސީ.އޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާ ބައްދަލުވުންތަކެއްގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ